10 އޯގަސްޓް

August 10, 2020 21
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހު ކުރީކޮޅު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ނަމުގައި ބަޔާންތައް ނެރެ ވާހަކަ ދައްކަމުން އަންނަ ބައެއް ވަކީލުންގެ ސުލޫކީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

02 އޯގަސްޓް

August 02, 2020 16
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް ކަމަށާއި މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2020 9
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެ އެވެ.

21 ޖުލައި

July 21, 2020 5
ރިޒްގެ ބިދޭސީން އަދިވެސް ބޮޑުފިނޮޅުގައި

ބ. ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުވެގެން ތިބި ރިޒް ކުންފުނިން އެ ރަށަށް މަސައްކަތު ގެންގޮސްފައި ތިބި ބިދޭސީންނާ ހަވާލުވެ، އެ މީހުން އެ ރަށުން ބޭލުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ އެ ކުންފުނިން ހިލާފްވެއްޖެ އެވެ.

16 ޖުލައި

July 16, 2020 36
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ މީހުން ބާލައި އެ މީހުންގެ މުދާތައް ވަގުތުން ގެންދިއުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އެ ކުންފުނިން...

15 ޖުލައި

July 15, 2020 4
ރިޒުން ބޮޑުފިނޮޅަށް އެރުވި މީހުން ބާލަން އަމުރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް މިރޭ ބ....

13 ޖުލައި

July 13, 2020 17
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

12 ޖުލައި

July 12, 2020 57
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!

ރިސޯޓެއްގެ ގޮތުގައި ބ. ބޮޑުފިނޮޅު ތަރައްގީކުރުމުގެ މަސައްކަތަށް އެ ރަށަށް ގެންދިޔަ ބިދޭސީންނާ ހަވާލުވާން ކުރިން އިންކާރު ކުރުމަށް ފަހު، އެ ތަނުގައި ތިބީ އެ ކުންފުނީގެ އެންމެ 14 މުވައްޒަފުން ކަމަށް ރިޒް ކުންފުނިން މިއަދު ބުނެފި އެވެ.

10 ޖުލައި

July 10, 2020 62
ބިދޭސީން ބޮޑުފިނޮޅަށް ދޫކޮށްލައި ރިޒުން ފައިބައިފި!

އެތައް މަހަކު މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހަމަނުޖެހުން ހިންގި ބިދޭސީން އެންމެ ފަހުން އެ ރަށަށް ދޫކޮށްލައި އެ މީހުންގެ އެމްޕްލޯޔަރު، ރިޒް ކުންފުނިން އެ ރަށުން ފައިބައިފި އެވެ. އޭގެތެރޭގައި، ވަރަށް ބަލި، ވަގުތުން ފަރުވާ ބޭނުންވާ ތިން ބިދޭސީއަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

08 ޖުލައި

July 08, 2020 20
ބޮޑުފިނޮޅުގެ ބިދޭސީންނާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް!

އެތައް މަހަކު މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީން ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލުމުން ހައްޔަރުކުރި 19 ބިދޭސީންނަށް މުއްދަތު މަޖިލީހުގައި ތަރުޖަމާނެއް ހަަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

06 ޖުލައި

July 06, 2020 13
މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުހަށް ހާޒިރުކޮށްފި

ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް...

July 06, 2020 7
ބޮޑުފިނޮޅުގެ މައްސަލައިގައި 5 އިދާރާއެއް ހާޒިރުކުރަނީ

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުދީ، ހިއުމަން ޓްރެފިކިން އަށް ފެތޭ ގޮތަށް އެ މީހުން ލައްވައި ރިޒް ކުންފުނިން މަސައްކަތް ކުރުވި ކަމުގެ ތުހުމަތާ ގުޅިގެން،...

05 ޖުލައި

July 05, 2020 46
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!

ސައްހަ ޑޮކިއުމެންޓެއް ނެތް ބިދޭސީންތަކެއް ލައްވައި، ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި، އެތައް މަހެއް ވަންދެން މުސާރަ ނުދިނުމާއި، އެތަނުން އެމީހުން ފޭބިޔަނުދީ ގެންގުޅުމަކީ...

July 05, 2020 39
ރިޒާގެ އެކައުންޓު ފްރީޒްކުރޭ، މުސާރަ ދީ: ނަވާނަވައި

ރިސޯޓެެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު...

04 ޖުލައި

July 04, 2020 81
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ

ބ. އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގިއިރު އޭގެ ތެރެއިން ގިނަ ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިއަދު ބުނެފި އެވެ.

July 04, 2020 21
ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ ބަންދަށް 15ދުވަސް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން...

July 04, 2020 55
މުސާރަ ނުދޭކަން ސަރުކާރަށް އެނގޭ، ހައްލުނުވީ ކީއްވެ؟

ބ. އަތޮޅު ބޮޑު ފިނޮޅުގައި 13 ދިވެއްސަކު ރަހީނުކޮށް ފުލުހުންނަށް ހަމަލާދިން ބަންގްލަދޭޝް މަސައްކަތު މީހުންނަށް މުސާރަ ނުދީ ހުރިކަން ސަރުކާރަށް ކުރިން އޮތީ އެނގިފަ އެވެ. އަދި އެކަމާ...

03 ޖުލައި

July 03, 2020 20
ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީއަކު ހައްޔަރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީން މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

July 03, 2020 49
ބޮޑުފިނޮޅުގެ މައްސަލަ ރިޒުން ކަނޑާލީ ސީލްގެ ބޮލަށް!

ބ. އަތޮޅުގައި ރިސޯޓަކަށް ހަދަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހާނެތިކޮށް ކުރަމުން ދިޔަ ހުރިހާ ކަމެއް، އެ ރިސޯޓް ތަރައްގީކުރާ ސީލް މޯލްޑިވްސްގެ ބޮލަށް،...

July 03, 2020 93
ރިޒާ ވިދާޅުވަނީ މުސާރަ ނުދެވުނީ ފައިސާ ނުލިބޭތީ ކަމަށް

ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓު ހަދާ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވެ، ބޮޑު ހަޅުތާލަކަށް އެ ބިދޭސީން މިހާރު ނުކުމެފައިވާއިރު، މުސާރަ ދެވޭ ގޮތް ނުވީ، ލިބެންޖެހޭ ފައިސާ ނުލިބޭތީ...

02 ޖުލައި

July 02, 2020 182
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ކުރަމުންދާ ހަޅުތާލު ހޫނުވެ، އެ ރަށަށް އަރަން ދިޔަ ފުލުހުންނަށް އެ ރަށަށް އެރޭ ގޮތް...

July 02, 2020 39
ހަ މަހުގެ މުސާރަ ނުދިނުމުން ހަމަނުޖެހުން ހިންގައިފި

ބ. ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ފުލުހުންނާ ދެމެދު މިއަދު ކުރިމަތިލުން ހިނގައި ބައެއް މީހުންނަށާއި...