22 ނޮވެމްބަރ

November 22, 2018 10
އެމްޑީއޭ ހިންގުމާ ސިޔާމް ހަވާލުވެވަޑައިގެންފި

އެމްޑީއޭ ހިންގުމާ، އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މިއަދު ހަވާލުވެވަޑައިގެންފި އެވެ.

21 ނޮވެމްބަރ

November 21, 2018 63
ސިޔާމަށް 127 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެއްގެ 127 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން ގެރެންޓީދީފައިވާ ކަން "މިހާރަ"ށް އެނގިއްޖެ އެވެ.

12 ނޮވެމްބަރ

November 12, 2018 4
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް

ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލައިގައި ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

24 އޮކްޓޯބަރ

October 24, 2018 35
ސަން ސިޔާމް ރިލްވާންގެ މަންމައާ ބައްދަލު ކުރައްވައިފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާއާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 22
ރައީސް ޔާމީނަށް ސިޔާމްގެ ތާއީދެއް ނެތް: އިބޫ

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވަން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ނިންމަވައިފި ކަމަށާއި އެހެންކަމުން ވީހާ ވެސް އަވަހަކަށް އޭނާ އިއްތިހާދާ ގުޅިވަޑައިގަތުމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2018 35
ސަން އޮންލައިނާއި ސަން ޓީވީ ހުއްޓާލަން ނިންމައިފި

ސަން މީޑިއާގެ ދަށުން ހިންގަމުން އަންނަ "ސަން އޮންލައިން" އާއި ސަން ޓީވީ" އަދި "ސަން އެފްއެމް" ވަގުތީ ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ. މީގެ ތެރެއިން ސަން އެފްއެެމް ވަނީ މިދިޔަ މޭ މަހުން ފެށިގެން ހުއްޓާލައިފަ އެވެ.

29 އޯގަސްޓް

August 29, 2018 14
ޖަމީލް ސިޔާމަށް: ފެތެމުންދާ އޮޑިން އަވަހަށް ސަލާމަތްވޭ

ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން "ފެތެމުންދާ އޮޑިއެއް" ކަމަށް ސިފަކުރައްވައި، އެ އޮޑިން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ސަލާމަތްކަން ހޯއްދަވައި އިދިކޮޅު ފަރާތްތަކާ...

August 29, 2018 29
ސިޔާމް، އެމްޑީއޭ ހިންގުމާ ދުރަށް! ކޮން ސަބަބެއް!

ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ވެސް ސަރުކާރު ދޫކުރައްވާ އިދިކޮޅު ކޯލިޝަނާ...

28 އޯގަސްޓް

August 28, 2018 45
ސިޔާމް ދުރަށްޖެހި، އެމްޑީއޭ ހިންގުން މައުރޫފަށް

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އެ ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގެން ޕާޓީ ހިންގުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ މިއަދު ހަވާލުކޮށްފި އެވެ.

26 އޯގަސްޓް

August 26, 2018 39
އެމްޑީއޭ އިން ގޮތެއް ނިންމުން ފަސްކޮށްފި

ހިޔާލު ތަފާތުވުން އުފެދިފައިވާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުން އެމްޑީއޭ އިން މިއަދު ފަސްކޮށްފި އެވެ.

25 އޯގަސްޓް

August 25, 2018 48
ކޯލިޝަނާ މެދު އެމްޑީއޭއިން މާދަމާ ގޮތެއް ނިންމަނީ

ވެރިކަންކުރާ ޕާޓީ، ޕީޕީއެމާ އެކު ހަދާފައިވާ ކޯލިޝަނާ މެދު މާދަމާ ރޭ ގޮތެއް ކަނޑައަޅަން އެމްޑީއޭ އިން ނިންމައިފި އެވެ.

15 އޯގަސްޓް

August 15, 2018 16
އެމްޑީއޭ އަދިވެސް އޮތީ އަޅުގަނޑުމެންނާ އެކު: ރައީސް

މި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށް،...

August 15, 2018 15
ސިޔާމް ބަނޑިދު އަށް ލިބުނު ގެއްލުންތައް ބައްލަވައިފި

ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ދ. ބަނޑިދު އަށް މިއަދު ވަޑައިގެންފި އެވެ.

07 އޯގަސްޓް

August 07, 2018 14
ސިޔާމާ ދެމެދު މައްސަލައެއް ނެތް: ޕީޕީއެމް

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

06 އޯގަސްޓް

August 06, 2018 99
ސިޔާމަކީ ރައީސްގެ ވަފާތެރި އެކުވެރިއެއް: ނިހާން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށް،...

August 06, 2018 73
ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަނީ؟!

މި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނާ ފެއަށް ޖެހިވަޑައިގެން އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ...

23 އެޕްރީލް

April 23, 2018 3
އަލުވިފުށީގައި ހަދާ ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަނީ

ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ހިއްސާ އޮންނަ ސަން ސިޔާމް ކުންފުނިން ދ. އަލުވިފުށީގައި ހަދާ 125 ވިލާގެ މަތީ ފެންވަރުގެ ރިސޯޓު އަންނަ އޮކްޓޯބަރު މަހު ހުޅުވަން ނިންމައިފި އެވެ.

04 ޖެނުއަރީ

January 04, 2018 48
ފަސްޓް ލޭޑީއަށް ސިޔާމް ކުރެއްވި ތައުރީފަށް ފާޑުކިއުން!

ރަސްމިއްޔާތުތަކުގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމަށް ތައުރީފް އޮއްސުމަކީ އާ ކަމެއް ނޫނެވެ. ހުޅުމާލޭގައި ބޭއްވި ޚިތާނީ ފެސްޓިވަލް ނިންމަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވެސް ފެނުނީ އެ މަންޒަރެވެ. ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ވަޑައިގެންނެވި، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ބެއްލެވީ އެހެން ބޭފުޅުންނަށް ވުރެން، މޮޅަށް އެކަން...

24 ޑިސެމްބަރ

December 24, 2017 18
ވައްކަން ކުރަން ރައީސް ވިދާޅުވެފައެއް ނެތް: ސިޔާމް

ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ވައްކަމެއް ކުރަން ރައީސް އަބްދުﷲ ޔާމީން ދުވަހަކު ވެސް އޭނާގެ އަރިހުގައި ވިދާޅުވެފައި ނުވާ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2017 25
ވޯޓު ހޯދަން ފައިސާ ނެގުމުގައި ވެސް ކޮރަޕްޝަނެއް ނެތް!

ރައްޔިތުންގެ މަޖިލީހުގައި 2008 ވަނަ އަހަރުން ފެށިގެން ނެގި ބައެއް ވޯޓުތަކަށް މަޖިލީހުގެ ބައެއް މެމްބަރުން މިލިއަނުން ފައިސާ ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވިދާޅުވި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެކަމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)...

24 އޮކްޓޯބަރ

October 24, 2017 48
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އެންޑް ޓުއާސް އިން އުވާލި މައްސަލާގައި ހިލްޓަނަށް 26 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ އަމުރު ރާއްޖޭގައި ތަންފީޒު ނުކުރެވި އެންމެފަހުން ސިންގަޕޫރުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އަޑުއެހުންތައް ފަށައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2017 18
މަޖިލީހުގެ ހާޒިރީން ފުލަށް ސިޔާމާއި ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވި ބޭފުޅުންގެ ގޮތުގައި މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ހިމެނިއްޖެ އެވެ.

11 ޖުލައި

July 11, 2017 131
ވޯޓަށް މެމްބަރުން މިލިއަނުން ފައިސާ ނެގި: ސިޔާމް

ރައްޔިތުންގެ މަޖިލީހުގައި 2008 ވަނަ އަހަރުން ފެށިގެން ނެގި ބައެއް ވޯޓުތަކަށް މަޖިލީހުގެ ބައެއް މެމްބަރުން މިލިއަނުން ފައިސާ ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށާއި މަޖިލީހުގައި މިހާރު ވެސް އޮތް އެ ހާލަތު ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.