14 ޖޫން

June 14, 2018 4
ދޫގަސް، އެމްޕީއެލްއާ ރަސްމީކޮށް ހަވާލުކޮށްފި

އައްޑޫ ގަމުގައި އަހަރުތަކެއް ކުރިން ފެށިގެން، ދޫގަހުގެ ނަމުގައި ހިންގަމުން އައި ގެސްޓް ހައުސް އަލުން ތަރަައްގީކޮށް 120 ކޮޓަރިއާ އެކު ހުޅުވަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

30 މެއި

May 30, 2018 6
އެމްޕީއެލްގެ ކެފޭ ހުކުރު ދުވަހު އަލުން ހުޅުވަނީ

އެމްޕީއެލް އިން ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭ އެހެން ބަޔަކާ ހަވާލުކޮށްގެން އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

28 މެއި

May 28, 2018 3
އެމްޕީއެލް އަށް 158.5 މިލިއަން ރުފިޔާގެ ފައިދާ

އެމްޕީއެލް އަށް މިދިޔަ އަހަރުގެ ތެރޭގައި 158.5 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

May 28, 2018
ބަނދަރަށް ބޭލި މުދަލުގެ އަދަދު އިތުރުވެއްޖެ

މިދިޔަ އަހަރު ވިޔަފާރި ބަނދަރަށް ބޭލި މުދަލުގެ އަދަދު 14 ޕަސެންޓް އިތުރުވި ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

23 މެއި

May 23, 2018 3
އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ

އެސްޓީއޯ އާއި އެހެން ބައެއް ކުންފުނިތަކުން ގިނަ އަދަދަކަށް އަލުވި އެތެރެކޮށް ބާޒާރަށް ނެރުމާ އެކު، އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ އެވެ.

19 މެއި

May 19, 2018 32
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި

ބާޒާރުގައި އަލުވި މަދުވެ، އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި އެވެ.

May 19, 2018 12
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް

މި ރޯދަ މަހަށް ރާއްޖެ އަށް މުދާ ގެންނަ މިންވަރު އިތުރުވި ނަމަވެސް، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރުކުރުމުގައި އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް...

12 މެއި

May 12, 2018 9
ކުންފުނިތަކުން މިސްކިތްތައް ސާފު ކުރަން ފަށައިފި

ރޯދަޔަށް މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަދު ފަށައިފި އެވެ.

10 މެއި

May 10, 2018 16
ފޯކްލިފްޓްގެ ދަށުވެ ފައި ޗިސްވި މީހާގެ ފައި ބުރިކޮށްފި

މާލޭގެ ވިޔަފާރި ބަނދަރުގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި ފޯކްލިފްޓްގެ ދަށުވެ ފައި ޗިސްވި މީހާގެ ފައި ބުރިކޮށްލައިފި އެވެ.

09 މެއި

May 09, 2018 27
ފޯކްލިފްޓެއްގެ ދަށުވެ މަޖޫރީއެއްގެ ފައި ޗިސްވެއްޖެ

މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ފޯކްލިފްޓެއްގެ ދަށުވެ މަޖޫރީއެއްގެ ފައި މިއަދު ޗިސްވެއްޖެ އެވެ.

02 މެއި

May 02, 2018 2
މާމިގިލީ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފި

އދ. މާމިގިލި ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

29 އެޕްރީލް

April 29, 2018 8
މާމިގިލީ ބަނދަރުގެ އޮޕަރޭޝަން ބުދަ ދުވަހު ފަށަނީ

އދ. މާމިގިލި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

26 އެޕްރީލް

April 26, 2018 9
ކޮންޓެއިނަރު އުފުލާ ވެހިކަލެއްގައި ރޯވެ އަނދައިފި

ހުޅުމާލޭގެ ބަނދަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކޮންޓެއިނަރު އުފުލަން ބޭނުންކުރާ ވެހިކަލެއްގައި މިއަދު މެންދުރު ރޯވެ އަނދައިފި އެވެ.

22 އެޕްރީލް

April 22, 2018 2
އިމްޕޯޓުން ދައުލަތަށް 277 މިލިއަންގެ އާމްދަނީއެއް

މިދިޔަ މަހު ރާއްޖެ އަށް 4.49 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށް، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 277.7 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

April 22, 2018 10
އަލުން ރެޖިސްޓަރީ ނުކުރި މަޖޫރީންގެ ހުއްދަ ބާތިލްވެއްޖެ

ސަރުކާރުން ކަނޑައެޅި އަގަށް މާލޭ ކޮމާޝަލް ހާބަރުގައި މުދާ ހުސް ކުރާނެ މަޖޫރީން އަލުން ރެޖިސްޓަރީ ވާން ދިން މުއްދަތުގައި އެކަން ނުކުރި މަޖޫރީންގެ ހުއްދަތައް މިއަދުން ފެށިގެން...

12 އެޕްރީލް

April 12, 2018 5
މާމިގިލީ ބަނދަރުގެ އޮޕަރޭޝަން އަންނަ މަހު ފަށަނީ

އދ. މާމިގިލި ކޮމާޝަލް ބަނދަރުގެ އޮޕަރޭޝަން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

09 އެޕްރީލް

April 09, 2018 22
ވަގުތުކޮޅު ކުޑަކަމުގެ ޝަކުވާ ވިޔަފާރިވެރިންކުރަނީ

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މާލޭގެ މަގުތަކުގައި މުދާ އުފުލުން މަނާކުރުން ވެގެންދިޔަައީ ވިޔަފާރިވެރިންނަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. މިއީ ވިޔަފާރިވެރިންނަށް ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެ އެވެ.

07 އެޕްރީލް

April 07, 2018 56
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު

މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް މަޖޫރީން ނަގާ އަގު ސަރުކާރުން ކޮންޓްރޯލް ކުރީ، ވިޔަފާރިވެރިންގެ ޝަކުވާތަކެއް ވެސް ހުރުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

05 އެޕްރީލް

April 05, 2018 32
ގުދަންކުރަން މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ

ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭ މަޖޫރީންގެ މަސައްކަތަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ އެ މަސައްކަތުގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް، ޖުމުލަ އަގެއް...

April 05, 2018 30
ގުދަންކުރަން މަޖޫރީން ވަކި އަގެއް ނަގަނީ

ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭނީ ސަރުކާރުން ކަނޑައެޅި އަގަށް ކަމަށާއި ނަމަވެސް މުދާ ގުދަން ކުރަން ވަކި ފީއެއް ނަގާނެ ކަމަށް މަޖޫރީންގެ ގްރޫޕްތަކުން މިއަދު...

04 އެޕްރީލް

April 04, 2018 17
މަޖޫރީން އަލުން ރަޖިސްޓްރީވާން މުއްދަތެއް ދީފި

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރުމާ ގުޅިގެން، އެ އަގަށް މުދާ ހުސް ކުރުމުގެ މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓްރީވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފި އެވެ.

April 04, 2018 53
ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި

މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި، އެ މަސައްކަތުގެ އަގު ސަރުކާރުން މިއަދު ކޮންޓްރޯލް ކޮށްފި އެވެ.

April 04, 2018 50
މުދާ ކްލިއާކުރުމާ އެމްޕީއެލުން ހަވާލުވާން ޖެހިދާނެ

މަޖޫރީންގެ ބަދަލުގައި މުދާ ކްލިއާ ކޮށްދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓީމެއް ނެރެން ޖެހިދާނެ ކަމަށް ސަރުކާރުން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.

02 އެޕްރީލް

April 02, 2018 80
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި

ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމުން އެކަމާ ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި، ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަޖޫރީން އެންމެފަހުން ދެ ގުނަ އަގުބޮޑުކުރުމަށް ފަހު މިރޭ އަލުން މަސައްކަތް ފަށައިފި އެވެ.

April 02, 2018 101
މަޖޫރީީން ހަޅުތާލުގައި، މުދާ ބޭރުނުކުރެވި ހުއްޓުމަކަށް!

މާލޭ ބަނދަރުގެ މަޖޫރީން މަސައްކަތް ހުއްޓާލުމުން މުދާ ބޭރު ނުކުރެވި، ބަނދަރު ހުއްޓުމަކަށް އައިސް، ބާޒާރުން ބައެއް މުދާ ހުސްވުމުގެ ބިރާ ކުރިމަތި ވެއްޖެ އެވެ.

April 02, 2018 40
ހަވީރު 6 ގެ ފަހުން ވެސް ތޮއްޖެހުމެއް ނުފެނުނު

މާލެތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން އެއް ބަޔަކަށް ހީވީ އިއްޔެގެ ހަވީރު ހައެއްގެ ފަހުން ޓްރެފިކް އާދަޔާ ޚިލާފަށް ބާރު ބޮޑުވެ، މަގުތައް ވަރަށް ބޮޑަށް ތޮއްޖެހޭނެ...

01 އެޕްރީލް

April 01, 2018 133
އާ އުސޫލު: މަޖޫރީން މަސައްކަތް ހުއްޓާލައިފި

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ވިޔަފާރި ބަނދަރުގެ މަޖޫރީން މިއަދު މަސައްކަތް ހުއްޓާލައިފި އެވެ. އެކަމަކު އަނެއްކޮޅުން މުދާ އުފުލާ ލޯރިތަކާއި ޕިކަޕްތައް މަގުތަކުން ހުސްވުމުން، ޓްރެފިކަށް ލުއިވި ތަން ވެސް ފެނެ އެވެ.