19 ނޮވެމްބަރ

November 19, 2018 39
މީރާއިން ރަން ތާޖު، އެމްއެމްއޭއިން މާ!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފިރިހެން މުވައްޒަފުން މިއަދު އޮފީހަށް ދިއުމުން އެތަނުގެ އަންހެން މުވައްޒަފުން އެ މީހުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގަ އެވެ. އޮފީސް ކުރިމަތީ އަޅާފައި އޮތް ދޫލަ ވަށައިގެން އަންހެން މުވައްޒަފުން ތިބީ ރަން ތާޖުތަކެއް ހިފައިގެންނެވެ. މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ފިރިހެން...

16 ނޮވެމްބަރ

November 16, 2018 7
33 ޕަސެންޓް މީހުން ބޭންކް އެކައުންޓް ބޭނުމެއްނުކުރޭ

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ 33 ޕަސެންޓް މީހުން ބޭންކް އެކައުންޓްގެ ހިދުމަތް ބޭނުން ނުކުރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2018 15
އިސްތިއުފާ ދިނީ ޒިންމާ އަދާނުކުރެވޭނެކަން ޔަގީންވުމުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރާ ސުވާލުކުރުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ވިދާޅުވުމުން އެ ވާހަކަ އަށް...

31 އޮކްޓޯބަރ

October 31, 2018 4
ޓޫރިސްޓު އެނދުގެ އަދަދު 10 ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ރާއްޖެ އަށް ޓޫރިސްޓު އަދަދުގެ އަދަދު 10 ޕަސެންޓް އިތުރުވެފައި ވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2018
ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދު 12 ބިލިއަން

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަހުގެ ދައުލަތުގެ ހަރަދު 3.1 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)...

October 30, 2018 54
ބީއެމްއެލުން އެންގި! ފަހަތު ފަޔަށް ބުރަވީ އެމްއެމްއޭ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށް ނުކުރާ ކަމެއް އިއްޔެ ކޮށް ނިންމާލި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެ ބޭންކަށް އަމާޒުވާ ވަރަށް ބޮޑު ތުހުމަތަކުން...

03 އޮކްޓޯބަރ

October 03, 2018 10
އިބޫ އާއި ގަވަރުނަރު ދެވަނަފަހަރަށް ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ނަސީރު، ދެ ވަނަ ފަހަރަށް ބައްދަލުކުރައްވައިފި އެވެ.

October 03, 2018 30
ދޮގު ހެދި ކަމަށް ވިދާޅުވާން ޖެހޭނީ ގަވަރުނަރު:މުއާޒް

ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުތަކެއް ކޮށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގި ކަމަށް ވިދާޅުވެ އޭނާ...

02 އޮކްޓޯބަރ

October 02, 2018 67
އެއްވެސް ސިޓީއެއް އަނބުރާ ނުގެންނަން: އެފްއައިޔޫ

ތަހުގީގީ އެކި އިދާރާތަކަށް ފޮނުވި އެއްވެސް ސިޓީއެއް، ރިޕޯޓެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)...

October 02, 2018 37
ރައީސް ޔާމީންގެ 22 މިލިއަން ރުފިޔާގެ މައްސަލައެއް؟!

ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް، ބައިނަލްއަގުވާމީ ބޮޑެތި...

06 ސެޕްޓެމްބަރ

September 06, 2018 5
ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށަށް

ޓޫރިޒަމް އިންޑަސްޓްރީގެ ވާދަވެރިކަން އިތުރުވެ، އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުން އަންނަ ކުއާޓަރުގައި ޓޫރިޒަމްގެ އަގުތައް ދަށްވާނެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކޮށްފި އެވެ.

03 ސެޕްޓެމްބަރ

September 03, 2018 22
ނަސީރުގެ ސޮޔާއެކު 10ރ. އަދި 100ރ.ގެ އާ ނޫޓު ނެރެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނައި، "ރަން ދިހަ ފަހައެއް" ސީރިޒްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު ނޫޓު މިއަދު ބޭނުންކުރަން ފަށައިފި އެވެ.

31 އޯގަސްޓް

August 31, 2018 136
މާލޭގައި ވަޅި ހަރައި، ޒުވާނަކު މަރާލައިފި

މާލޭގައި މިރޭ ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފި އެވެ.

30 އޯގަސްޓް

August 30, 2018 9
100 އާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަނީ

ވަރަށް ރަނގަޅު ފެންވަރެއްގައި ޗާޕްކޮށްފައިވާ 100 އާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް މި ދުވަސްވަރު ދައުރުވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އިއްޔެ އަންގައިފި އެވެ.

28 އޯގަސްޓް

August 28, 2018 16
ނަސީރުގެ ސޮޔާއެކު 10ރ އަދި 100ރ.ގެ ނޫޓު ނެރެނީ

އާ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނައި، "ރަން ދިހަ ފަހައެއް" ސީރިޒްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު އަންނަ ހޯމަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

14 އޯގަސްޓް

August 14, 2018 9
ޕޭމަންޓް ސިސްޓަމަށް އިންގިލާބީ ބަދަލެއް ގެންނަނީ

ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2018 17
ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 723.9 މިލިއަން ޑޮލަރަށް ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

06 އޯގަސްޓް

August 06, 2018 2
އެމްއެމްއޭ އާއި ބޭންކުތައް މިމަހުގެ 22 ގައި ހުޅުވާނެ

މި އަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބޭންކުތައް މި މަހުގެ 22 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

05 އޯގަސްޓް

August 05, 2018 2
ފުރަތަމަ ކުއާޓަރުގައި އަލަށް 56 ގެސްޓް ހައުސް ހުޅުވި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަލަށް 56 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

02 އޯގަސްޓް

August 02, 2018 1
ބޭންކްތަކުން ދޫކުރި ލޯނު 13 ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކްތަކުން ދޫކުރި ލޯނުގެ މިންވަރު 13 ޕަސެންޓް އިތުރުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2018 7
ޓޫރިޒަމުން 993 މިލިއަން ޑޮލަަރު ލިބުނު: އެމްއެމްއޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން އާމްދަނީގެ ގޮތުގައި ރާއްޖެއަށް 993.5 މިލިއަން ޑޮލަރު (15.3 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން...

August 01, 2018 9
ޖުމްހޫރީ 50ގެ ހަނދާނީ ފައިސާފޮތި ވިއްކަން ފަށައިފި

ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ހަނދާނީ ފައިސާ ފޮތި ވިއްކަން ފަށައިފި އެވެ.

29 ޖުލައި

July 29, 2018 5
ޓިކެޓްގެ އަގުތައް ތިން އަހަރު ތެރޭ މައްޗަށް

ރާއްޖެއިން ބޭރަށް ދަތުރުކުރަން އެއާލައިންތަކުން ޓިކެޓް ވިއްކި އަގުތައް މިދިޔަ ތިން އަހަރު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އެމްއެމްއޭ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

26 ޖުލައި

July 26, 2018 7
ބޭސްފަރުވާއަށް ބޭރަށް ދާ ދިވެހިންގެ އަދަދު ދަށަށް

އަހަރުގެ ބޮޑު ޗުއްޓީ ތެރޭގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަހަރުން އަހަރަށް ދަށްވެފައިވާ ކަމަށާއި އެކަމަކު އިންޑިއާއަށް ބޭސްފަރުވާއަށް ދާ މީހުންގެ އަދަދު މަދުނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.