19 ޖޫން

June 19, 2019 27
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަނީ

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

June 19, 2019 20
ސުޕްރީމްކޯޓަށް ފަހުގެ އިންޒާރުދޭން މަޖިލިހަށް ގަރާރެއް!

ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަންނަ ނަމަ ބާރުތައް ބޭނުން ކޮށްގެން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދިނުމަށް...

17 ޖޫން

June 17, 2019 26
ޑީޑީގެ މައްސަލާގައި މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލައިގެ ގޮތެއް ކަނޑައަޅައި ދިނުމަށް އެދި މަޖިލިހުގެ ތަޅުމަށް ރޭ ފޮނުވައިފި އެވެ.

14 ޖޫން

June 14, 2019 15
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދިނުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން މިރޭ އެދިވަޑައިގެންފި އެވެ.

11 ޖޫން

June 11, 2019 14
މަޖިލީހުގެ ބާރަކަށް އަރައެއްނުގަނެވޭނެ: ނަޝީދު

ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތް އެއްވެސް ބާރަކަށް އެހެން ފަރާތަކަށް އަރައިނުގަނެވޭނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

10 ޖޫން

June 10, 2019 14
ޝަރުއީ ދާއިރާގެ ކަންކަން ބެލުމުގެ ބާރު ކޮމިޓީ އަށް

ފަނޑިޔާރުން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ދިނުމަށް ވަގުތީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

06 ޖޫން

June 06, 2019 42
ޝަރުއީ ދާއިރާ އިސްލާހުކުރުމުގައި އެމްޑީޕީގެ އިމްތިހާން!

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ "މުށުތެރޭގައި" ކޮމިޝަން އޮތުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގެ ތެރެއަށް ވަދެފައި އޮތް ސިޔާސީ ނުފޫޒާ ހެދި ފަނޑިޔާރުންނާ މެދު ފިޔަވަޅު ނޭޅި ދިއުމަކީ މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި...

29 މެއި

May 29, 2019 27
ޖޭއެސްސީ އަށް ހިސާން އައްޔަންކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އައްޔަންކުރަން މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

May 29, 2019 22
ޖުޑީޝަރީ އިސްލާހުވާނީ ގާނޫނުއަސާސީން: ޖާބިރު

ޖުޑީޝަރީ އިސްލާހުކުރަން ބޭނުން ނަމަ ގާނޫނުއަސާސީ އަށް ވަގުތުން ބަދަލުގެންނަންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔާފަރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

May 29, 2019 20
ޖޭއެސްސީއަށް ހިސާން އައްޔަންކުރަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން އައްޔަން ކުރުމަށް ނިންމައި، އޭނާގެ ނަން...

24 އެޕްރީލް

April 24, 2019 31
މަގާމު ގެއްލުނު ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލެއް

އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

22 ނޮވެމްބަރ

November 22, 2018 4
ފާރިސް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 13
އިސްކަންދޭނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރަން

ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ރާއްޖޭގެ ހަތް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިއަދު ހަވީރު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2018 24
ޖޭއެސްސީ އަށް ފާރިސް އައްޔަން ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަން ކުރުމަށް މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2018 12
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކި ކުރަން މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރުމާ އެކު، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިވީ އެވެ.

02 އޮކްޓޯބަރ

October 02, 2018 6
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު

ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ޝަރުއީ ދާއިރާގެ ތެރެއިން އިންސާފު ނުލިބި އަހަރެއްވީމަ ހިތާމަ ކުރައްވާ ކަމަށް މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް...

30 އެޕްރީލް

April 30, 2018 15
ހުކުމް ބޮލާލައިޖަހައި އިންތިހާބު ނުބޭއްވޭނެ: އަލީ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް އޮއްވައި، އެ އަމުރު ބޮލާލައިިޖަހައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2018 54
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން

ރަައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވުމުގެ ހުތުރު ކުޅިގަނޑަށް ރަސްމީކޮށް މިއަދު ނިމުން އައިސްފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2018 32
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟

ހަމައެކަނި 12 މެމްބަރުންގެ މަސްލަހަތު އެކަންޏެއް ނޫނެވެ؛ މައްސަލައިގެ ނިމުން ގުޅިފައި ވަނީ ވެސް މުޅި ގައުމުގެ މަސްލަހަތާ އެވެ. ޕީޕީއެމުން އަމިއްލަ އަށް ވަކިވި އަދި ވަކިކުރި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ ބަހުސް ސުޕްރީމް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ. މި...

20 މާޗް

March 20, 2018 34
ޖަލްސާއަށް ނުދާ މައްސަލައަށް ހައްލެއް ހޯދަންޖެހޭ:އޭޖީ

މަގްބޫލު އުޒުރެއްް ނެތި، ގަސްދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކަށް މެމްބަރުން ވަޑައިނުގަތުމަކީ އޭގެ ސަބަބުން ގާނޫނީ ޑެޑްލޮކަކަށް ހިނގައިދާނެ ފަދަ ކަމެއް ކަމަށާއި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

13 މާޗް

March 13, 2018 33
ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު...

March 13, 2018 50
މުހިންމު ދެ ބިލް މަޖިލީހުން މިއަދު ފާސްކުރަނީ

އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން...

12 މާޗް

March 12, 2018 5
އެންޓި ޑިފެކްޝަން ބިލް ކޮމިޓީއަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަންގެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.