05 ސެޕްޓެމްބަރ

September 05, 2019 21
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!

ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ އަށް ފަހު، 19 ވަނަ މަޖިލިހުގެ 87 މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފި އެވެ.

September 05, 2019 25
ޔާމީން، ރައްޔިތުން ހެދީ "ނަޖިހަށް": ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުން ހެދީ "ނަޖިހަށް" ކަމަށާއި އެއީ ރައްޔިތުންނަށް އަނިޔާވެރިވި ލީޑަރެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ...

28 އޯގަސްޓް

August 28, 2019 10
މިނިމަމް ވޭޖް އަވަހަށް ކަނޑައަޅަން ގޮވާލައި ގަރާރެއް

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

26 އޯގަސްޓް

August 26, 2019 10
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން އެމަނިކުފާނަށް ތައުރީފް ކުރައްވައިފި އެވެ.

20 އޯގަސްޓް

August 20, 2019 32
ސަރުކާރުގެ މެމްބަރުންނެއް މަޖިލިހަކު ނެތް: ނަޝީދު

ސަރުކާރުގެ މެމްބަރުންނެއް ރައްޔިތުންގެ މަޖިލިހުގައި މިހާރު ނުތިއްބަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2019 9
ފައިސާއާ ގުޅޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި

ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި މަޖިލިހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި އެވެ.

06 އޯގަސްޓް

August 06, 2019 48
މީރާގެ ވެރިން ވަކިކުރުމުގެ ބާރު މަޖިލިހަށް ދެނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

August 06, 2019 24
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ޖަޒުބާތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު...

August 06, 2019 17
މެމްބަރުންގެ ރުޅި ލުތުފީއަށް، ދިފާއުކުރެއްވީ އިމްރާން!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ކަމަށް ބުނާ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން...

05 އޯގަސްޓް

August 05, 2019 36
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!

މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމާއި ފަނޑިޔާރުން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ހާއްސަ ކޮމިޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2019 46
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށާއި އެކަން ހުއްޓާލެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.

22 ޖުލައި

July 22, 2019 15
ސައިޓުތަކުގެ މައްސަލަ އަށް ބަހުސްކުރަން ބޭނުމެއް ނުވި

މާލޭގައި ތަންތަން އިމާރާތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފަރިވެރިޔާ އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލިހުން ބޭރުކޮށްލައިފި އެވެ.

18 ޖުލައި

July 18, 2019 8
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ

ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބާއްވަން، ގަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.

17 ޖުލައި

July 17, 2019 13
ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރާ ބިލް ބޭރުކޮށްލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަދި ކުރީގެ ޑިފެންސް...

July 17, 2019 38
ކޯލިޝަން އޮތަސް ބިލް ހުށަހަޅަނީ މަޝްވަރާނުކޮށް: ނާޒިމް

ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތަސް، ރައްޔިތުންގެ މަޖިލިހަށް ބިލްތައް ހުށަހަޅަނީ އެ ޕާޓީއާ މަޝްވަރާ ނުކޮށް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު...

16 ޖުލައި

July 16, 2019 76
ބަހުސްގައި އެމްޑީޕީ މެމްބަރުންގެ ރުޅި ޖާބިރަށް!

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑުކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން ޖާބިރަށް މިއަދު އަމާޒުކުރައްވައިފި އެވެ.

11 ޖުލައި

July 11, 2019 54
މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. ގިނަ ރައްޔިތުންގެ ޝަކުވާއަކީ ހަމައެކަނި މެމްބަރުންގެ މުސާރަ ބޮޑުވުން އެކަންޏެއް ނޫނެވެ. ރައްޔިތުން ތަމްސީލްކުރައްވާ ބައެއް މެމްބަރުން...

10 ޖުލައި

July 10, 2019 39
މެމްބަރުން ތިބޭ ތަރުތީބު ބަދަލުކުރަން ފެނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

09 ޖުލައި

July 09, 2019 18
އިދިކޮޅު މެމްބަރުން ބޭނުންވަނީ އިނާޔަތް ބޮޑުކުރަން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2019 46
އެމްޑީޕީން ޔާމީނަށް: ތިއުޅެނީ ހަމަޖެހުން ނަގާލަން!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އެއްވުންތައް ބާއްވަން އުޅެނީ ރާއްޖޭގައި އޮތް ސުލްހަމަސަލަސްކަން ނަގާލަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2019 33
ތަރިކައިގެ ހިމާޔަތަށް މަޖިލިހުގައި އެދުނީ ހުވަދޫ ބަހުން

ގދ. ތިނަދޫގައި ހުރި އާސާރީ ގިނަ ތަންތަން "ސުންނާފަތިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، ބާކީ ހުރި ތަންތަން ހިމާޔަތްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުވަދޫ ބަހުން މިއަދު ގޮވާލައްވައިފި އެވެ.

19 ޖޫން

June 19, 2019 27
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަނީ

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

June 19, 2019 20
ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

17 ޖޫން

June 17, 2019 9
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ އިންތިހާބު އަންނަ މަހު

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) މަގާމުތަކަށް މެމްބަރުން ހޮވުން އަންނަ މަހުގެ ކުރީކޮޅު ބާއްވާ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.

June 17, 2019 26
ޑީޑީގެ މައްސަލާގައި މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ...