24 އެޕްރީލް

April 24, 2019 22
އިނާޔަތް ދިނުމާ ދެކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދިނުމަށް މަޖިލިހުގެ ތިން މެމްބަރަކު އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލްތަކަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތާއީދު ނުކުރަން ނިންމައި ތްރީލައިން ވިޕެއް ނެރެފި އެވެ.

April 24, 2019 10
މުސްތަފާގެ އިސްލާހު އަނބުރާ ގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ވީއައިޕީގެ ޚިދުމަތް ދިނުމަށް ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަން...

April 24, 2019 84
ކުރީގެ މެންބަރުން އިނާޔަތް ހޯދަން އަނެއްކާވެސް ބިލެއް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން ވަކިވާ ހިސާބުން އިނާޔަތް ލިބޭ ގޮތަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އަނެއްކާ ވެސް ހުށަހަޅައިފި އެވެ.

19 ފެބުރުއަރީ

February 19, 2019 70
އެސްއޯއެފުން އަޅުގަނޑަށް ފައިސާ ފޮނުވީ އަސްވާޑު: މޫސަ

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ އެކައުންޓަށް ޖަމާކޮށްފައިވާ 100،000 ޑޮލަރު (1،542،000ރ.) އަކީ ސަންގު ޓީވީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ފޮނުވި ފައިސާ ކަމަށް މޫސަ އިއްޔެ ވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2019 16
ފުލުފުލުގައި ސިޔާސީ ޕާޓީތައް!

ފުރަތަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެ ދެ ޕާޓީއާ ޖެހިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އެވެ. ޑީއާރުޕީގައި ތިބި ބަޔަކު ނުކުމެ ފަހުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނަމުގައި އާ ޕާޓީއެކެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވެސް...

03 ފެބުރުއަރީ

February 03, 2019 23
ޔާމީން މި ފަހަރު މަޑުއްވަރި ދާއިރާ އަށް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވެލިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މަޑުއްވަރި ދާއިރާ އަށް ވާދަކުރައްވަން ނިންމެވުމުން ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2019 44
ގޮޅިތެރެއަށް ވެއްޓުމުން އަދީބު އެމަޖެންސީގައި މާލެއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނަވާ ގޮޅި ތެރެއަށް ވެއްޓި، ނޭފަތުން ލޭ އައުމުން އެމަޖެންސީގައި މިއަދު މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

06 ޖެނުއަރީ

January 06, 2019 46
އަދީބުގެ ހާލު ސީރިއަސް: އެމްޓީޑީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުރިކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ކުއްލި ގޮތަކަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާއިރު، އޭނާ ހާލު ސީރިއަސް ކަމަށް އަދީބު ގޭބަންދުގައި ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2019 46
އަދީބުގެ މައްސަލަތައް އަލުން ބަލަންޖެހޭ: އެމްޓީޑީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުންނެވިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތައް އަލުން ބަލަންޖެހޭ ކަމަށް، އޭނާ އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2018 98
އެމްޓީޑީގެ އާންމު ޖަލްސާ އަދީބަށް ހާއްސަކޮށްފި

އަލަށް އުފެއްދުމުގެ ހުއްދަ ދިން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ އާންމު ޖަލްސާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މިރޭ ހާއްސަކޮށްފި އެވެ.

12 ޑިސެމްބަރ

December 12, 2018 41
މެމްބަރު ޔާމީން އެމްޓީޑީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ޕީޕީއެމުން ވަކިވެ، އަލަށް އުފައްދާ ޕާޓީއެއް ކަމަށްވާ މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް މިއަދު ސޮއިކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2018 25
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވުން ނޫން ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2018 24
ތުޅާދޫން މެޑަމް އަށް ބޮޑު ތަރުހީބެއް

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ ބ. ތުޅާދޫގެ ގިނަ އަދަދެއްގެ ބަޔަކު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މިއަދު އެ ރަށުން ހޫނު މަރުހަބާއެއް...

August 15, 2018 33
ފޭކް ވީޑިއޯއެއް ޓުވީޓުކުރުމުން ޔާމީނަށް ފާޑުުކިޔުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ މުހިއްމު ކަމާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ޕްރޮމޯޓް ކުރުމަށް އިދިކޮޅު ޕާޓީތަކުން ހަދާފައިވާ...

11 އޯގަސްޓް

August 11, 2018 20
ދޮޅު އަހަރުގެ ވެރިކަމެއް އިބޫއަށް ނުހިންގޭނެ: ނަޝީދު

ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ރޭ ވިދާޅުވެއްޖެ އެވެ.

14 ޖޫން

June 14, 2018 40
ރައީސްގެ ދެކަނބަލުން އީދު ހަދިޔާ ބައްސަވަނީ

މާދަމާ ފާހަގަ ކުރާ މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތްޕުޅުން އާންމު ރައްޔިތުންނަށް އީދު ހަދިޔާ ބަހަން ހަމަޖައްސައިފި އެވެ.

13 މެއި

May 13, 2018 31
ސޮދަގާތު ފައުންޑޭޝަނުން ކަދުރާއި ހަނޑޫ ބަހަން ފަށައިފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސޮދަގާތު ފައުންޑޭޝަނުން ރޯދަ ހަދިޔާގެ ގޮތުގައި ކަދުރާއި ހަނޑޫ ބަހަން ފަށައިފި އެވެ.

02 މެއި

May 02, 2018 19
ފަސްޓް ލޭޑީއަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެކަމަނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

29 މާޗް

March 29, 2018 41
ޔާމީން އާ ރަންވޭ މަތީގައި: "ހެޔޮ ވެރިކަމަކީ މިއީ"

ވެލާނާ އިންޓަނޭޝަނަލް އަށް މި ސަރުކާރުން ގެންނަ ތަރައްގީން ވެސް ފެންނަނީ، ރައްޔިތުންނަށްޓަކައި ރައީސް އަބްދުﷲ ޔާމީން ހެޔޮވެރިކަމެއް ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2018 36
މެމްބަރު ޔާމީންގެ ބްރިޖު ދަތުރު، "ނިމެނީ"

އިދިކޮޅުގެ ފާޑުކިއުންތަކާއި ހަމަލާތައް ސަރުކާރަށް އިންތިހާއަށް ބޮޑެވެ. މި ތުހުމަތުތަކަށް، ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ރައްދު ދެއްވީ، މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖަށް މިއަދު ކުރެއްވި 15 މިނެޓުގެ ދަތުރުންނެވެ.

18 މާޗް

March 18, 2018 98
ރާއްޖެ ޓީވީ ބަންދުކުރަން މެމްބަރު ޔާމީން ގޮވާލައިފި

ރާއްޖެ ޓީވީ ހުއްޓުވާލަން ނޫނީ ބަންދު ކުރަން ޖެހޭ ކަމަށް، އެ ސްޓޭޝަނުގެ އިސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.

24 ޑިސެމްބަރ

December 24, 2017 16
ރައީސަކީ ނުކުރެވޭ ކަންކަން ކުރައްވާ ބޭފުޅެއް: ޔާމީން

ރައީސް އަބްދުﷲ ޔާމީނަކީ އެހެން ބޭފުޅުންނަށް ނުކުރެވޭނެ ކަންކަން ކުރައްވާ ވެރިއެއް ކަމަށާއި ނ. ވެލިދޫގައި ސަރުކާރުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ މަޝްރޫއު މިހާރު ވެސް ހިންގަމުން އަންނަ ކަމަށް އެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2017 71
ބްރިޖްގައި ކައިވެނިކުރަން ބައެއް މީހުން ނަން ނޯޓްކޮށްފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމުމުން އެ ތަނުގައި ކައިވެނިކުރަން ނުވަތަ ކައިވެނި ޕާޓީ ބޭއްވުމަށް މިހާރު ވެސް 50 އަށް ވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.