22 މާޗް

March 22, 2017 50
މަސީހާ ދެކޮޅަށް ޕީޕީއެމް މެމްބަރުންތަކެއްގެ ވާހަކަތަކެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގައި ކަންތައް ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެމަނިކުފާނު މަގާމުން ވަކިކުރަން ތާއީދުކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންތަކެއް ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ރޭ ލީކުވެއްޖެ އެވެ.

20 މާޗް

March 20, 2017 47
ރައީސުންގެ އިނާޔަތަށް ބަދަލު ގެންނަންޖެހޭ:އަބްދުއްރަހީމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ގައުމުގައި ފިތުނަފަސާދަ އުފައްދަވާ ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ރައީސުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.

19 މާޗް

March 19, 2017 33
"ބިން ވިއްކޭ ގޮތް ހެދީ ވަކި ބަޔަކަށް ކަމެއް ނޭނގޭ"

ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

18 މާޗް

March 18, 2017 51
ފ. މަޝްރޫއާ ގުޅޭ އޯޑިއޯގެ މައްސަލަ ބަލަން ގޮވާލައިފި

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މުދަލަކަށް، ފ. އަތޮޅުގެ ބައެއް ހަދަން އެ އާއިލާއިން ބޭނުންވާ ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރީ އެހެންވެގެން ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ...

March 18, 2017 110
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ދީނާއި ފިކުރީ...

17 މާޗް

March 17, 2017 119
"ޑީލް ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ"

ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ މުދަލަކަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

10 މާޗް

March 10, 2017 57
މާލޭ ސިޓީ ކައުންސިލްގެ މުސާރަ އިޔާދަކުރާނަން: ނިހާނު

މާލެ ސިޓީ ކައުންސިލަރުންގެ މުސާރަ އާއި ބައެއް ބާރުތައް އަލުން އިޔާދަ ކުރާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ރޭގައި ވިދާޅުވެއްޖެ އެވެ.

08 މާޗް

March 08, 2017 45
މަސީހު ބޭރުކޮށްލަނީ ސައޫދީގެ މަޝްރޫއު ދެކެ ބިރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ، ފ. އަތޮޅު ތަރައްގީ ކުރުމަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ގެންނަން އުޅޭ ބިޔަ މަޝްރޫއު ދެކެ ބިރުން ކަމަށް ޕީޕީއެމް ކޯލިޝަނުން މިއަދު ބުނެފި އެވެ.

March 08, 2017 17
މަސީހު ވަކިކުރާ މައްސަލާގައި ލަތީފް ސޮއިކުރެއްވި

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހިމެނޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ...

March 08, 2017 36
މަސީހާ ދެކޮޅު ވޯޓު ނާކާމިޔާބު ކޮށްލާނަން: ނިހާނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބު ކޮށްލާނީ ފަސޭހަކަމާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ...

02 މާޗް

March 02, 2017 62
ސިފައިންގެ ފަރާތުން ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން

ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރުމަށް ތާއީދު ކުރާ ކަމަށާއި ސިފައިންގެ ފަރާތުން ނާޖައިޒު ފައިދާ ހޯދަން ބޭނުން ނުވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.

28 ފެބުރުއަރީ

February 28, 2017 50
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު

"އަޅުގަނޑުގެ ހަޔާތުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ހިފައިގެން އަންނަ ވާހަކައެއް ނުދައްކާ، އެވަރުގެ އިންވެސްޓްމަންޓަކަށް މަރުހަބާ ކިޔާނަން،" ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު...

14 ފެބުރުއަރީ

February 14, 2017 136
ސިނގިރޭޓް ފޮއްޓެއް ވިއްކަންވީ 100ރ އަށް: ނިހާން

ދިވެހިން އާންމުކޮށް ބޭނުންކުރަމުން އަންނަ ސިނގިރޭޓުގެ އަގު ބޮޑުކޮށް، ފޮއްޓެއް 100ރ. އަށް ވުރެ މަތީ އަގެއްގައި ވިއްކަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2017 102
"ކާމިޔާބު ކުރާނީ އިދިކޮޅު މީހުން ކިހިލި ޖަހައިގެން"

ކުރިއަށް އޮތް ރިއާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަން ކުރާނީ އިދިކޮޅު ހުރިހާ އެންމެން ކިހިލި ޖަހާލައިގެން ފަސޭހަ ކަމާ އެކުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ ވިދާޅުވެއްޖެ އެވެ.

27 ނޮވެމްބަރ

November 27, 2016 73
12 ޑޮލަރަށް ބަދަލުކުރީ ނިހާނަށް ލިބުނު މައުލޫމާތަކަށް

ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް، ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ނޮވެމްބަރ

November 16, 2016 12
ދިވެހިންގެ ތަސައްވުރު ރަނގަޅަށް ކުރެވޭނީ މި ބަޖެޓުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހިންގެ މާދަމާގެ ތަސައްވުރު އެންމެ ރަނގަޅަށް ކުރެވޭނެ ބަޖެޓު ކަމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ރޭ ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2016 4
ޕީޕީއެމް ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް އާރިފް

ޕީޕީއެމް ޕާލިމަންޓް ގްރޫޕް (ޕީޖ) ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ. މިއާއެކު އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ހަތަރު ޑެޕިއުޓީ ލީޑަރުން ތިއްބަވާނެ އެވެ.

09 ނޮވެމްބަރ

November 09, 2016 18
25 ޑޮލަރުގެ ޓެކްސް ނަގަނީ ބިދޭސީންގެ އަތުން އެކަނި

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރު ތައާރަފް ކުރާ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)، ރާއްޖޭގެ މައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ހުށަހެޅި...

November 09, 2016 16
ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ނިހާން، ނައިބަކީ އާމިރު

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ އައްޔަންކޮށްފި އެވެ.

08 ނޮވެމްބަރ

November 08, 2016 53
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކްތަކުގެ އެންމެ އަޑީގައި ހުންނެވީ ޕީޕީއެމްގެ ރައީސް މައުމޫން...

November 08, 2016 22
"މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދާނީ ފަނުފުލުން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ނަގަން އުޅޭ ވޯޓު ދާނީ "ފަނުފުލުން" ކަމަށް ޕީިޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު...

06 ނޮވެމްބަރ

November 06, 2016 40
ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިއްޔެ ރޭ ބޭއްވި ޖަލްސާގައި އެންމެ އަޅައިގަތް އެއް ކަމަކީ އެ ފެކްޝަނާ އަލުން ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެކި ބޭފުޅުން ގޮވައިލެއްވުމެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އެގޮތަށް...

16 އޮކްޓޯބަރ

October 16, 2016 53
މައުމޫންގެ ނިންމެވުން ސައްހައެއް ނޫން: ނިހާން

ޕީޕީއެމްގެ ނައިބު ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ އާއި ކައުންސިލްގެ ދެ މެމްބަރަކު ވަކިކުރެއްވީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ޕާޓީގެ...

October 16, 2016 4
ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު އޮންނާނެ

ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

13 އޮކްޓޯބަރ

October 13, 2016 17
ކައުންސިލް އިންތިހާބު ފަސްކުރަން ޕީޕީއެމުން ހުށަހަޅަނީ

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކާނެ ކަމަށް ޕީޕީއެމް ޕާލިމަންޓް ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

October 13, 2016 6
ކައުންސިލް އިންތިހާބު ވެސް ޕީޕީއެމްގެ ބޮޑު އަރާރުމަކަށް

ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޯދަން ޕީޕީއެމްގެ ނަމުގައި ކޮށްފައިވާ އިއުލާނަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް އާ ފުރުސަތެއް ހުޅުވާލާނެ...

October 13, 2016 29
އިދިކޮޅު ޕާޓީތަކާ އެކު ޕީޕީއެމް، ފިޔަވަޅު އަޅަނީ

އިލެކްޝަން ކޮމިޝަނުން ކަންތައްތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުން އިދިކޮޅު ޕާޓީތަކާ ބައިވެރިވެ ނޫސްވެރިންގެ...

12 އޮކްޓޯބަރ

October 12, 2016 45
މައުމޫން ކިބައިން މެމްބަރުން މާފަށް އެދޭވަރުގެ ކަމެއް ނުވޭ"

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ދެން ބާއްވާނީ މިދިޔަ ޖުލައި މަހު ބޭއްވި ބައްދަލުވުމުން ނިކުމެވަޑައިގަތް މެމްބަރުން މާފަށް އެދިވަޑައިގަތުމުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން...

October 12, 2016 37
ރިޔާސީ ޓިކެޓް ރައީސަށް ދޭން ގިނަ މެންބަރުން ތާއީދު

ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން އިއްތިފާގުވާ ކަމަށް...