10 އޮކްޓޯބަރ

October 10, 2017 62
މުހައްމަދު އިސްމާއިލް: އެމްޑީޕީ މެމްބަރުން ނެތިކޮށްލާ!

އެމްޑީޕީގެ މެމްބަރުން މި ގައުމުން "ނެތިކޮށް، ފޮހެލަން" ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 20
ފްލެޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރާނަން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތުގެ ތަފްސީލްތައް ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވުމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުށްވެރިވެފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2017 43
ފްލެޓް ދިން ގޮތުގެ މައުލޫމާތު މަޖިލީހަކަށް ނުދިން!

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތާއި ދޭން ނިންމި މީހުންގެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސަރުކާރުގެ...

September 28, 2017 65
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ...

20 އޯގަސްޓް

August 20, 2017 41
ޓިޝޫ ބޮނޑިއަކާ ހެދި މަޖިލިސް "މަރު"!

ރައްޔިތުންގެ މަޖިލިހުގައި މިއަށް ވުރެ ހަލަބޮލި ދުވަސްވަރު ވެސް ޖަލްސާތައް ބާއްވައިފި އެވެ. ތާޅަފިއްޔާއި ދުންމާރި ފަދަ އަޑުގަދަކުރާ ސާމާނު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ ކަންފަތުގައި ޖެހޭ ހިސާބުގައި އިދިކޮޅު ފަރާތްތަކުން ދިއްކޮށްގެން ތިއްބައި ކިތަންމެ ޖަލްސާއެއް ބާއްވައިފި އެވެ. ޖަލްސާތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް...

26 ޖުލައި

July 26, 2017 60
ސަފީރުގެ ފައިބުޑަކަށް ނުވެއްޓޭނަން: ރިޔާޒް ރަޝީދު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ އާއިލާއާ އެކު އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ކެއުމެއްގައި ތިއްބެވި ފޮޓޯއެއް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ޓުވީޓް ކުރެއްވުމާ އެކު، ރިޔާޒަށް ވެސް ކެއުމަކަށް ދައުވަތު ދެއްވުމުން އެކަމާ ރިޔާޒް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

13 ޖުލައި

July 13, 2017 73
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އޭނާ އަށް 32 މިލިއަން ރުފިޔާ އަދި އެހެން މެމްބަރުންނަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހު ދެއްކެވި ވާހަކަތަކާ މެދު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ...

10 ޖުލައި

July 10, 2017 34
އިތުބާރު ނެތްކަމުގެ މައްސަލައިގައި މަސީހް ހިމޭނުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އެ މަނިކުފާނު ހިމޭނުން ހުންނަވާތީ އިދިކޮޅު މެމްބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

09 ޖުލައި

July 09, 2017 39
މަސީހްގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2017 46
ހާހެއްނުވޭ، އެއްވެސް ވޯޓެއް ކާމިޔާބެއް ނުވާނެ: ރިޔާޒް

އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާ އެކު ބޮޑު ބަދަލެއް ފެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން ކަންބޮޑުނުވާ ކަމަށާއި އިތުބާރު ނެތް ކަމުގެ އެއްވެސް ވޯޓެއް މިފަހަރު ވެސް ކާމިޔާބު ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު...

12 އެޕްރީލް

April 12, 2017 86
ކޮރަޕްޝަން ނެތި ރާއްޖެ ތަރައްގީއެއް ނުވާނެ: ރިޔާޒް

ކޮރަޕްޝަނެއް ނެތި ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކަމަށާއި ދުނިޔޭގެ ގައުމުތައް ތަރައްގީވަމުން އަންނަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2017 20
"މަޖިލިސް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް ނުދެއްވާ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް އަބްދުﷲ ޔާމީން ނުދެއްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

21 މާޗް

March 21, 2017 64
މަސީހާ ދެކޮޅަށް އެންމެ ވޯޓެއް ވެސް ނުލިބޭނެ: ރިޔާޒް

އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުންވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ވޯޓު ނުލިބޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2017 95
އިބޫ އާއި ފާރިސް ލަދުގަންނުވާލާނަން: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރައްވަން ބޭނުންފުޅުވަނީ ސީދާ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށާއި މަޖިލިހުގެ ރައީސަކަށް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ނައިބު ރައީސަކަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ގެންނަވަން މައުމޫން ބޭނުންފުޅުވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ...

14 ފެބުރުއަރީ

February 14, 2017 36
ބޮޑު ރިޒާވެއް ހުރި ކުންފުނިތަކުގައި އެއްޗެއް ނެތް

ބޮޑު ރިޒާވެއް ކުރިން އޮތް ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ފައިސާ ނެތް ކަމުގެ ވާހަކަތައް ދެކެވޭތީ އެ މައްސަލަ ބަލަން ޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2017 12
މެރީޑިއަމްގެ އެއްބަސްވުން އުވާލަން އެމްޕީއެލްއިން ކޯޓަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމާ ގުޅޭގޮތުން މެރީޑިއަމް ސާވިސްއާ އެކު ހެދި އެއްބަސްވުމަށް އަމަލުކުރަން ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ އެއްބަސްވުން ބާތިލްކުރަން އެމްޕީއެލް އިން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

17 ޖެނުއަރީ

January 17, 2017 47
"ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން ކުށް މަދުވެއްޖެ"

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖޭގައި ކުށްކުރުން މަދުވެއްޖެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2017 17
"މެރީޑިއަމްގެ އެއްބަސްވުން ބޯޑުން ފާހެއް ނުކުރޭ"

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ކުންފުންޏާ އެކު ހެދި އެއްބަސްވުމަކީ އެމްޕީއެލްގެ ބޯޑުން ފާސްކުރި އެއްބަސްވުމެއް ނޫން ކަމަށާއި މެރީޑިއަމަކީ ތެޔޮ ވިއްކަން އެންމެ ދަށް އަގު ހުށަހެޅި ކުންފުނި ވެސް ނޫން ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2016 14
ރިޔާޒް ރަޝީދުގެ ގެ އަށް ވަޅި ޖަހައި ބިރު ދައްކައިފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ދިރިއުޅުއްވާ ގެ އަށް ވަޅި ޖަހައި ބިރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2016 24
މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރަން މެރީޑިއަމްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

15 ޑިސެމްބަރ

December 15, 2016 30
ގަދަކަމުން ފިކުރު އެއްގޮތްކުރުން، ވާނެ ކަމެއްތަ؟

ޕީޕީއެމް ދެ ފަޅިވެ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަކާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނެއް ވުޖޫދުވި އެއް ސަބަބަކަށް މަޖިލިހުގެ ތެރެއިން ރައްޔިތުންނާ ގުޅުން ހުރި ގިނަ ގާނޫނުތަކެއް، އަސާސީ ހައްގުތައް ގެއްލޭ ގޮތަށް، ފާސްކުރުން ހިމެނެ އެވެ. އެއް ބަޔަކަށް އެ ގާނޫނުތައް ވީ ގާނޫނުއަސާސީ ހިމާޔަތް ކުރަން ލިބުނު...