14 ފެބުރުއަރީ

February 14, 2017 1
ވަޓްސްއެޕަށް ރައްކާތެރިކަމުގެ އިތުރު ފަށަލައެއް

ވަޓްސްއެޕަށް އިތުބާރުކުރެވޭ ނަމަ މި އޮތީ އުފާވާނެ ވާހަކަ އެކެވެ. ބޭނުންކުރާ މީހުން ހިމާޔަތްކުރުމަށްޓަކައި ސަލާމަތީ އިތުރު ފަށަލައެއް ވަޓްސްއެޕަށް އިތުރުކޮށްފި އެވެ. މިއީ އެހެން ބައެއް އެޕްލިކޭޝަން އަދި އޮންލައިން ޕޯޓަލްތަކުގައި ވެސް ބޭނުންކުރާ ފީޗާއެކެވެ. އެއީ "ޓޫ ސްޓެޕް ވެރިފިކޭޝަން" އެވެ.

13 ފެބުރުއަރީ

February 13, 2017 2
އެންޑްރޮއިޑް އެޕްލިކޭޝަންތައް މަދުކުރަނީ

ބަލަހައްޓާނެ މީހަކު ނެތި ގޫގުލް ޕްލޭ ސްޓޯރަށް ދޫކޮށްލާފައި ހުރި މިލިއަނަކަށް ވުރެ ގިނަ އެޕްލިކޭޝަން ނައްތާލާނެ ކަމަށް ގޫގުލުން ބުނެފި އެވެ. ޕްލޭ ސްޓޯރުގެ މިންގަނޑަށް ނުފެތޭ އަދި ބޭނުންކުރާ މީހުންގެ މައުލޫމާތު ހޯދުމުގައި ހަރުދަނާކަމެއް ނެތް އެޕްލިކޭޝަންތައް ވެސް ސްޓޯރުން ބޭނުންކޮށްލާނެ ކަމަށް ގޫގުލުން ބުންޏެވެ.

22 ޖެނުއަރީ

January 22, 2017 1
އުރީދޫ "އޮލަ ވާހަކަ" ދެ މިލިއަން ފަހަރު ބޭނުންކޮށްފި

އުރީދޫން ތައާރަފްކުރި ވައިބާ ސްޓިކާ ޕެކް، "އޮލަ ވާހަކަ" މަސްދުވަހުގެ ތެރޭގައި ދެ މިލިއަން ފަހަރު ބޭނުންކޮށްފި އެވެ.

January 22, 2017 9
ފުލުހުން ބަންދުކުރާ މަގުތައް އެޕުން ބެލޭ ގޮތް ހަދައިފި

ފުލުހުން ބަންދުކުރާ މާލޭގެ މަގުތަކާ ބެހޭ މައުލޫމާތު، ހައުސިން މިނިސްޓްރީގެ "ފަސޭހަ މަގު" އެޕްލިކޭޝަނުން ބެލޭނެ ގޮތް ހަދައިފި އެވެ.

02 ޖެނުއަރީ

January 02, 2017 3
ފޯނަށް އެންމެ ބާރުބޮޑުކުރަނީ ކޮން އެޕްލިކޭޝަނެއް؟

މުޅި ދުނިޔެ އަށް އެންމެ މަޝްހޫރު "ސޯޝަލް ނެޓްވޯކް" އެޕްލިކޭޝަނަކީ ވެސް ފޭސްބުކް އެވެ. ފޯނަށް އެންމެ ބާރުބޮޑުކުރަނީ ވެސް ފޭސްބުކް އެވެ. "އަވާސްޓް ސޮފްޓްވެއާ" އިން ކުރި ދިރާސާއަކުން އެކަން ވަނީ ކަށަވަރުވެފަ އެވެ.

13 ޑިސެމްބަރ

December 13, 2016 1
ޓެލެގްރާމަށް އިތުރު ފަސޭހައެއް ލައިފި

އެހެން އެޕްލިކޭޝަންތަކުގައި ނެތް ފަސޭހައެއް، ޓެލެގްރާމްގައި އެބަ ހުރި ހެއްޔެވެ؟ ޓެލެގްރާމާ އެއް ގިންތީގައި ދަރަޖަކުރެވޭ ހުރިހާ އެޕްލިކޭޝަނެއްގެ އަސާސަކީ މައިގަނޑު އެކައްޗެކެވެ. ޓެކްސްޓް މެސެޖް ފޮނުވުމާއި، ފޮޓޯ، ވީޑިއޯ، އޯޑިއޯ އަދި އެހެނިހެން ފައިލްތައް ހިއްސާކުރުމެވެ.

07 ޑިސެމްބަރ

December 07, 2016 2
ހުކުމްތައް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

ކޯޓުތަކުގެ ހުކުމްތަކާއި ނިންމުންތައް ބެލޭނެ އެޕްލިކޭޝަނެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ތައާރަފުކޮށްފި އެވެ.

05 ޑިސެމްބަރ

December 05, 2016
އެންޑްރޮއިޑް ބައެއް އެޕްލިކޭޝަން އުސޫލުތަކާ ޚިލާފު

ޕްލޭ ސްޓޯރުން ހިލޭ ލިބެން ހުރި ބައެއް އެޕްލިކޭޝަންތައް ގޫގުލްގެ އުސޫލުތަކާ މުޅިން ޚިލާފުކަން ހާމަވެއްޖެ އެވެ. އެ އެޕްލިކޭޝަންތަކުގައި ހުންނަން ޖެހޭ އުސޫލުތަކާ މިންގަނޑުތައް ޑިވެލޮޕަރުން ދަމަހައްޓާފައި ނުވާކަން ވެސް ވަނީ އެނގިފަ އެވެ.

28 ނޮވެމްބަރ

November 28, 2016
އެލައިޑުގެ އެޕާއި ހިލޭ ގުޅޭ ނަމްބަރު ތައާރަފްކޮށްފި

އެލައިޑް އިންޝުއަރެންސުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް ލިބޭ މޮބައިލް އެޕެއް ލޯންޗުކޮށް، އެ ކުންފުންޏާ ގުޅޭނެ ހިލޭ ގުޅޭ ނަމްބަރެއް ރޭ ތައާރަފްކޮށްފި އެވެ.

17 ނޮވެމްބަރ

November 17, 2016
ވަޓްސްއެޕަށް ވީޑިއޯ ކޯލް

ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޗެޓް އެޕްލިކޭޝަން ވަޓްސްއެޕް އިން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހަދައިފި އެވެ.

27 އޮކްޓޯބަރ

October 27, 2016 1
މަގުބޫލް މިއުޒިކް އެޕް ހަންގާމާ އުރީދޫން ރާއްޖެ އަށް

އިންޑިއާގެ އެންމެ ބޮޑު ޑިޖިޓަލް އެންޓަޓެއިންމެންޓް ކުންފުނި ކަމަށްވާ ހަންގާމާއާ ގުޅިގެން، އެ ކުންފުނީގެ މަގުބޫލް މިއުޒިކް އެޕް، ހަންގާމާ މިއުޒިކް ޕްރޯ މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

18 އޮކްޓޯބަރ

October 18, 2016 9
ކަސްޓަމައިޒް ކުރެވޭ ގޮތަށް "މިހާރު" އެންޑްރޮއިޑަށް

އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް "މިހާރު"ން ބޮޑު ހަދިޔާއެއް ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ އެއްޗެހި އަމިއްލަ އަށް އިޚްތިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި ނިއުސް އެޕް "މިހާރު"ން ލޯންޗުކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2016 4
ހައުސިންގެ އެޕް ދިރާގު ކަސްޓަމަރުންނަށް ހިލޭ

ހައުސިން މިނިސްޓްރީގެ އެޕްލިކޭޝަން، "ފަސޭހަ މަގު" ބޭނުންކުރާއިރު އިންޓަނެޓް ޗާޖްނުކުރާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

22 ސެޕްޓެމްބަރ

September 22, 2016 1
"ފަސޭހަ މަގު" އުރީދޫގައި ހިލޭ ބޭނުންކުރެވޭނެ

ހައުސިން މިނިސްޓްރީގެ އެޕްލިކޭޝަން، "ފަސޭހަ މަގު" އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2016
"ހިޖާބް އިމޯޖީ" ހަދަން ކެމްޕޭނެއް ފަށައިފި

ހިޖާބް އިމޯޖީ ނުވަތަ ބުރުގާ އަޅައިގެން ތިބޭ މީހުން ސިފަކޮށްދޭ އިމޯޖީ އަކީ މިހާރު ކޮންމެހެން ވެސް ބޭނުންވާ އެއްޗެއް ކަމަށް ބުނެ އޭގެ އިމޯޖީ ހަދަން، ޖަރުމަނުގައި އުޅޭ ސައޫދީ އަރަބިއްޔާގެ އަންހެން ކުއްޖަކު ކެމްޕޭނެއް ފަށައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 28
ދިވެހި ސްވިފްޓްކީ އަށް: ބަހަށް އިންގިލާބެއް

ސްމާޓްފޯންތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ކީބޯޑު ކަމަށްވާ "ސްވިފްޓްކީ"ގައި ދިވެހި ބަސް ހިމަނައިފި އެވެ.

24 އޯގަސްޓް

August 24, 2016 3
މީހުން ދައްކާ ވާހަކަ ފޭސްބުކުން އަޑުއަހަނީ

ފޭސްބުކްގެ މޯބައިލް ފޯން އެޕްލިކޭޝަން އަޅާފައި ހުންނަ ފޯނުތައް މެދުވެރިކޮށް، މީހުން ދައްކާ ވާހަކަތައް ކޮންމެ ވަގުތެއްގައި ވެސް އަޑުއެހިދާނެ ކަމަށް ތަޖުރިބާކާރަކު ވަނީ މީގެ ކުރިން އިންޒާރު ދެއްވައިފަ އެވެ. މާސް ކޮމިއުނިކޭޝަން ޕްރޮފެސަރެއް ކަމަށްވާ ކެލީ ބާންސް ވިދާޅުވެފައިވާ ގޮތުގައި ފޭސްބުކް އެޕްލިކޭޝަނަކީ ފޯނުގެ މައިކަށް...

02 އޯގަސްޓް

August 02, 2016 5
ޑިލީޓްކުރި މެސެޖުތައް ހުރިގޮތަށް ހުރެދާނެ

އެޕަލްގެ ސޮފްޓްވެއާ ސްޕެޝަލިސްޓަކު ބުނަނީ އެޕްލިކޭޝަންތަކުން މެސެޖު ފޮނުވި މީހާ އާއި އެ މެސެޖު ލިބުނު މީހާގެ ފޯނުގައި ވެސް ދާއިމަށް އެ މެސެޖު އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުން މެސެޖު ޑިލީޓްކޮށްލި ނަމަވެސް އެއީ އެ މެސެޖު ފޮރުވޭނެ ގޮތެއް ނޫނެވެ.

22 ޖުލައި

July 22, 2016 16
ރާއްޖެއިން ޕޯކެމޮން ގެއްލުނީތަ؟

ޕޯކެމޮން ހިފަން ރަށުތެރޭ ދުއްވާ މީހުންނަށް މިއަދު ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެކެވެ. ގޭމް ކުޅުމަށް ލޮގިން ނުވެވެން ފެށީ އެވެ. މީގެ ކުރިން ވެސް މި މައްސަލަ ދިމާވެ އެވެ. އެކަމަކު މިއަދު އެއްބަޔަކު ބުނަން ފެށީ ރާއްޖެ ސަރަހައްދަށް ގޭމް އެޕްލިކޭޝަން ބްލޮކް ކުރީ ކަމަށެވެ. އެހެންވެ މި ހިސާބުން ޕޯކެމޮން އަށް އަލްވަދާއު ކިޔަން ޖެހުނީ ކަމަށް...

09 ޖޫން

June 09, 2016
އެލައިޑުން ރޯދަ މެނޫތައް ފޯނަށް

އެލައިޑް އިންޝުއަރެންސުން އީޓް.އެމްވީއާ ގުޅިގެން، އެކިއެކި ރެސްޓޯރަންޓުތަކުގެ ރޯދަ މެނޫތައް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފް ކޮށްފި އެވެ.

01 ޖޫން

June 01, 2016 4
މިއީ ފޯނަކަށް ކޮންމެހެން މުހިންމު އެޕްލިކޭޝަންތައް

ރަހަ ހެޔޮވަރުކޮށްދޭނެ އެޕްލިކޭޝަންތަކެއް ފޯނުގައި ނެތް ނަމަ، އަދި ތިޔަ އުޅެވެނީ ތަންކޮޅެއް ފަހަތުގަ އެވެ. އަހަރެންނާ އެކު އަންނާށެވެ. ދޫކޮށްލައިގެން ފަރުޖެއްސެން ނެތް އެޕްލިކޭޝަންތަކެއް ދައްކާނަމެވެ. ވާނީ ކުޑައިރުކޮޅެކެވެ. ތިޔަ ފޯނު ވަރަޖައި އުދުހޭނެ އެވެ.