26 ފެބުރުއަރީ

February 26, 2017 19
މި މަހު ވެސް 2.1 ބިލިއަން ރުފިޔާގެ ޓީބިލް

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި މަހު މިހާތަނަށް އެކަނި ވެސް 2.1 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކައިފި އެވެ.

13 ފެބުރުއަރީ

February 13, 2017 26
އިންޑިއާ އަތުން 100 މިލިއަން ޑޮލަރު ނަގައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ވިއްކި 140 މިލިއަން ޑޮލަރުގެ ކޯޕަރޭޓް ބޮންޑާ ގުޅިގެން ޑޮލަރުގެ ރިޒާވް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއޭމްއޭ) އިން އިންޑިއާގެ ސެންޓްރަލް ބޭންކާއެކު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަދައިފި އެވެ. މިއީ ރާއްޖޭގެ މަރުކަޒީ ބޭންކުން ބޭރު...

08 ފެބުރުއަރީ

February 08, 2017 31
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ."

01 ފެބުރުއަރީ

February 01, 2017 5
އަހަރު ނިމުނުއިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވް ހުރީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2017 10
މިިމަހު އެކަނި ވެސް 2.9 ބިލިއަން ރުފިޔާގެ ޓީބިލް

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ހަމަޖެއްސުމަށްޓަކައި މި މަހުގެ މިހާތަނަށް 2.9 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކައިފި އެވެ.

23 ޖެނުއަރީ

January 23, 2017 4
އިގްތިސާދީ ހަރަކާތް އިތުރު ވިޔަސް ޑޮލަރު ތާށި: ސާވޭ

މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދި ހަރަކާތްތައް އިތުރުވި ކަމަށާއި އެކަމަކު ބޭރު ފައިސާ ލިބުމުގެ ދަތިކަމުގެ ބިރު ވިޔަފާރިތަކަށް އެބަ އޮތް ކަމަށް މަރުކަޒީ ބޭންކުން ކުރި ސާވޭ އަކުން ދައްކައިފި އެވެ.

15 ޖެނުއަރީ

January 15, 2017 6
އެއް ބިލިއަން ރުފިޔާގެ ޓީ ބިލް ސަރުކާރުން ވިއްކަނީ

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި އެއް ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން މިއަދު ހުޅުވާލައިފި އެވެ. މިއީ މިއަހަރުގެ ތެރޭގައި ޓީ ބިލްގެ ގޮތުގައި ވިއްކަން ހުޅުވާލި އެންމެ ބޮޑު އަދަދެވެ.

12 ޖެނުއަރީ

January 12, 2017 1
ސްރީ ލަންކާ އިންޝުއަރެންސް ހުއްޓާލިތާ 4 އަހަރުވެއްޖެ

ސްރީ ލަންކާ އިންޝުއަރެންސް (އެސްއެލްއައި) އިން ރާއްޖޭގައި ދެމުން އައި ހިދުމަތްތައް 2012 ގައި ހުއްޓާލާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ކުންފުނި އުވާލުމުގެ މަސައްކަތް ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2017 3
ކްރެޑިޓް ގެރެންޓީ ސްކީމް 100 މިލިއަނަށް ބޮޑުކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ގާއިމްކޮށްފައިވާ ކްރެޑިޓް ގްރެންޓީ ސްކީމަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ލިބުނު ތަރުހީބުގެ ބޮޑުކަމުން، އެ ސްކީމަށް ކަނޑައަޅާފައިވާ...

January 09, 2017 19
އިންޝުއަރެންސްގެ ޚިދުމަތް މޮނޮޕޮލީއާ ދިމާލަށް!

މިނިވަން ވިޔަފާރީގެ އުސޫލްތައް ގަބޫލުކުރާ ނަމަ ހިދުމަތްތައް ވަކި ބަޔަކަށް ކޮންޓްރޯލްކުރެވިގެން ނުވާނެ އެވެ. އެއީ ކުރީ ޒަމާނުގެ ބޯދާ ޚިޔާލެކެވެ. މި ޒަމާނުގައި އެކަން އޮންނަން ޖެހޭނީ...

05 ޖެނުއަރީ

January 05, 2017 24
ޖީއެމްއާރަށް ދައްކަން ބޮންޑް ގަތުމުން ރިޒާވް ދަށަށް

އިންޑިއާގެ ޖީއެމްއާރަށް ފައިސާ ދައްކަން މަރުކަޒީ ބޭންކުން ބޮންޑް ގަތުމުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

January 05, 2017 1
އެމްއެމްއޭ އިން ހޯމައިގެ ނިޔަލަށް ޑޮލަރު ވިއްކާނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ދަތުރުވެރިންނަށް އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތަށް ހެދިޔަސް، އަންނަ ހޯމަދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު...

25 ޑިސެމްބަރ

December 25, 2016 18
ވަގުތުން ޑޮލަރު ދޫކުރަން އެމްއެމްއޭ އިން ފަށައިފި

މަރުކަޒީ ބޭންކަށް ޑޮލަރު ގަންނަން ދާ ދަތުރުވެރިންނަށް ވަގުތުން ޑޮލަރުު ލިބޭނެ ގޮތް ހަދައިފި އެވެ.

24 ޑިސެމްބަރ

December 24, 2016 27
ބޭރުގައި ދިވެހިން ކުރާ ހަރަދުގެ ސާވޭ ފަށައިފި

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހަރަދުތައް ދެނެގަންނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރާ ސާވޭ މިއަދު ފަށައިފި އެވެ.

23 ޑިސެމްބަރ

December 23, 2016 8
އެމްއެމްއޭ އިން 13 މިލިއަނެއްހާ ޑޮލަރު ވިއްކައިފި

މަރުކަޒީ ބޭންކުން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކަން ފެށިތާ އެއް މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 12
ގާނޫނާހިލާފަށް ފައިސާ ފޮނުވައިދޭ ބަޔަކު އަތުލައިގެންފި

މަނީ ޓްރާންސްފާ ކުރުމުގެ ހުއްދަ ނެތި، އެ ހިދުމަތް ދެމުންދިޔަ ބަޔަކު ފަޅާއަރައި އެ ފަރާތްތަކާ މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ފިޔަވަޅު އަޅައިފި އެވެ.

December 19, 2016
އަންނަ ހަފުތާގެ ބުރާސްފަތީގައި ބޭންކުތައް ބަންދު

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ މަރުކަޒީ ބޭންކާއި ބޭންކުތައް ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި އެވެ.

15 ޑިސެމްބަރ

December 15, 2016 2
ތިންވަނަ ކުއާޓަރު ނިމުނުއިރު އާމްދަނީ 12.5 ބިލިއަން

މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތަށް 12.5 ބިލިއަން ރުފިޔާ ލިބުނުއިރު، ކުރި ހަރަދު 13.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

07 ޑިސެމްބަރ

December 07, 2016 4
ދިވެހިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ މި މަހު

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހިން ހޭދަކުރާ ގޮތާ ބެހޭ ސާވޭ މި މަހު 24 އިން 30 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލްގައި ކުރިއަށް ގެންދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2016 6
އޮކްޓޯބަރު މަހު އިންފްލޭޝަން 1.7 ޕަސެންޓް މައްޗަށް!

މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން އެ މަހު މުދަލާއި ހިދުމަތުގެ އަގު 1.7 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

21 ނޮވެމްބަރ

November 21, 2016 15
އެމްއެމްއޭ އިން 1.3 މިލިއަން ޑޮލަރު ވިއްކައިފި

މަރުކަޒީ ބޭންކުން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކަން ފެށިތާ ދެ ދުވަހުގެ ތެރޭގައި 2،600 އަށް ވުރެ ގިނަ ޓިކެޓަށް 1.3 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

20 ނޮވެމްބަރ

November 20, 2016 54
ޑޮލަރުގެ ދިގު ކިއޫ ގެއްލިއްޖެ، ފަސޭހަ އިންތިޒާމެއް

މިދިޔަ ބުރާސްފަތި ދުވަހު އޭނާ ޑޮލަރު ކިއޫ އަށް އެރީ ތިން ވަނަ ފަހަރަށެވެ. އޭގެ ކުރިން ދެ ދުވަހަކު ކިއޫގައި ހުރެ އެތައް އިރެއް ވީއިރު ވެސް ނަމްބަރާ ލައްވާނުލުމުން އެނބުރި ގެ އަށް ދިޔައީ އެވެ. އަންނަ ހަފުތާގައި އަނބިދަރިން ވެސް ހިމެނޭ ގޮތަށް، އާއިލާގެ ހަތް މީހުންނާ އެކު އަވަށްޓެރިި ލަންކާ އަށް ޗުއްޓީ ހޭދަކޮށްލަން ފުރަން ވާއިރަށް...