01 ޖުލައި

July 01, 2020 34
މާލެއަކީ ދަންތުރައެއް، އަތޮޅުތައް ތަރައްގީކުރޭ: ބޮންޑޭ

މާލޭގެ ގިނަ ސަރަހައްދުތަކުން ވީލްޗެއާއެއް ނުވަތަ ސަންދޯކެއް ވެސް ނުގެންދެވޭ ކަމަށާއި މާލެއަކީ ދަންތުރައެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

09 ޖޫން

June 09, 2020 80
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ފަހު ދުވަހު (ފެބްރުއަރީ 8، 2012)، މާލޭގައި އެމްޑީޕީން ކުރި ބޮޑު މުޒާހަރާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި މަންޒަރު ދައްކައިދޭ ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައްކައިފި އެވެ.

28 ފެބުރުއަރީ

February 28, 2020 73
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގޮވައިލައްވަމުން ގެންދަވާތީ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ)...

09 އޮކްޓޯބަރ

October 09, 2019 157
"ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި!

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ގޯތި ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މާލެ އާއި ރާއްޖެތެރޭގެ ބަހުސް މަޖިލިހުގެ ތަޅުމަށް ވަދެ، އެ ޕާޓީގެ މެމްބަރުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.