07 ޑިސެމްބަރ

December 07, 2019 34
"ބާރަކީ އިމްތިހާނެއް، ހައްގު ގޮތުގައި ބޭނުން ކުރޭ"

ވެރިކަމުގެ އާރާއި ބާރަކީ ވެސް އިމްތިހާނެއް ކަމަށާއި އެހެންވެ، އެ ބާރުގެ ބޭނުން ހައްގު ގޮތުގައި ހިފުމަށް އިދިކޮޅުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

12 ނޮވެމްބަރ

November 12, 2019 11
ޖީބަށް އިތުރުނުވާ ނަމަ ބަޖެޓު ބޮޑުކުރާނެކަމެއް ނެތް

ރައްޔިތުންގެ ޖީބަށް އިތުރު ނުވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2019 24
ޓެކްސް ނަގަންޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް

ސަރުކާރުން ޓެކްސްތައް ނަގަން ޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށާއި ވިޔަފާރިތައް ކުރިއަރާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2019 19
ހިތަށް އެރި ބަޔަކު ހައްޔަރުކުރާނެތީ ސަލީމްގެ ނުރުހުން

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަން އުޅޭ ބޮޑެތި އިސްލާހުގެ ސަބަބުން ހިތަށް އެރިހާ ބަޔަކު ހައްޔަރުކޮށްފާނެތީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރައްޔިތުންގެ މަޖިލިހުގައި މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

11 ޖޫން

June 11, 2019 11
ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ސަލީމް ހަމަޖައްސައިފި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހަމަޖައްސައިފި އެވެ.

29 މެއި

May 29, 2019 98
ނަޝީދު ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާތީ ޝަކުވާ!

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ޝަކުވާ ކުރައްވައިފި އެވެ.

17 އެޕްރީލް

April 17, 2019 51
ނައިބު ރައީސުންނަށް އިނާޔަތް ދޭން މަޖިލިހުން ފާސްކޮށްފި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި...

April 17, 2019 78
ނައިބު ރައީސުންނަށް 35،000ރ. ދިނުމަށް ނިންމައިފި

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ...

25 ފެބުރުއަރީ

February 25, 2019 110
ކުރީގެ ނައިބު ރައީސުން ވަނީ މަގުމަތިވެފައި: މެމްބަރުން

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މަގުމަތިވެފައިވާ ކަމަށާއި އެ ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަމާއި އިނާޔަތް ލިބެން ވާނެ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2018 29
ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭ ބިލެއް

ކުރީގައި ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެނަމަ، ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

26 އޮކްޓޯބަރ

October 26, 2018 29
އިސްލާހާ އެކު އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެނެސްގެން އެ ގާނޫނު ވުޖޫދުގައި އޮންނަން ޖެހޭނެ ކަމަށް...

23 އޮކްޓޯބަރ

October 23, 2018 89
ޕީޕީއެމްގެ ކައުންސިލްގައި ހޫނު ގަދަ ބަހުސެއް!

ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުންނާ ދެމެދު ހޫނު ގަދަ ބަހުސެއް މިއަދު ހިނގައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 116
މިއީ ވަރަށް ބޮޑު ލަދެއް: ރެޑްވޭވް ސަލީމް

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަކީ ވަރަށް ބޮޑު ލަދެއް ކަމަށާއި އެހެންވެ، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިރޭ ވިދާޅުވެއްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2018 18
އޭދަފުށީ ސަލީމާއި ހުސައިން މަނިކު ހުންނެވީ އިދިކޮޅާއެކު

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރެއް ކަމަށްވާ، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި ތ. ގުރައިދޫ ދާއިރާގެ ހުސައިން މަނިކު ދޮންމަނިކު ހުންނެވީ އިދިކޮޅު ކޯލިޝަނާ އެކު ކަމަށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު މިރޭ...

28 އެޕްރީލް

April 28, 2018 27
"އިންތިހާބު ކާމިޔާބުކުރާނީ ފަސްޓް ލޭޑީގެ މަސައްކަތުން"

ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެ ކަމަނާ އަށް ރޭ ވަރަށް ބޮޑަަށް ތައުރީފު ކުރައްވައިފި އެވެ.

12 މާޗް

March 12, 2018 12
ޕީޕީއެމަށް މެޖޯރިޓީ ލިބުނީ ބިލު ނެތުމުން: ސަލީމް

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕީޕީއެމަށް މެޖޯރިޓީ ލިބުނީ އެންޓި ޑިފެކްޝަން ބިލެއް ނެތުމުގެ ސަބަބުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2017 23
ރައީސް ޔާމީން އަމަލުކުރައްވަނީ އޯގާތެރިކޮށް: ސަލީމް

ރައީސް އަބްދުﷲ ޔާމީން، އެންމެންނާ މެދު ވެސް އަމަލުކުރައްވަނީ އޯގާތެރިކޮށް ކަމަށް ވިދާޅުވެ އެމަނިކުފާނަށް، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވެ ސަލީމް) މިއަދު ތައުރީފްކުރައްވައިފި އެވެ.

04 ޑިސެމްބަރ

December 04, 2017 2
ރެޑްވޭވްގެ 8ވަނަ ފިހާރަ އިލެކްޓްރޯނިކް ސާމާނަށް ހާއްސަ

މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑް ވޭވްގެ އަށް ވަނަ ފިހާރަ، އިލެކްޓްރޯނިކް ސާމާނު ވިއްކުމަށް ޚާއްސަކޮށް މިރޭ ހުޅުވައިފި އެވެ.

30 ނޮވެމްބަރ

November 30, 2017 13
ރެޑް ވޭވްގެ ހަތް ވަނަ ފިހާރަ މާފަންނުގައި ހުޅުވައިފި

މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑް ވޭވްގެ ހަތް ވަނަ ފިހާރަ މާފަންނުގައި މިރޭ ހުޅުވައިފި އެވެ.

29 އޯގަސްޓް

August 29, 2017 34
ހަސަދަވެރިވިއަސް ރައީސް ގެންނަ ތަރައްގީ ފެނޭ:ސަަލީމް

ބަޔަކު ހަސަދަވެރިވިއަސް ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެންނަވާ ތަރައްގީ މާލެ އާއި ރަށްރަށުން ފެންނަމުން އަންނަ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.

17 ޖުލައި

July 17, 2017 48
ރެޑްވޭވް ސަލީމްގެ ބަހުގެ ހަމަލާތަކެއް އޭޖީ އަނިލް އަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރުމުގެ ކުރިން، އެ މައްސަލައިގައި އޭދަފުށީގެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް...