12 އެޕްރީލް

April 12, 2018 4
ކްރެޑިޓް ދޭންވީ ކުޅުންތެރިންނަށް: ނިޒާމްބެ

ދިވެހި ފުޓްބޯޅައިގައި މިވަގުތު އެންމެ ވިދުން ގަދަ ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުގައި ވިދާލި ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ޓީސީ ދޫކޮށް މި އަހަރު މާޒިޔާ އަށް ކުޅެމުން އަންނަ ނާއިޒު ހަސަން (ދާދު) ހިމެނެ އެވެ. މި ކުޅުންތެރިން މިހާރު ހުރި...

07 އެޕްރީލް

April 07, 2018 1
"އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ"

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު މި މެޗުގެ ހުރިހާ ވަގުތަކު އެ ޓީމާ މެދު ޓީސީ ސްޕޯޓްސް ކްލަބުން ސަމާލުވާނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

12 މާޗް

March 12, 2018 7
މި ހިސާބުން ޓީސީ ސީރިއަސްވާނެ: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މި އަހަރު އަދި މޮޅެއް ހޯދިފައިނުވުމަކީ ޓީސީ ސްޕޯޓްސް ކްލަބް ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކަށް އިތުރަށް ސީރިއަސްވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

05 މާޗް

March 05, 2018 1
ކުރީގެ ތަރިންގެ ލެގަސީ ދެމެހެއްޓުން މުހިއްމު: ނިޒާމް

ކޯޗިން ކެރިއަރުގައި ކުރިއަށްދާއިރު އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ތަރިންގެ ލެގަސީ ދެމެހެއްޓުން ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

03 މާޗް

March 03, 2018 10
"ނިއު އާއި މާޒިޔާއާ އެއް ލެވެލެއްގައި ޓީސީ ނުގުނާނެ"

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ނިއު ރޭޑިއަންޓާއި މާޒިޔާއާ އެއް ލެވެލްގެ ޓީމެއްގެ ގޮތުގައި އަދި ދިވެހި ސަޕޯޓަރުން ނުގުނާނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2018 13
ޓީސީ އަށް ވަރަށް ގިނަ ކަންކަން ދަސްކުރެވޭނެ: ނިޒާމްބެ

މީގެ ތިން އަހަރު ކުރިން ރާއްޖޭގެ މަތީ ފަންތީ ފުޓްބޯޅަ އަށް ނުކުތް ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ފެށި ދަތުުރު ރޭ ނިމުމަކަށް އައީ ރަށުން ބޭރުގައި، މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޓީމު ބެންގަލޫރު އެފްސީ އަތުން ޕްލޭއޮފް ދެ ވަނަ ލެގުގައި 5-0 އިން ބަލިވުމުންނެވެ. ދެ ލެގަށް ބަލާއިރު ޓީސީގެ...

31 ޖެނުއަރީ

January 31, 2018 3
މިއީ ކުރިއަށްދާން ލިބުނު ހިތްވަރެއް: ނިޒާމްބެ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރޭ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން 3-1 އިން މޮޅުވިއިރު ކުޅެން ޖެހުނީ ޕްރެޝަރު މެޗެއް ކަމަށާއި ކުރެވުނު މަސައްކަތާ އެކު ކުރިއަށްދާން ހިތްވަރެއް ލިބިއްޖެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2018 6
ރަށުންބޭރުގައި މޮޅުވުމުން ނިޒާމްބެ ހިތްހަމަޖެހިފައި

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރަށުން ބޭރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން 1-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ބޭނުންވި ކަންތައް ހާސިލްވުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.