13 ނޮވެމްބަރ

November 13, 2019 7
ޓެކްސް ދައްކަނީ ބަދަލަށް ފައިސާ ދޭކަށް ނޫން:އާޒިމް

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި އޮތީ ރައްޔިތުންގެ އަތުން ނަގާ ޓެކުހަށް ކަމަށާއި ޓެކްސް ރައްޔިތުން ދައްކަނީ އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ބޭނުންވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2019 57
މަޖިލިސް ކްލާސްރޫމަކަށް! އެއީ ބޮޑު މަައްސަލައެއްތަ؟

މިދިއަ ދެތިން ދުވަހު ރައްޔިތުންގެ މަޖިލިހުން ފެނުނު މަންޒަރުތައް ބައެއް މީހުންނަށް މަޖާވިޔަސް، އަނެއް ބަޔަކު ދުށީ އެއީ ދައުލަތުގެ އެފަދަ މުއައްސަސާއެއްގެ މެމްބަރުން އުޅެން ޖެހޭ ގޮތް ނޫން ކަމަށެވެ. މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ދޭ ބައެއް އަދަބުތައް ވެސް، ބައެއް މެމްބަރުންނަށް އަމާޒުވި އެވެ....

30 އޮކްޓޯބަރ

October 30, 2019 52
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު ނުވަތަ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ގޮތެއް ނުނިމި އޮންނަތާ ހަފްތާއެއް ވީ އެވެ. އެކަމުގައި ގިނަ ބަޔަކު ކުރަމުން އަންނަ އެއް ސުވާލަކީ ގޮތެއް ނުނިންމާ ލަސްކުރަނީ ކީއްވެތޯ އެވެ؟

23 އޮކްޓޯބަރ

October 23, 2019 17
ޚިޔާނާތުގައި ބައިވެރިވި ވަޒީރުން ދުރަށް ދާންޖެހޭ:އާޒިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ ވަޒީރުން މަގާމުން ދުރަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

21 އޮކްޓޯބަރ

October 21, 2019 28
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް

މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

October 21, 2019 55
މަޖިލީހުން ބިރުދައްކަން އުޅޭނެ ކަމެއް ނެތް: ޝަހީމް

ރައްޔިތުންގެ މަޖިލީހުން މީހުންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން...

October 21, 2019 91
ދާޚިލީ ކަންކަމަށް ފާޑުވިދާޅުވާތީ ޝަހީމްގެ މައްސަލައެއް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ...

09 އޮކްޓޯބަރ

October 09, 2019 37
އެމްޑީއެންއާ ގުޅޭ ދެ ވަނަ ކުއްލި މައްސަލަ ބަލައިނުގަތް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާތީ އެ ޖަމިއްޔާގައި މެމްބަރުންގެ ގޮތުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2019 10
ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން އެދިއްޖެ

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލިހުގެ އިދާރާގައި އެދިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

03 ސެޕްޓެމްބަރ

September 03, 2019 34
ހަސަން ކޯޓުގައި އިންނެވުމަށް ލަދުގަންނަން ޖެހޭ: އާޒިމް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ދެރަވެ، ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2019 20
އެމްޑީޕީ ޕީޖީ ލީޑަރަކީ އާޒިމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވާދަކުރެއްވި ހަމައެކަނި މެމްބަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ މަގާމަށް ހޮވަން ފެންނަ ކަމަށް އެ ޕާޓީގެ މެމްބަރުން ވޯޓް ދެއްވައިފި އެވެ.

30 ޖޫން

June 30, 2019 14
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

30 މެއި

May 30, 2019 73
ފެށުން ތަފާތު، އާ މަޖިލީހާ މެދު އުއްމީދު ބޮޑު

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ނިޒާމީ މައްސަލައެއް ނަންގަވައި ޝަކުވާ ކުރެއްވި އެވެ. ހުސް ވަގުތު ކޮޅެއް ނުދެއްވައި، ރިޔާސަތުން ފޯރީގައި ޖަލްސާ ކުރިއަށް ގެންދެވުމުންނެވެ. މެމްބަރު ހިތްހަމަޖެހިވަޑައިނުގަތީ މީގެ ކުރިން މަޖިލީހުގައި އަމަލުކުރަމުންދާ އުސޫލާ ޚިލާފުވެވަޑައިގަތުމުންނެވެ. ދެ ގަޑި އިރު ބަހުސް މާ...

29 މެއި

May 29, 2019 98
ނަޝީދު ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާތީ ޝަކުވާ!

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ޝަކުވާ ކުރައްވައިފި އެވެ.

23 މެއި

May 23, 2019 25
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ހޯމަ ދުވަހު ވޯޓު ނަގަން ނިންމައިފި އެވެ.

16 މެއި

May 16, 2019 13
65 މެމްބަރުން ގޮވައިގެން އުޅެން އުނދަގޫވާނެ: އާޒިމް

މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާއިރު، އެ ހުރިހާ ބޭފުޅުން ގޮވައިގެން އުޅުމަކީ އެ ޕާޓީ އަށް އަދި މަޖިލިހުގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

15 މެއި

May 15, 2019 45
އާޒިމް: ސައި ތައްޓެއް ވެސް ވެއްދޭނީ ގަވައިދުން

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފަހަކަށް އައިސް އޭނާ ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ވެސް މި ވާހަކަ ފާހަގަކުރެއްވި އެވެ. މަޖިލިސް ހިންގަން އަދިވެސް ވަގުތީ ގަވައިދަކަށް އަމަލްކުރަމުން ދިއުމެވެ.

21 އެޕްރީލް

April 21, 2019 23
ލީޑަޝިޕުން ވަކި ބަޔަކަށް ތާއީދުކުރާތީ ގަފޫރު ކަންބޮޑުވޭ

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ގެންނަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވަކި ބަޔަކަށް ތާއީދު ކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސަ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.

18 އެޕްރީލް

April 18, 2019 151
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ބޮޑު ބަހުސަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އޮތް ބަހުސެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނަގާ އެ ވޯޓުން ކާމިޔާބު ހޯއްދަވާ...

17 އެޕްރީލް

April 17, 2019 92
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް

ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވާހަކައާ...

April 17, 2019 26
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

15 އެޕްރީލް

April 15, 2019 28
"މިހާރު ހުރި ކޮމިޝަންތައް ވަރުގަދަކުރުން މާ ރަނގަޅު"

އިތުރު ކޮމިޝަންތައް އުފައްދައި އެކަމުގެ ސަބަބުން ސަރުކާރުގެ މަތި ބަރުކުރުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު...

April 15, 2019 25
ޝަރީފާއި އާޒިމް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު...

27 ފެބުރުއަރީ

February 27, 2019 13
ރޮޒެއިނާ ކޮމިޓީން ވަކިވުމުން މުގައްރިރަކަށް ރިޔާޒް

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މުގައްރިރު، ރޮޒައިނާ އާދަމް އެ ކޮމެޓީން ނަން ނެގުމުން އެ ކޮމެޓީގެ އާ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު އިންތިޚާބުކޮށްފި އެވެ.