28 ފެބުރުއަރީ

February 28, 2020 33
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރައްވާފައިވާ ހުރިހާ ގޯސް ކަންތައްތަކުގެ ޒިންމާ ކުރީގެ ރައީސް ޔާމީން އެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބޮލުގައި ކަމަށް އޭނާ މިއަދު...

February 28, 2020 84
ޔާމީނަށް 1.4 ބިލިއަނުގެ މަނީލޯންޑަރިން ތުހުމަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ...

26 ޖެނުއަރީ

January 26, 2020 8
އަދީބުގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުން މިއަދު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލް ކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2020 1
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ތުހުމަތާ ގުޅިގެން މިއަދަށް ތާވަލް ކުރި ޝަރީއަތް، އޭނާގެ ގާނޫނީ ވަކީލްގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2020
އަދީބަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއެއް ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

03 ޖެނުއަރީ

January 03, 2020 32
އަދީބުގެ ހުކުމް މިއަދު ނިމޭނެ، އެހެން ބަންދު އަމުރެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް މިއަދު ތަންފީޒުކޮށް ނިމޭ ގޮތަށް އޮތަސް، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރެފައިވާ އެހެން އަމުރެއް އޮތުމުން އެއްކޮށް މިނިވަން ނުވާނެ ކަމަށް ވަކީލުން ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2019 22
އަނިލްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީއަށް

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

17 ނޮވެމްބަރ

November 17, 2019 37
"ބޮން ހަރުކޮށްގެން ނަޝީދު ގޮއްވާލަން އަދީބު އުޅުނު"

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ގޮއްވާލަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުޅުއްވި ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2019 10
އަދީބުގެ ޝަރީއަތް ލައިވް ކުރަން ދައުލަތުން ވެސް އެދޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ޝަރީއަތް ޓީވީން ލައިވް ބްރޯޑްކާސްޓްކުރަން ދައުލަތުން ކޯޓުގައި އެދުމުން އެކަމާ މެދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ހަމަޖައްސައިފި އެވެ.

06 ނޮވެމްބަރ

November 06, 2019 5
އަދީބަށް ކުރާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

30 އޮކްޓޯބަރ

October 30, 2019 4
"އިސްތިއުނާފް މިވަގުތު ކުރިއަށް ގެންދަން ބޭނުމެއްނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ މި ވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2019 88
އަދީބުގެ އޯޑަރަށް ފުލުހުންތަކެއް ހިންގި ބޮޑު ޖަރީމާ!

ސަރުކާރުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގަދަ ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވައި ވަކިވަކި ފުލުހުންތަކެއް ލައްވައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަން "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަކުން ކަށަވަރުވެއްޖެ އެވެ.

18 ސެޕްޓެމްބަރ

September 18, 2019 6
ފިލި މައްސަލާގައި އަދީބަށް މާދަމާ ހުކުމް ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖޭން ބޭޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

17 ސެޕްޓެމްބަރ

September 17, 2019 13
އަދީބު ދައުވާއަށް އެއްބަސްވުމުން މައްސަލަ ނިންމަނީ

ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ފުރުން މަނާ ކޮށްފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތްކުރެއްވި މައްސަލާގައި ކުރާ ދައުވާއަށް މިއަދު ކޯޓުގައި އެއްބަސްވެވަޑައިގަތުމުން، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމަން ކޯޓުން ހަމަޖައްސައިފި އެވެ.

29 އޯގަސްޓް

August 29, 2019 55
ޓެގް އެޅުވުމަށް ފަހު އަދީބު ގެއަށް ބަދަލުކޮށްފި

ގޭ ބަންދުގައި ބަހައްޓާފައިވަނިކޮށް ކުރިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މޮނީޓާ ކުރެވޭގޮތަށް ޓެގް އެޅުވުމަށް ފަހު، ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

22 އޯގަސްޓް

August 22, 2019 88
ފައިސާއާ މެދު އަމަލުުކުރީ އެންގެވި ގޮތަށް: ޒިޔަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގައި އެ މަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. މިއީ ޔާމީން އަވަހަރާކޮށްލަން އުޅުމާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތަށް އަދީބު ހައްޔަރުކުރި ފަހުން ޔާމީނާއި އަދީބު...

18 އޯގަސްޓް

August 18, 2019 46
ރައީސަށް ފައިސާ ދިން ވާހަކައަކީ ދޮގެއް: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 37 މިލިއަން ރުފިޔާ ދެއްވި ކަމަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2019 7
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

07 އޯގަސްޓް

August 07, 2019 62
އަދީބުގެ އިއުތިރާފް: ޚިޔާނާތުގެ ބައިވެރިންނަށް ގުޑުން!

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުރަތަމަ ފަހަރަށް ކޯޓުގައި އިއުތިރާފްވެވަޑައިގެން، އެ ފައިސާ ދައުރުވި ގޮތާއި މަންފާ ލިބުނު މީހުން ކިޔައިދެއްވާނެ ކަަމަށް ވިދާޅުވުމާ އެކު އެ ޚިޔާނާތުގެ ވަށައިގެން ތިބި އެންމެން ހާމަވާނެ ކަމުގެ އުއްމީދު އާވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2019 8
ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އަލުން އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

05 އޯގަސްޓް

August 05, 2019 17
އަދީބުގެ ބަންދަށް 15 ދުވަސް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓަައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.

August 05, 2019 32
އެއްބަސްވުމާ ޕީޖީން ހިލާފުވި: އަދީބު

ރާއްޖެ އިން ފުރާވަޑައިގަތީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާ ހެދި ކަމަށާއި ތަހުގީގަށް އެއްބާރުލުންދޭން ސޮއިކުރި...