11 ޑިސެމްބަރ

December 11, 2019 84
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މަގްބަރާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ދުއާގައި އަތް ނަގާ ގޮތަށް، ދެ އަތްޕުޅު އުފުއްލަވައިގެން ހުންނެވި ފޮޓޯއާ ހެދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ދެމެދު ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2019 7
ޓެކްސް ދައްކަނީ ބަދަލަށް ފައިސާ ދޭކަށް ނޫން:އާޒިމް

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި އޮތީ ރައްޔިތުންގެ އަތުން ނަގާ ޓެކުހަށް ކަމަށާއި ޓެކްސް ރައްޔިތުން ދައްކަނީ އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ބޭނުންވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2019 17
ޚިޔާނާތުގައި ބައިވެރިވި ވަޒީރުން ދުރަށް ދާންޖެހޭ:އާޒިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ ވަޒީރުން މަގާމުން ދުރަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

15 ސެޕްޓެމްބަރ

September 15, 2019 35
ޓެރަރިޒަމް ބިލާ މެދު އެމްޑީޕީ މެމްބަރުންގެ ވެސް ސުވާލު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އަސާސީ ބައެއް ހައްގުތައް ހަނިވާތީ އެކަމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރަން އެދިފައިވާނެ ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އެމްޑީޕީގެ އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

12 އޯގަސްޓް

August 12, 2019 102
ދައުލަތުން ބަދަލުހޯދުމަކީ އެންމެ ހިނގާ ވައްކަން:އާޒިމް

ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

03 އޯގަސްޓް

August 03, 2019 130
ރަށްވެހިކަން ލިބޭ ފުރިހަމަ ގާނޫނެއް ބޭނުންވޭ: އާޒިމް

ރާއްޖޭގެ ރަށްވެހިކަން ބޭރުގެ މީހުންނަށް ލިބޭނެ ފުރިހަމަ ގާނޫނެއް އޮތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ސިޓިޒެންޝިޕް ގާނޫނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 27
މިއުޅެނީ ވަކިބަޔަކަށް ފަނޑިޔާރުކަން ދޭކަށްނޫން: އާޒިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ވަކި ބަޔަކަށް ފަނޑިޔާރުކަން ދޭން ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2019 20
އެމްޑީޕީ ޕީޖީ ލީޑަރަކީ އާޒިމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވާދަކުރެއްވި ހަމައެކަނި މެމްބަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ މަގާމަށް ހޮވަން ފެންނަ ކަމަށް އެ ޕާޓީގެ މެމްބަރުން ވޯޓް ދެއްވައިފި އެވެ.

30 ޖޫން

June 30, 2019 14
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

23 މެއި

May 23, 2019 25
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ހޯމަ ދުވަހު ވޯޓު ނަގަން ނިންމައިފި އެވެ.

16 މެއި

May 16, 2019 13
65 މެމްބަރުން ގޮވައިގެން އުޅެން އުނދަގޫވާނެ: އާޒިމް

މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާއިރު، އެ ހުރިހާ ބޭފުޅުން ގޮވައިގެން އުޅުމަކީ އެ ޕާޓީ އަށް އަދި މަޖިލިހުގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

15 މެއި

May 15, 2019 45
އާޒިމް: ސައި ތައްޓެއް ވެސް ވެއްދޭނީ ގަވައިދުން

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފަހަކަށް އައިސް އޭނާ ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ވެސް މި ވާހަކަ ފާހަގަކުރެއްވި އެވެ. މަޖިލިސް ހިންގަން އަދިވެސް ވަގުތީ ގަވައިދަކަށް އަމަލްކުރަމުން ދިއުމެވެ.

21 އެޕްރީލް

April 21, 2019 23
ލީޑަޝިޕުން ވަކި ބަޔަކަށް ތާއީދުކުރާތީ ގަފޫރު ކަންބޮޑުވޭ

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ގެންނަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވަކި ބަޔަކަށް ތާއީދު ކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސަ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.

18 އެޕްރީލް

April 18, 2019 151
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ބޮޑު ބަހުސަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އޮތް ބަހުސެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނަގާ އެ ވޯޓުން ކާމިޔާބު ހޯއްދަވާ...

17 އެޕްރީލް

April 17, 2019 92
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް

ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވާހަކައާ...

April 17, 2019 26
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

15 އެޕްރީލް

April 15, 2019 28
"މިހާރު ހުރި ކޮމިޝަންތައް ވަރުގަދަކުރުން މާ ރަނގަޅު"

އިތުރު ކޮމިޝަންތައް އުފައްދައި އެކަމުގެ ސަބަބުން ސަރުކާރުގެ މަތި ބަރުކުރުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު...

April 15, 2019 25
ޝަރީފާއި އާޒިމް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު...

27 ފެބުރުއަރީ

February 27, 2019 13
ރޮޒެއިނާ ކޮމިޓީން ވަކިވުމުން މުގައްރިރަކަށް ރިޔާޒް

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މުގައްރިރު، ރޮޒައިނާ އާދަމް އެ ކޮމެޓީން ނަން ނެގުމުން އެ ކޮމެޓީގެ އާ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު އިންތިޚާބުކޮށްފި އެވެ.

19 މާޗް

March 19, 2018 3
މެމްބަރު އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖަހައިފި

މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ނުވަ ދުވަސް ޖަހައިފި އެވެ.

21 ޖުލައި

July 21, 2017 14
މެމްބަރު އާޒިމާއި އަލީ ޒާހިރު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގެ ތެރެއިން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު މިރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

05 ޖުލައި

July 05, 2017 10
އެމްޑީޕީގެ ޕީޖީ ޑެޕިއުޓީންނަށް ރޮޒައިނާ އާއި އާޒިމް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ ދެ މަގާމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިޚާބުވެއްޖެ އެވެ.