06 އޮކްޓޯބަރ

October 06, 2019 17
ދެ ބިދޭސީން ޑީޕޯޓުކުރި މައްސަލަ މަޖިލިހުން ބަލަނީ

ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ރާއްޖޭގައި ވިޔަފާރި ކުރުމުގައި އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކުރި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ފާސްކޮށްފަ އެވެ.

22 ސެޕްޓެމްބަރ

September 22, 2019 11
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ

ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެއް ކަމަށް ވިދާޅުވެ، އެ ކަން ބަދަލު ކުރަން ގިނަ މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

02 ޖުލައި

July 02, 2019 25
ބާކައުންސިލް އިންތިހާބަށް އީސީއަށް އުސޫލެއް ނުހެދޭނެ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން ޖުލައި 13 ގައި ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމިއްލަ އުސޫލެއް ހަދާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

19 ޖޫން

June 19, 2019 24
ބިގަށް ފައިސާ ދޭން ލަފާ ދެއްވީ އުޝާމް: ރިފްއަތު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހިއްސާ އޮތް ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ފައިސާ ދޫކުރުމަށް މި ސަރުކާރަށް ލަފާ ދެއްވާފައި ނުވާނެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

13 ޖޫން

June 13, 2019 26
ކުރިން ގޯސްވި އުސޫލު މިހާރު ރަނގަޅު!؟

ރައްޔިތުންގެ މަޖިލިހުން ސަރުކާރު ހިންގަން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ޖޫން 29، 2010 ގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމަކީ ސިޔާސީ ގޮތުން ރާއްޖެ ދުށް އެންމެ ބޮޑު އެއް މައްސަލަ އެވެ. ރައީސް ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފިޔަވައި ހުރިހާ ވަޒީރުން އިސްތިއުފާ...

11 ޖޫން

June 11, 2019 19
ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ސުވާލު ކުރަނީ!

ވަޒީރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އެ މަޖިލިހަށް ފޮނުއްވުމުން އެ ބޭފުޅުންނާ ސުވާލު ކުރަންޖެހޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.

June 11, 2019 26
ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ: އުޝާމް

ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ...

June 11, 2019 14
މަޖިލީހުގެ ބާރަކަށް އަރައެއްނުގަނެވޭނެ: ނަޝީދު

ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތް އެއްވެސް ބާރަކަށް އެހެން ފަރާތަކަށް އަރައިނުގަނެވޭނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

21 މެއި

May 21, 2019 58
ޖީއެމްއާރުގެ މައްސަލައިގައި އުޝާމްގެ ސުވާލެއް ރިފްއަތަށް

އިންޑިއާގެ ޖީއެމްއާރު ކުންފުނިން ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވިތޯ ސާފުކޮށް ދެއްވަންޖެހޭ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

23 އެޕްރީލް

April 23, 2019 57
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!

ކޮންމެ ވެރިކަމެއް ބަދަލުވާ އިރަށް ކުރިން ސޮއިކޮށްފައި ހުންނަ އެއްބަސްވުންތައް އުވާލަނީ އެވެ. ބައެއް އެއްބަސްވުންތައް އުވާލާ އިރު ސަރުކާރުން ބުނެފައި އޮންނަނީ ދޭން ޖެހޭ ބަދަލެއް ދޭނެ ކަމަށެވެ. ފާއިތުވި 10 ވަރަކަށް އަހަރު ދައުލަތުން އެގޮތަށް ދޭން ޖެހުނު ފައިސާގެ އަދަދު ފަސް ބިލިޔަން ރުފިޔާއާ ގާތް ކުރެ އެވެ. އެކަމަކު މި މައްސަލައަށް...

20 އެޕްރީލް

April 20, 2019 23
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓުން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނުރަނގަޅު ކަންތައްތަކެއް އުޅޭކަން ފާހަގަކުރެވިގެން، ހުކުމް ކުރުމުގެ ކުރިން މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ސަމާލުކަމަށް...

17 އެޕްރީލް

April 17, 2019 9
އިންތިޚާބީ މެމްބަރު އުޝާމް ރައީސާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިޚާބީ މެމްބަރު އަހުމަދު އުޝާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

14 އެޕްރީލް

April 14, 2019 18
ވިލިމާލޭގެ އަޑު ސާފު، ތަފާތެއް ނުކުރާނަން: އުޝާމް

ސިޔާސީ ވަކި ލީޑަރެއް ނުވަތަ ވަކި ޕާޓީއެއްގެ ނުފޫޒުގެ ދަށުވާން ބޭނުން ނުވާ ކަން އިންތިޚާބުގައި ވިލިމާލޭގެ ރައްޔިތުން ސާފުކޮށްދީފައިވާ ކަމަށާއި ދާއިރާގެ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް އެ ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.

04 އެޕްރީލް

April 04, 2019 11
މިނިވަން ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހަދަނީ ދޮގު:އުޝާމް

އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުން ކަމަށް ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.

31 މާޗް

March 31, 2019 3
ޖަވާބުދާރީވާން ޖެހޭ ސިޔާސީ ލީޑަރެއް ނުހުންނާނެ: އުޝާމް

މަހުޖަނުންގެ ނުފޫޒު ދަށުވެގެން ރައްޔިތުންގެ މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެ ކަމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2019 6
ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކުރަންޖެހޭ: އުޝާމް

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާކުރުން ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2019 24
ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި: އުޝާމް

ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހްސާސްތައް ގާތުން އަޑުއަހާނެ ކަމަށާއި ރައްޔިތުންނަށް ނުފިއްލަވާނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2019 35
އުޝާމް ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަނީ

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

03 ޖެނުއަރީ

January 03, 2019 13
ޑެޕިއުޓީ އޭޖީގެ މަގާމުން އުޝާމް އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.