25 މެއި

May 25, 2020 27
"ޚިޔާނާތް ބަލާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި"

ކުރީގެ ސަރުކާރުގައި ހިންގާފައި ހުރި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2020 15
ޚިޔާނާތާއި މަރުތަކުގެ ތަހުގީގުގެ މައްސަލަ ދެ ކޮމެޓީއަށް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވައިފި އެވެ.

23 މެއި

May 23, 2020 69
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް

މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

22 މެއި

May 22, 2020 62
ނަޝީދުގެ ވާހަކަފުޅާ އެކު ޔާމީން ދޫކޮށްލާ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ އިންސާފުން ނޫންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން އެނގޭ ކަމަށް ބުނެ ޔާމީން މިނިވަން ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

21 މެއި

May 21, 2020 80
ގައުމު ގޮވަނީ ޔާމީންގެ ޚިދުމަތަށް: ޕީޕީއެމް/ޕީއެންސީ

މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރާއިރު ގައުމު އެދި ގޮވަނީ އެމަނިކުފާނުގެ ޚިދުމަތަށް ކަމަށް...

May 21, 2020 39
ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ

މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުންނަވައިގެން ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް...

19 މެއި

May 19, 2020 12
ކޮރަޕްޝަން މައްސަލަތައް އަވަސް ކުރަން ހުށަހަޅަނީ

ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރޯގާ އިން ފުލުހުން ރައްކާތެރިވުމަށް އެކަށީގެންވާ ވަރަށް ޕްރޮޓެކްޓިވް އިކްއިޕްމެންޓް ފުލުހުންގެ އިދާރާގައި ނެތް. ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ފުލުހުން، އެހެން ފުލުހުންނާއެކު އެއް ބެރެކްސްއެއްގައި ދިރިއުޅެން ޖެހިފައިވުން ވެސް ފާހަގަކޮށްފައިވޭ.

14 މެއި

May 14, 2020 23
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

04 މެއި

May 04, 2020 10
ލޮކްޑައުންއާއެކު އެމްއެމްޕީއާރުސީ ތަހުގީގަށް ހުރަސްތަކެއް

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންއާ އެކު އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާ ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.

15 މާޗް

March 15, 2020 4
އަދީބުގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ވެސް ކެންސަލްކޮށްފި އެވެ.

08 މާޗް

March 08, 2020 53
މިއީ ޔާމީން ގެއަށް ބަދަލުކޮށް ދޭންވީ ވަގުތު: އިދިކޮޅު

ކޮވިޑް-19 ރާއްޖޭން ފެނިފައި ވާތީ މިއީ އެންމެން އެއްބައިވަންތަ ވާންވީ ވަގުތު ކަމަށާއި އެކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރަން ޖެހޭ ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2020 30
ޔާމީނާ ސުވާލުކުރި ކުށާ މެދު ޚިޔާލު ތަފާތުވުމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި މައްސަލައިގައި އެމަނިކުފާނާ ތަހުގީގުގައި ސުވާލުކުރި ކުށާ ގުޅޭގޮތުން، ދެ ފަރާތުގެ ވަކީލުންގެ ދެމެދުގައި ހައި ކޯޓުގައި މިއަދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެ އެވެ.

03 މާޗް

March 03, 2020 47
ދައުވާކުރީ ތަހުގީގުގައި ސުވާލު ނުކުރާ ކަމަކަށް:ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންގެ ކުށުގައި ދައުވާ ކުރިއިރު، އެ މަނިކުފާނުގެ މައްޗަށް އެކަމުގެ ތުހުމަތުކޮށް، ތަހުގީގުގައި އެއާ ގުޅޭ ސުވާލު ކޮށްފައި ނުވާ ކަމަށް ޔާމީންގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

28 ފެބުރުއަރީ

February 28, 2020 67
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރައްވާފައިވާ ހުރިހާ ގޯސް ކަންތައްތަކުގެ ޒިންމާ ކުރީގެ ރައީސް ޔާމީން އެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބޮލުގައި ކަމަށް އޭނާ މިއަދު...

February 28, 2020 95
ޔާމީނަށް 1.4 ބިލިއަނުގެ މަނީލޯންޑަރިން ތުހުމަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ...

27 ފެބުރުއަރީ

February 27, 2020 20
އާތިފް ޝަކޫރުގެ މައްޗަށް ވެސް ދައުވާކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ހުންނެވި އިބްރާހީމް އާތިފް ޝަކޫރުގެ...

February 27, 2020 33
އާ މައްސަލައެއްގައި ޔާމީނާ ސުވާލެއް ނުކުރޭ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކުގައި މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ވަންދެން ސުވާލު ކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2020 80
ޔާމީން، ފަރުވާއަށް ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި

ރާއްޖެ އިން ލިބެން ނެތް ބައެއް ފަރުވާތައް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖެ އިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ލަފާ ދެއްވައިފި އެވެ.

February 25, 2020 35
ޔާމީނާ ގުޅޭ ލަފާ އާއިލާއާ ހިއްސާކޮށްފިން: އިމްރާން

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓު ހަދައި، ޑޮކްޓަރުން ދީފައިވާ ލަފާ...

February 25, 2020 29
އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުކުރަނީ

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ...

17 ފެބުރުއަރީ

February 17, 2020 38
އޭސީސީގެ އަމަލުތައް ގޯސް: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ދައްކަވާ ވާހަކަތަކުގެ ތަހުގީގު އަވަސްކޮށް، ކުރީގެ ސަރުކާރުގައި މިނިސްޓަރުންނާ ހިސާބުން ފެށިގެން ތަރުތީބުވެ ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ނުބަލައި ލަސްކުރަމުންދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ފާޑުވިދާޅުން، އެންޓި ކޮރަޕްޝަން ކޮމިޝަން...

11 ފެބުރުއަރީ

February 11, 2020 7
އައިކޮމް އަޑުއެހުމަށް ޓޫރިޒަމުން ނުދިޔަ! ޖޫރިމަނާކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުމަކަށް ޓޫރިޒަމް މިނިސްޓްރީ ހާޒިރުނުވުމުން، އެތަނުގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރަން ނިންމައިފި އެވެ.

06 ފެބުރުއަރީ

February 06, 2020 39
ކަފާލާތުގައި ޔާމީން މިނިވަނެއް ނުކުރެވޭނެ: ހައިކޯޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ނުކުރެވޭނެ ކަމަށާއި އަދި އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެވެން ވެސް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

26 ޖެނުއަރީ

January 26, 2020 8
އަދީބުގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުން މިއަދު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލް ކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2020 1
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ތުހުމަތާ ގުޅިގެން މިއަދަށް ތާވަލް ކުރި ޝަރީއަތް، އޭނާގެ ގާނޫނީ ވަކީލްގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި އެވެ.