08 ސެޕްޓެމްބަރ

September 08, 2020 70
ގާސިމްގެ މިލްކިއްޔާތުގަ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ!

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް އަރާއިރު، މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.

15 ޖޫން

June 15, 2020 60
ވެންޓިލޭޓަރުގައި އޮވެގެން ވެސް ބޭނުންވަނީ ލީޑަރުކަން!

ވެންޓިލޭޓަރަަށް ލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ލީޑަރުކަން ކުރައްވަން ބޭނުންވެވަޑައިގަންނަވާ ބޭފުޅުން އެބަތިއްބެވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ފާޑުވިދާވެއްޖެ އެވެ.

09 ޖޫން

June 09, 2020 29
"ޖޭޕީން މަޖިލިސް ބޮއިކޮޓް ކޮށްފައިވާ ކަމަށް ބެލެވޭ"

އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް އެކަމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމުގެ ތުހުމަތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރައްވައިފި އެވެ.

10 ފެބުރުއަރީ

February 10, 2020 51
މަޖިލީހުގައި ޒަހާ ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްވި ޖަވާބާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްޕުޅުހަޖެހިވަޑައިނުގެންފި އެވެ.

04 ޑިސެމްބަރ

December 04, 2019 23
އިންކަމް ޓެކްސް ނަގަން ގާސިމްގެ ވޯޓެއް ނުލިބުނު!

ސަރުކާރުން ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އިތުރު ދެ މެމްބަރަކު މިއަދު ވޯޓު ދެއްވައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 74
ބަރުލަމާނީގެ ވާހަކަ އެބަދައްކާ، އެއީ ގޯހެއް: ގާސިމް

ރާއްޖޭގައި ވެރިކަން ކުރުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ ދައްކާ ކަމަށާއި އެއީ ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2019 48
"ސޭޓު" ކިޔާތީ ގާސިމް ނުރުހުން ފާޅުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން "ސޭޓު" ގެ ނަމުން ގޮވާތީ ގާސިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

23 އޮކްޓޯބަރ

October 23, 2019 15
ގާސިމް ޖެއްސެވީ މަޖަލަކަށް، މާފުކޮށްފިން: ޝަރީފް

އިއްޔެ ރައްޔިތުންގެ މަޖިލިހުގައި ހިނގީ މާރާމާރީއެއް ނޫން ކަމަށާއި ބޮލަށް އެނބުރުންއެރީ ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، މަޖަލަކަށް ޖެއްސެވުމުން ކަމަށް، އޭޑީކޭއިން ފަރުވާ ހޯއްދެއްވި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު ވިދާޅުވެއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2019 40
ގާސިމް "ދިއްކޮށްލި" އަތުން ޖެހި ޝަރީފަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަތުން ޖެހި، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

16 އޮކްޓޯބަރ

October 16, 2019 6
އިދިކޮޅު ލީޑަރުންނަށް އަމާޒުވި އިސްލާހު ބާތިލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ސިޔާސީ ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން، ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިއަ އަހަރު ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބާތިލްކުރަން މިއަދު ފާސްކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2019 60
"އާމްދަނީ ލިބޭ އެންމެންގެ އަތުން ޓެކްސް ނަގަންޖެހޭނެ"

އާމްދަނީ ލިބޭ އެންމެންގެ އަތުން ތަފާތު ކުރުމެއް ނެތި އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2019 51
ގާނޫނު ބަދަލުކޮށް މީހުން ވަކިކުރާކަށް ނޭދެން: ގާސިމް

ގާނޫނުތައް ބަދަލުކޮށްގެން މީހުންގެ ވަޒީފާ ގެއްލިގެންދާ ގޮތަށް ކަންކަން ކުރުމަކީ އުސޫލެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު...

September 04, 2019 74
ރިޕޯޓު ހެދީ ފުލުހުން ދިން އެއްޗަކުން: ގާސިމް

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ރިޕޯޓު އެކުލަވާލީ ފުލުހުން ދިން މައުލޫމާތަށް ބިނާކޮށް ކަމަށާއި އެ މީހުންނަށް ފާޑު...

28 އޯގަސްޓް

August 28, 2019 35
ޑީޑީ ވަކިކުރަން ވަކި ގޮތަކަށް ވޯޓު ނުދެއްވީ ގާސިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރަން ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަކި ގޮތަކަށް މިއަދު ވޯޓެއް ނުދެއްވަ އެވެ.

06 އޯގަސްޓް

August 06, 2019 56
ސާވިސް ޗާޖަށް 10 ޕަސަންޓް ދޭން ދެކޮޅެއް ނޫން:ގާސިމް

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި އެންމެ މަދުވެގެން 10 ޕަސަންޓު ދިނުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވިލާގެ ރިސޯޓުތަކުގެ އިސްވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 88
އިންޑިއާ-ރާއްޖެ އެއްބަސްވުން ހަދަން ހެޔޮނުވާނެ: ގާސިމް

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުން ގާއިމުކުރަން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

03 ޖޫން

June 03, 2019 15
ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅެއް ކަނޑައަޅައިިފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ނަމަ، މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅަކު މިއަދު ކަނޑައަޅައިފި އެވެ.

26 މެއި

May 26, 2019 23
މަޖިލިސް މިހާރު އޮތީ ހާމަކަން ބޮޑު ގޮތަކަށް: ގާސިމް

ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށާއި ހިންގުމަށް ވެއިތުވެދިޔަ ހަ މަސް ދުވަހު ގެންނެވި ބަދަލުތަކުގެ ސަބަބުން މަޖިލިހުގެ ކަންކަން އޮތީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތަށް ކަމަށް މަޖިލިހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

29 އެޕްރީލް

April 29, 2019 14
ގާސިމްގެ ނަސޭހަތް، މާޒީން އިބުރަތް ހޯއްދަވާ!

އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް މާޒީން އިބުރަތް ހާސިލްކޮށް، ކުރިއަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމް މިއަދު އެދިވަޑައިގެންފި އެވެ.

April 29, 2019 29
މަޖިލިހުގެ މަސައްކަަތަށް ގާސިމް ދެއްވީ 94 ޕަސެންޓް

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ނިމުނުއިރު ހާސިލް ކުރެވުނީ 94 ޕަސެންޓް މަސައްކަތް ކަމަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

April 29, 2019 23
މަޖިލިހުގެ މާހެފުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އަށް މަރުހަބާ ކިޔަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މާހެފުން ޝަރަފުވެރި ކޮށްދެއްވައި އެ މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް...

25 އެޕްރީލް

April 25, 2019 126
އިލްހާމާއި ލަތީފްގެ ބަހުގެ ހަމަލަތައް ސަރުކާރަށް!

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2019 4
ވޯޓުތައް ބާތިލްކުރި މައްސަލައިގައި އަދި ފިޔަވަޅެއް ނާޅާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ފޮއްޓަކަށް ލާފައިވާ ގިނަ އަދަދެއްގެ ސައްހަ ވޯޓުތަކެއް ބާތިލްކުރި މައްސަލައިގައި އޮފިޝަލުންނާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އަދި އަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.