13 މާޗް

March 13, 2020 62
ރައީސްގެ ވާހަކަފުޅު ދެކޮޅެއް ނުޖެހޭ: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅު ދެކޮޅު ނުޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

12 މާޗް

March 12, 2020 24
ޝިޔާމްގެ ވާހަކަތައް ޗައިނާގެ ސަފީރު ދޮގުކުރައްވައިފި

ކޮވިޑް-19 އިން އަރައިގަތުމަށް ޗައިނާ އިން ރާއްޖެ އަށް ފޯރުކޮށްދޭން އުޅުނު އެހީތައް ދިވެހި ސަރުކާރުން ބަލައި ނުގަތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ދޮގުކުރައްވައިފި އެވެ.

07 މާޗް

March 07, 2020 74
ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމުން ކަންބޮޑުވޭ:ސައީދު

ތިލަފުށި، ގުޅިފަޅު އަދި މާލެ ގުޅައިލުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތުގެ އަގުބޮޑުކަމުން ހައިރާންވާ ކަމަށް ބުނެ، އެ މަޝްރޫއަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.

04 މާޗް

March 04, 2020 67
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"

ރާއްޖެ އަށް އެމަނިކުފާނުގެ އެހީތެރިކަމާ އެކު، ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނެސް ވޯކްޝޮޕްތައް ބޭއްވި ކަމަށް ވިދާޅުވެ ހަގީގަތެއް ނެތް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލް ދެއްކެވީ ފިތުނަ އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ...

03 މާޗް

March 03, 2020 6
މިނިމަމް ވޭޖާ ގުޅިގެން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލުކުރަނީ

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭނެ އުސޫލެއް ކަނޑައެޅުމާ ބެހޭ ގޮތުން ސަރުކާރުން ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅިގެން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލު ކުރަން ރައްޔިތުންގެ...

March 03, 2020 91
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ...

02 މާޗް

March 02, 2020 12
މިނިމަމްވޭޖާ މެދު މިމަހު 11ގެ ކުރިން ގޮތެއް ނިންމަނީ

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަކޮށް ދެވެނޭ އުޖޫރަ ކަނޑައެޅުމާ ބެހޭ ގޮތުން ދިރާސާކޮށް ހުށަހަޅާފައިވާ ރިޕޯޓާ މެދު މި މަހުގެ 11 ގެ ކުރިން ގޮތެއް ކަނޑައެޅުމަށް އިގްތިސާދީ ކޮމިޓީން...

March 02, 2020 46
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ނޫން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅު ބޭފުޅެއް ކަމުގެ ތުހުމަތާ އެކު، އެ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ދައްކާ ވާހަކަތަކަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.

24 ފެބުރުއަރީ

February 24, 2020 50
އެއާޕޯޓް ޓެކްސްއާ ހެދި މަޖިލީހުގައި ބޮޑު ޒުވާބެއް

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ފީ އާއި ޓެކްސް އިތުރުކުރާ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންގެ މެދުގައި ޒުވާބެއް ހިނގައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 22
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު

އެމްޑީޕީގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ފަދަ ދިވެހިންގެ މިލްކެއް ދިވެހިންނަށް ގެއްލިދާނެ ފަދަ އެއްވެސް ކަމެއް މިނިސްޓަރު ކަމުގައި ހުންނެވި އިރު ނުކުރައްވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ފެބުރުއަރީ

February 16, 2020 18
ޓާމިނަލް މައްސަލަ ނުނިންމިގެން އުޅެނީ ހިންގަން ނޭނގޭތީ

ސީޕްލޭން ޓާމިނަލުގައި ޖެހިގެން އުޅޭ "ކުޑަ" މައްސަލަ ހައްލުނުވެ ދައުލަތް ސޮއްސާލައިގެން ދަނީ، ގައުމުގެ އެންމެ އިސްވެރިޔާ އަށް ހިންގަން އެނގިވަޑައިނުގަންނަވާތީ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2020 44
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި...

February 03, 2020 16
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2020 38
އެމްޑީޕީ އަނދަވަޅަކަށް އެބަ ވެއްޓޭ: ސައީދު

އެމްޑީޕީ އަނދަވަޅަކަށް ވެއްޓެމުން ދާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2020 28
ޓްރާންޝިޕްމަންޓް ބަނދަރު ކުރިއަކަށް ނުގެންދާނެ: ސައީދު

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މި ސަރުކާރުން ބުންޏަސް އެކަން ނުކުރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

27 ޑިސެމްބަރ

December 27, 2019 45
ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: ސައީދު

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް އަދި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2019 16
ޗައިނާއާ އެކު ހެދި އެފްޓީއޭ މަރެއް ނުވޭ: ސައީދު

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މިހާރު "މަރުވެފައިވާ" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

05 ޑިސެމްބަރ

December 05, 2019 69
"ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައު ކަންބޮޑުވޭ"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ހުރި ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބުނެފި އެވެ.

04 ޑިސެމްބަރ

December 04, 2019 42
ޔާމީންގެ ދިފާއުގައި ޝިޔާމާއި ސައީދު ރާއްޖެއިން ބޭރަށް

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.

17 ނޮވެމްބަރ

November 17, 2019 11
ފަސް އަހަރުން ދަރަނި 91 ބިލިއަނަށް އަރާނެ: ސައީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ފަހު އަހަރު 2023 ގައި ހަމަވާއިރު ދައުލަތުގެ ދަރަނި 91 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2019 26
ބަދަލު ދީގެން ކުރާ ކަމަކީ ވައްކަން: ޝިޔާމް

މިހާރު ފެންނަމުން ދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ ފައިސާ އިން ވައްކަންކުރާތަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2019 6
ސަރުކާރުގެ ވެރިން ހަނު ތިއްބެވުމުން ސައީދުގެ ނުރުހުން!

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި ސަރުކާރުގެ ވެރިން ހަނު ތިއްބެވުމުން ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2019 14
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ފާސްކުރަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން ހުރި ކުންފުނިތަކަށް ބަދަލުދީ ހުސްކުރަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.