08 ޖުލައި

July 08, 2018 83
އެންމެ ވަފާތެރި ނައިބު ރައީސަކަށް ޝަހީމް ވާނެ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވާފައިވާއިރު، އެއީ ރާއްޖެ އަށް އެންމެ ވަފާތެރި ނައިބު ރައީސަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2018 38
އިންތިހާބުގައި ވާދަކުރުމުގެ އާ ޝަރުތުތައް ފާސްކޮށްފި

ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

01 ޖުލައި

July 01, 2018 130
އިބޫ ވާނީ ނަޝީދުގެ ޕަޕެޓަކަށް: ޕީޕީއެމް

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނުކުންނަ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާނީ ކުރީގެ ރައީސް އަދި އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ...

July 01, 2018 36
ނިހާނަށް ސުވާލެއް: އިބޫގެ ނަން އޮންނާނެތަ؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު...

30 ޖޫން

June 30, 2018 147
"ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން"

ސެޕްޓެމްބަރު، 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ 52 ޕަސެންޓު ވޯޓުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖޫން

June 29, 2018 58
ނަޝީދު ކުރިމަތި ނުލީއެއް ނޫން، ފުރުސަތު ގެއްލުނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލައްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ބޭނުންފުޅު ނުވީ ނޫން ކަމަށާއި އެމަނިކުފާނު އެ ނިންމުން...

June 29, 2018 40
"މަސީހު ގަބޫލުނުކުރާނަމަ ކޮމިޓީތަކަށް ގޮސްގެން ނުވާނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން، އަބްދުﷲ މަސީހް މުހައްމަދު ބަލައިނުގަންނަ ނަމަ، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުމުގައި އެ ބޭފުޅުން...

26 ޖޫން

June 26, 2018 24
ހިމާޔަތް ދޫކޮށްލިޔަސް ވާދަކުރެވޭނީ 10 އަހަރު ފަހުން

ބޭރު ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހަކު ވެސް، ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

June 26, 2018
އިންތިހާބުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީއަށް

ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވަން މިއަދު...

June 26, 2018 85
ހިމާޔަތް ހޯދި މީހުން ވެރިކަމަށް އައުމަށް ހުރަސްތަކެއް

ރާއްޖޭން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވުމަށް ޓަކައި ގާނޫނަށް އިސްލާހު ގެންނަން ޕީޕީއެމުން...

12 ޖޫން

June 12, 2018 7
މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި މަހު 25ގައި ފަށަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖޫން

June 08, 2018 43
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަނބުރާ ފޮނުވާލުމުން ސޯޝަލް މީޑިއާގައި އެކަން "ކެކި އަރައިގަތެވެ". އެއް ބަޔަކަށް އެކަން ސިފަވީ ސަރުކާރުން ރައްޔިތުންނަށް "އަނިޔާވެރިވާތީ" އިންޑިއާ އިން އެޅި "ވަރުގަދަ" ފިޔަވަޅެއްގެ ގޮތުގަ އެވެ. މި...

07 ޖޫން

June 07, 2018 20
ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރު، ރަނގަޅު ކުރަންޖެހޭ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ...

June 07, 2018 104
ނިހާނާއި މެމްބަރުންގެ ޒުވާބު، އެންމެ ފަހުން އިންޒާރު!

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން، އިންޑިއާ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމަކީ ކުޑަ ކަމެއް ނޫނެވެ؛ ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ...

06 ޖޫން

June 06, 2018 96
މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެ ފޮނުވައިލި މައްސަލާގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލެޝް މިޝްރާ އިއްޔެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.

June 06, 2018 127
ނިހާން ފޮނުވާލި ސަބަބެއް ނާންގާ، ކަންބޮޑުވޭ: ސަފީރު

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އިއްޔެ ފޮނުވާލި ސަބަބެއް އަދިވެސް...

June 06, 2018 164
އިންޑިއާ އިން ފޮނުވާލުމަކީ ބުލީކުރުން: ނިހާން

އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، އަނބުރާ ފޮނުވާލުމަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު...

05 ޖޫން

June 05, 2018 70
ނިހާން، އިންޑިއާ އިން އަނބުރާ ފޮނުވާލައިފި

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، އަނބުރާ މިއަދު ރާއްޖެ ފޮނުވާލައިފި އެވެ. މިއީ ރާއްޖޭގެ އިސްބޭފުޅަކު އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި ފުރަތަމަ ފަހަރު ވެސް މެ އެވެ.

10 މެއި

May 10, 2018 18
"ކޮރަޕްޝަނާ ދެކޮޅަށް މެލޭޝިއާ ވޯޓު ދިނުމުން އުފާވޭ"

މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި، އެ ގައުމުގެ ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ވޯޓު ދިނުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2018 59
ވަކި ދައުލަތެއްގެ ވާހަކައާ އެކު ނަޝީދަށް ފާޑުކިޔުން

ރާއްޖޭގެ މިނިވަންކަން ނަގާލަން ކުރީގެ ރައީސް މުހަންމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، އެތައް ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ. އާންމުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒު މި ވީ އައްޑު އަތޮޅުގައި ވަކި ދައުލަތެއް އުފެއްދެވުމުގެ ވާހަކަތަކެއް ބަޔަކާ އެކު ކުރެއްވި ކަމަށް ބުނާ...

26 އެޕްރީލް

April 26, 2018 128
"2023ގެ ފަހުން ވެސް ރައީސަށް ޖާގަ ދޭން ވިސްނަން"

މި އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައި، ދެ ވަނަ ދައުރު 2023 ގައި ނިމުމުން ވެސް އެމަނިކުފާނު ވެރިކަމުގައި ބަހައްޓާނެ ގޮތެއް ހޯއްދެވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2018 54
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން

ރަައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވުމުގެ ހުތުރު ކުޅިގަނޑަށް ރަސްމީކޮށް މިއަދު ނިމުން އައިސްފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ...

April 24, 2018 21
ހަ ހަފުތާ ފަހުން މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު

ހަ ހަފުތާގެ މެދުކެނޑުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

19 އެޕްރީލް

April 19, 2018 35
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން

ދިވެއްސަކު، އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށް ހަދަން ޔޫރިޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅިޔަސް، އެކަން ވިޔަ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

06 އެޕްރީލް

April 06, 2018 79
ނިހާނަށް އިންތި އާއި ރޮޒެއިނާގެ ވަރުގަދަ ރައްދެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ މުސާރައިން ކަމަށް ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް...

05 އެޕްރީލް

April 05, 2018 135
ދަރިފުޅަށް ފްލެޓު ގަތީ ހަލާލު ފައިސާ އިން: ނިހާން

ވެރިކަން ކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ "ހަލާލު" ފައިސާ އިން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

01 އެޕްރީލް

April 01, 2018 15
މުޒާހަރާތަކަށް ފަހު އޮތީ ކޮން މިސްރާބެއް؟

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ އެކު، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމެވެ. ވެރިކަން ބަދަލުކޮށްފައި ނޫނީ "ލޮލު ފިޔައެއް" ނުޖަހާނެ ކަމާއި މުޒާހަރާތައް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ބުނާ ބުނުން ތަކުރާރުކުރި އެވެ. ކޮންމެ މީހެއްގެ ދުލުގެ...