31 އޯގަސްޓް

August 31, 2018 13
ބޭބެއަށް އަނިޔާވެރިވާ މީހަކު އޯގާތެރިއެއް ނުވާނެ:އިންތި

އަމިއްލަ ބޭބެއަށް އަނިޔާވެރިވާ މީހަކު ރައްޔިތުން ދެކެ ލޯބިނުވާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީނަށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2018 8
އީސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރަން އެދެފި

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަމާ ގުޅޭ ޝަކުވާތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށް ދިނުމަށް އެ ކޮމެޓީގައި އިދިކޮޅު ފަރާތްތަކުން އެދިއްޖެ އެވެ.

07 އޯގަސްޓް

August 07, 2018 8
"ބާއްވަން މި އުޅެނީ އިންތިޚާބެއް ނޫން، އިންގިލާބެއް"

އަންނަ މަހުގެ 23 ގައި ބާއްވަން އުޅެނީ ރިޔާސީ އިންތިޚާބެއް ނޫން ކަމަށާއި އެކަމަކު އެއީ ރައްޔިތުން ގެންނަ "އިންގިލާބެއް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.

22 ޖޫން

June 22, 2018 5
ހައްޔަރުކުރި އެމްޑީޕީގެ އިސް ބޭފުޅުން ދޫކޮށްލައިފި

އެމްޑީޕީން މިއަދު ހަވީރު މާލޭގައި ބާއްވަން އުޅުނު ދުވުމަށް ފުލުހުން ހުރަސް އަޅައި، ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އިތުރު ބޭފުޅުން ދޫކޮށްލައިފި އެވެ.

18 ޖޫން

June 18, 2018 1
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށް ފަހު، ދޫކޮށްލައިފި އެވެ.

June 18, 2018 3
އަމީތާއި އިންތިގެ ޕާސްޕޯޓް ދޫކޮށްލައިފި

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ގޮވައިލި މައްސަލައިގައިި މީގެ ތިން މަސް ކުރިން ޕާސްޕޯޓް ހިފެހެއްޓި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން...

14 ޖޫން

June 14, 2018 3
އިންތި، ފައިސަލް، އަދި އަމީތަށް ދައުވާ ނުކުރާނެ

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވައިލި މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ދައުވާ...

06 މެއި

May 06, 2018 11
މައުމޫން ގެއަށް ބަދަލު ނުކުރުމަކީ އަނިޔާއެއް:އިދިކޮޅު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު، އެމަނިކުފާނު ދޫނިދޫ ޖަލުން ގޭބަންދަށް ބަދަލު ނުކުރުމަކީ އަނިޔާވެރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

04 މެއި

May 04, 2018 9
ޓެރަރިޒަމްގެ ގާނޫނު މާނަ ކުރަނީ ނުބައިކޮށް: އިންތި

ރައްޔިތުންނަށް އަދަބު ދެނީ ޓެރަރިޒަމްގެ ގާނޫނު "ރޯ ނުބައިކޮށް" މާނަކޮށްގެން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.

27 އެޕްރީލް

April 27, 2018 2
"ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓައެއް ނުލާނަން"

ދިވެހިން އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ހަށިފުރާނަ ހުރިހާ ދުވަހަކު އެކަމެއް ހުއްޓާ ނުލައްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2018 29
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ވެރިކަން ކުރާ ޕީޕީއެމަށް އެ ތަނުގެ އަމާޒުވެފައިވާ އިރު، އެ ވާހަކަތަކަށް ޕީޕީއެމުން މިއަދު ރައްދު ދީފި އެވެ.

06 އެޕްރީލް

April 06, 2018 79
ނިހާނަށް އިންތި އާއި ރޮޒެއިނާގެ ވަރުގަދަ ރައްދެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ މުސާރައިން ކަމަށް ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް...

04 އެޕްރީލް

April 04, 2018 20
ނަސަންދުރަ ދިން ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ

ނަސަންދުރަ ޕެލަސް ހޮޓެލް ހިންގަން 50 އަހަރަށް ދޫކުރި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

26 މާޗް

March 26, 2018 13
މަޖިލީހުގެ ތަޅުން ހުހަށް، މަސައްކަތްތައް ހުއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށުނު ފަހުން، މަޖިލީހުގެ ތަޅުން ފެންނަނީ މަސައްކަތް ހުއްޓިފައި އޮތް "ފަޅު" ތަނެއްގެ ގޮތުގަ އެވެ. ގިނަ ބިލުތަކެއް މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅާފައި ހުއްޓަސް، ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބާއްވާތީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތެއް ވެސް ނުހިނގަ އެވެ.

24 މާޗް

March 24, 2018 45
މެމްބަރު އިމްތިޔާޒުގެ ފާސްޕޯޓު ހިފަހައްޓައިފި

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

20 މާޗް

March 20, 2018 73
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!

ސުޕްރީމް ކޯޓުން، މި ސަރުކާރު "ސިއްސުވާލީ" މާ ބޮޑަށެވެ. ޖަލު ގޮޅިއަށް ލައިގެން އުޅުނު ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ނެރުނު ކުއްލި އަމުރުންނެވެ. ސަތޭކަ ޕަސެންޓް އިތުބާރު އޮތް މުއައްސަސާ އިން ދިން "ލަނޑުން" ސަލާމަތްވާން އޭރު ސަރުކާރަށް އޮތް ހަމައެކަނި "ހަތިޔާރަކީ" ކުއްލި ނުރައްކަލުގެ ހާލަތެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން...

19 މާޗް

March 19, 2018 18
މުޒާހަރާއަށް ހިތްވަރު ދިން ކަމަށް ބުނެ އިންތި ފޮލިހަށް

ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

11 ފެބުރުއަރީ

February 11, 2018 23
ސެކިއުރިޓީ ކައުންސިލުން ސަރުކާރަށް ތާއީދެއް ނުކުރި

ހުކުމުގައި ތިބި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށް މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އދ. ސެކިއުރިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރަށް ތާއީދުކުރި ގައުމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު...

08 ފެބުރުއަރީ

February 08, 2018 10
ނަޝީދާއި އިންތިއަށް އިންޒާރުދިން މައްސަލަ ފުލުހަށް

ޓްވީޓާ މެދުވެރިކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްޑީޕީން ފުލުހަށް ހުށަހަޅައިފި އެވެ.

06 ފެބުރުއަރީ

February 06, 2018 1
މަޝްހޫރު ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލައިފި

ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ މަޝްހޫރު ގާނޫނީ ވަކީލުންތަކެއްގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ އުވާލައިފި އެވެ.

04 ޖެނުއަރީ

January 04, 2018 19
400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މި މަހުގެ 14 ގައި ފަށާއިރު ވެސް، ސްކޫލްތަކަށް ބޭނުންވެގެން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރި 400 ޓީޗަރުން އެ އަދަދަށް ހަމަވާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް އިދިކޮޅު ހަރަކާތުން މިއަދު ބުނެފި އެވެ.