19 ފެބުރުއަރީ

February 19, 2017 167
އެކަންޏެއް ނުވާނެ، ފަހަތުގައި އެތައް ބައެއް: އުމަރު

ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 2،472 ވޯޓާ އެކު އުމަރަށް ނާކާމިޔާބުވި އެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގަައި ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި އަނެއްކާ ވެސް ފެއިލް ވުމުން އުމަރު ނަސީރަކީ ހުސް ވާހަކަތަކެއް ދައްކަވާ ބޭފުޅެއްގެ ގޮތުގައި އެތައް ބަޔަކު ދެކެ އެވެ.

07 ފެބުރުއަރީ

February 07, 2017 15
އެއާޕޯޓް ނެގުން ހުއްޓުވުމުން ނުރައްކާވެދާނެ: ދައުލަތް

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގި ވިލާ ކުންފުނި ދައުލަތަށް ނެގުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރަކީ އެއާޕޯޓް ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދައުލަތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.

01 ފެބުރުއަރީ

February 01, 2017 3
ކާޑެއްދޫ އެއާޕޯޓް އަތުލުން ހުއްޓުވުމުން އިސްތިއުނާފަށް

ގދ. ކާޑެއްދޫ އެއާޕޯޓް، ވިލާ ކުންފުނި އަތުން ނެގުން މަޑުޖައްސައިލަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

February 01, 2017 5
ކާޑެއްދޫ އެއާޕޯޓް އަތުލުން މަޑުޖައްސާލަން އަމުރުކޮށްފި

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ އަށް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް...

30 ޖެނުއަރީ

January 30, 2017 7
ޑަބްލިއުއަށް 16 މިލިއަން ޑޮލަރު ދޭކަށް ނުޖެހޭނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) ކުންފުންޏަށް ދައުލަތުން ދައްކަން ޖެހިފައިވާ 16.9 މިލިއަން ޑޮލަރު (206 މިލިއަން ރުފިޔާ) އަކީ ދޭންޖެހޭ އެއްޗެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2017 82
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި...

19 ޖެނުއަރީ

January 19, 2017 58
އެއާޕޯޓް ނެގީ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށް

ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލީ، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

18 ޖެނުއަރީ

January 18, 2017 51
ކާޑެއްދޫ އެއާޕޯޓް ނަގައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލައި އެ ކުންފުނިން ހިންގާ އދ. މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފި އެވެ.

15 ޖެނުއަރީ

January 15, 2017 21
ގާސިމްގެ އަތުން ބޭނުންވަނީ ލޯނެއް: ދޯނީގެ ވެރިފަރާތް

ހޮރައިޒަން ފިޝަރީޒްގެ ބޮޑު ކެރޭނެއް ވެއްޓި ކަންނެލި ދޯނި ބިނދުމުން ހޮރައިޒަންގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމާ ބައްދަލުކުރީ، ދޯނި މަރާމާތުކުރަން ލޯނެއް ހޯދަން ކަމަށް، ދޯނީގެ ވެރިފަރާތުން މިއަދު ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2017 7
ކެރޭނު ވެއްޓުނު ދޯނީގެ މީހުން ގާސިމާ ބައްދަލު ކުރަނީ

ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގެ މައްޗަށް ހޮރައިޒަން ފިޝަރީޒްގެ ބޮޑު ކެރޭނެއް ވެއްޓި ދޯނި ބިންދައިގެން ދިޔުމުން އުޅަނދު މަރާމާތު ކުރުމަށް އެ ކުންފުނީގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އެހީ ހޯދަން ނިންމައިފި އެވެ.

29 ނޮވެމްބަރ

November 29, 2016 22
ބޮލިދުއްފަރު، ވާވެއްދިފަޅު ނެގީ ރަނގަޅަށް: ހައި ކޯޓު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އަށް ދޫކުރި ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދިފަޅު ސަރުކާރުން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2016 62
މައުމޫން ވިދާޅުވަނީ ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށް

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޯޅުމުގައި އެއް ކަމެއް މިއޮތީ ސާފުކޮށް ފެންނާށެވެ؛ ސިޔާސީ މިސްރާބަކަށް "އެއް އޮޑިއެއްގައި" ދެބެއިން، ދެން ދަތުރުފުޅެއް ނުކުރައްވާނެ އެވެ. އެއީ މިހާރު މި ގައުމުގެ ސިޔާސީ މަސްރަހުން ވެސް އެންމެ ޔަގީންކަން ބޮޑު އެއް ކަންތަކެވެ. ދެ...

09 ނޮވެމްބަރ

November 09, 2016 18
މަސީހު ވަކިކުރަން މަސައްކަތެއް ނުކުރަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ވަކިކުރަން ޖުމްހޫރީ ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2016 48
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން

ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2016 5
ޖޭޕީގެ ޑެޕިއުޓީ ލީޑަރަކަށް ރިޔާޒް އިންތިހާބުކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިންތިހާބުކޮށްފި އެވެ.

04 ނޮވެމްބަރ

November 04, 2016 18
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން އަނެއްކާ ވެސް ފަށްޓަވާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏަކުން ހިންގާ ގދ. ކާޑެއްދޫ އެއާޕޯޓުގެ އިންސްޕެކްޝަނެއް ސަރުކާރުން މިއަދު ހަދައިފި އެވެ.

03 ނޮވެމްބަރ

November 03, 2016 24
"ގާސިމްގެ މުދަލަށް އަރައިގަންނަނީ ކޯޓު މެދުވެރިކޮށް"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް، ގާސިމްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސަރުކާރަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2016 25
ގާސިމަށް ފިއްތުން އެބަ ކުރިމަތިކުރޭ: މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

01 ނޮވެމްބަރ

November 01, 2016 32
ރަނގަޅު ކުރަން އެތައް ކަމެއް އެބަހުރި، ކާމިޔާބުވާނެ

ގައުމުގެ ކަންކަން ހަމައަށް އެޅުވުމަށްޓަކައި ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެކުގައި މަސައްކަތްކޮށްގެން ކާމިޔާބުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

November 01, 2016 71
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ...

November 01, 2016 26
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު...

30 އޮކްޓޯބަރ

October 30, 2016 57
ޖޭޕީއާއެކު މިފެށުނީ ވަރަށް މުހިންމު ކަމެއް: މައުމޫން

ޖުމްހޫރީ ޕާޓީއާއެކު މިއަދު މި ފެށުނީ ވަރަށް މުހިންމު ކަމެއް ކަމަށާއި ދެ ޕާޓީ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު...

October 30, 2016 105
ޖޭޕީއާ ވާހަކަ ދެއްކީ ޑިމޮކްރަސީ އިޔާދަކުރަން: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވައިފި. މައުމޫނާއި ގާސިމް ވެސް ވިދާޅުވީ...

28 އޮކްޓޯބަރ

October 28, 2016 61
2018 ގައި ވާދަކުރަން ތިބީ ކޮން ބައެއް؟

ގާނޫނުއަސާސީ ބުނާ ގޮތުން ނަމަ، 2018ގެ ޖޫން މަހާއި އޮކްޓޫބަރު މަހާ ދެމެދު ރިއާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން ޖެހެ އެވެ. އެއީ ނޮވެމްބަރު 11، 2018 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނޭ ރައީސަކު އިންތިހާބު ކުރުމަށެވެ. އެހެންކަމުން އަންނަ ރިއާސީ އިންތިހާބުގައި ވޯޓު ލުމާ ދެމެދު ބާކީ އޮތީ އެއް އަހަރާއި ހަތް...