13 މާޗް

March 13, 2018 42
ނިހާން ވިދާޅުވީ "ނިމެނީ، ބަޣާވާތް ނިމެނީ" ކަމަށް

"ނިމެނީ، ނިމެނީ، ބަޣާވާތް ނިމެނީ" ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް މިރޭ ރައްދު ދެއްވައިފި އެވެ.

12 މާޗް

March 12, 2018 12
ގަވައިދު ހެދުމުގެ ބާރު އީސީއަށް ދޭތީ ކަންބޮޑުވެއްޖެ

އެންޓި ޑިފެކްޝަން ބިލުގެ ގަވައިދު ހެދުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ބިލުން ލިބޭތީ ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

09 މާޗް

March 09, 2018 96
ރާއްޖެއާ މެދު ކަންބޮޑުވާތީ ނިހާން ސުވާލެއް ގައުމުތަކަށް

ރާއްޖޭގެ ހާލަތާ މެދު ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފަލަސްތީނާއި ސީރިއާގައި ހިނގަމުންދާ ޖަރީމާތައް ކުށްވެރި ކުރަން ނުކުރިގެން އުޅެނީ ކީއްވެތޯ ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ސުވާލު އުފައްދަވައިފި އެވެ.

08 މާޗް

March 08, 2018 50
މާލޭގެ އަމަން ނަގާލުމަށް އެމްޑީޕީން ބޭނުންވޭ: ނިހާނު

މާލޭގެ ހަމަނުޖެހުން ނަގައިލުމަކީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ...

March 08, 2018 23
"މޮޔައަކަށް ވުރެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު"

ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އިންތިހާބު ކުރާ "މޮޔައަކަށް ވުރެ" ބައެއް ފަހަރު ޚުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު ކަމަށް ވިދާޅުވެ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށް،...

07 މާޗް

March 07, 2018 63
"މެމްބަރުން ބިލާ ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލާ، ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ދެކޮޅު ކަމަށް ދައްކާ ވާހަކަތައް އެ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ދޮގު ކުރައްވައިފި އެވެ.

06 މާޗް

March 06, 2018 22
މިނިވަން މެމްބަރުން ޕާޓީއަށް ވަނުމަށް ހުރަހެއްނެތް!

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެންޓި ޑިފެކްޝަންގެ ބިލުގައި ބުނެފި އެވެ.

05 މާޗް

March 05, 2018 126
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލް ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަންގެ ބިލް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

04 މާޗް

March 04, 2018 21
"ގާސިމަށް އެއްވެސް އަގެއްގައި މެމްބަރުން ނުގެންދެވޭނެ"

އެއްވެސް އަގެއް ދީފައި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުގެންދެވޭނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

03 މާޗް

March 03, 2018 74
ޖަލުގައި ތިބެންޖެހޭ މީހުން ސަފީރުންނަށް ނޭނގޭނެ:ނިހާން

ރާއްޖޭގެ ޖަލުގައި ތިބެންޖެހޭ މީހުންގެ އަދަދު އެއީ އެހެން ގައުމުތަކުގެ ސަފީރުންނަށް އެނގެން ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، އެމެރިކާ ސަފީރަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ރައްދު ދެއްވައިފަ އެވެ.

01 މާޗް

March 01, 2018 15
ތެޔޮ ބޯޓުގެ މުއާމަލާތް އިދިކޮޅުގެ ބޮލުގައި އަޅުވައިފި!

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއް ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2018 7
އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިނުވާތީ ފާޑުކިއުން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ ވެރިކަން ކުރާ ޕީޕީއެމުން އެ މެމްބަރުންނަށް ވަރަށް ބޮޑަށް މިއަދު ފާޑު ކިޔައިފި އެވެ.

February 26, 2018 57
އަދުރޭ އަށް ޖެނެރަލެއްގެ ނަން ދީފިން: ނިހާން

ރާއްޖޭގެ ސިޔާސީ ދާއިރާގެ އިދިކޮޅުގައި ތިބި މީހުންނާ ބެހޭ ގޮތުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައްކަވަމުން ގެންދަވާ...

25 ފެބުރުއަރީ

February 25, 2018 54
"ގާސިމް ރިސޯޓްތައް ހިންގަނީ ނުހައްގު ރަށްތަކުގައި"

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ އެތައް މުދަލެއް ނުހައްގުން ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އޭނާ ރިސޯޓް ވެސް ހިންގަނީ އެގޮތަށް ހޯދާފައިވާ ރަށްތަކުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.

February 25, 2018 26
ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން

ވެރިކަން ކުރާ ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން (މެޑަމް އޮފީސް) މަގުމައްޗަށް ނުކުމެ، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި...

February 25, 2018 29
ގާސިމްގެ ވާހަކައަކީ ވެރިކަން ވައްޓާލުމުގެ އިއުތިރާފެއް

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް އިބްރާހިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެވުނު ބަސްފުޅަކީ، ރާއްޖޭގެ ވެރިކަން ވައްޓާލަން އަމިއްލައަށް...

23 ފެބުރުއަރީ

February 23, 2018 41
ވަކީލުންގެ ޕެޓިޝަން ބަލައެއް ނުގަނެވޭނެ: ނިހާން

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި މައްސަލާގައި އެކަމަނާގެ ވިސްނުން ބަދަލު ނުކުރުމަށް އެދި ޕީޖީގެ އޮފީހުގެ ވަކީލުން ހެދި ޕެޓިޝަނާ މެދު ހިތާމަކުރައްވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ޕެޓިޝަނެއް ނޫން ކަމަށް...

22 ފެބުރުއަރީ

February 22, 2018 62
"ނިންމުން ސައްހަ ނޫން ކަމަށް ޕީޖީ އަށް ނުނިންމޭނެ"

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމީ ސައްހަ ނިންމުމެއް ނޫން ކަމަށް ކަނޑައެޅުއްވުމުގެ ބާރެއް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަށް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 17
ސިފައިންނާއި ފުލުހުންނަށް އަމުރުކުރަނީ ނިހާނާއި އަދުރޭ

ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު އަމުރުކުރާ ކޮމާންޑަރުންނަކީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2018 75
"އިހުލާސްތެރި މެމްބަރުންނާއެކު އަޣުލަބިއްޔަތު ހޯދާނަން"

އިޚުލާސްތެރި މެމްބަރުންނާއެކު ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

February 20, 2018 28
ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބާއްވަނީ

ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

February 20, 2018 25
43 މެމްބަރުުން ބޭނުން! އެކަމަކު ވާނުވާއެއް ނޭނގޭ!

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރެވެން އަންނަނީ ތަޅުމުގައި މަދުވެގެން 43 މެމްބަރުުން ތިބެގެން ކަމަށް ވާތީ ސަރުކާރު ކޯލިޝަނަށް މެމްބަރުން ހަމަކުރުމުގައި...

18 ފެބުރުއަރީ

February 18, 2018 42
ސަރުކާރު މެމްބަރުން ތިއްބެވީ ބަދަހިކޮށް: ނިހާން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ތިއްބެވީ ބަދަހިކަމާއެކު، ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2018 21
ނޫސްވެރިން ރޭ ކުޅުނީ ފިލްމީ މަންޒަރުތަކެއް: އަދުރޭ

އިދިކޮޅު ފަރާތްތަކުން އިއްޔެ އާއި ރޭ ބޭއްވި މުޒާހަރާ ކަވަރު ކުރުމުގެ ނަމުގައި ބައެއް ނޫސްވެރިން ރޭ ކުޅުނީ ފިލްމީ މަންޒަރުތަކެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ނޫސްވެރިންނަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2018 38
މަޖިލީހަށް ވަންނަންއުޅުނީ މެމްބަރުންތޯ ސުވާލުއުފައްދައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް އިއްޔެ އުޅުއްވީ މެމްބަރުންތޯ ކަށަވަރުކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވެ، ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް ނިންމާފައިވާ ނިންމުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ސުވާލު އުފައްދަވައިފި އެވެ.