10 ޖުލައި

July 10, 2017 38
މެމްބަރު ޝާހު ވެސް ޕީޕީއެމުން ވަކިވެއްޖެ

ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީން ވަކިވެފައި ވަނިކޮށް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވެސް އެ ޕާޓީން މިރޭ...

July 10, 2017 94
ވަރުގަދަ ޕީޕީއެމް އަގުލަބިއްޔަތު ކުއްލިއަކަށް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަންކުރާ ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އިރު ވެސް މިހާ އަވަހަށް އެ ޕާޓީގެ...

09 ޖުލައި

July 09, 2017 32
ކުރީގެ ނިންމުން: ޕާޓީ ބަދަލުކުރިޔަސް ގޮނޑި ނުގެއްލޭނެ

އިތުބާރު ނެތްކަމުގެ މައްސަލަ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްކުރަން ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް، ސުޕްރީމް ކޯޓު މެދުވެރިކޮށް ކަނޑައެޅުމެވެ. އެކަހަލަ ނިންމުމެއް ހޯދަން އެޓާނީ ޖެނެރަލް،...

07 ޖުލައި

July 07, 2017 94
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވެސް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.

06 ޖުލައި

July 06, 2017 8
"މެމްބަރަކު ވަކިކޮށްފި ނަމަ ގޮނޑި ލިބޭނީ އިދިކޮޅަށް"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދައިފި ނަމަ ހުސްވާ ކޮންމެ ގޮނޑިއެއް ވެސް ލިބޭނީ އިދިކޮޅު ފަރާތްތަކަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2017 94
ރައީސަކީ މެމްބަރުންނަށް ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން...

July 04, 2017 17
45 ނޫން، 60 އަށް އަދަދު އަރަން ޖެހޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅުމަކީ އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް...

02 ޖުލައި

July 02, 2017 35
ރީތި ގޮތަކީ މަސީހު މަގާމުން އިސްތިއުފާ ދެއްވުން:އަމީތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރުމުގެ ކުރިން، އެންމެ ރީތި ގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު...

July 02, 2017 39
ސަލީމްގެ ބަހުރުވަ އަނެއްކާވެސް ތަފާތު ވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުގައި ބެހެއްޓުމާ މެދު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެފައި ވަނިކޮށް، އޭދަފުށީ...

30 ޖޫން

June 30, 2017 49
ވޯޓަކުން ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ޝުޖާއު

ވޯޓުން ރައީސް އަބްދުﷲ ޔާމީން ބަލި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2017 78
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟

ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ...

16 ޖޫން

June 16, 2017 94
ތާއީދު އެނގޭނީ ތަރާވީހް ހާޒިރީއަކުން ނޫން: ޚަލީލް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ބަލާނީ ތަރާވީހުގެ ހާޒިރީން ނޫން ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

13 ޖޫން

June 13, 2017 52
މަސީހު ދެއްވި ރޯދަވީއްލުމަށް އެންމެ 17 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންނަށް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއްޔެ ބޭއްވެވި ރޯދަ ވީއްލުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ ގިނަ މެމްބަރުން ވަޑައިނުގަތް ސަބަބާ މެދު ސުވާލު އުފެދިއްޖެ އެވެ.

05 ޖޫން

June 05, 2017 19
މެމްބަރު ސައުދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ސައުދު ހުސެއިން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

22 މެއި

May 22, 2017 3
މަޖިލިހުގެ ޖަލްސާތައް ޖޫން 5 ގައި ފަށަނީ

ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ދޮޅުމަސް ދުވަހުގެ ޗުއްޓިއަކަށް ފަހު، އަންނަ މަހުގެ ފަހެއްގައި ފަށަން ނިންމައިފި އެވެ.

17 އެޕްރީލް

April 17, 2017 139
މުހައްމަދު އިސްމާއިލްގެ "ފައިސާ ގޯނި" މައްސަލަ ބަލަނީ

"ފައިސާ ގޯނި" ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ވާހަކަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

12 އެޕްރީލް

April 12, 2017 10
ގާސިމްގެ މައްސަލާގައި މެމްބަރުންގެ ހޫނު ރައްދު މަސީހަށް

ފުލުހުންގެ ބަންދުގައި ހުންނެވި ދުވަސްތަކުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުކޮށް ނުދިން މައްސަލާގައި އިދިކޮޅު މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް މިރޭ އަމާޒުކޮށްފި އެވެ.

11 އެޕްރީލް

April 11, 2017 45
މެމްބަރުންގެ ހަމަބުއްދި ކޮބައިތޯ މައުމޫން އައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭ ގޮތް ބަދަލު ކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރި އިރު، އެ މެމްބަރުންގެ ހަމަބުއްދި ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު ކުރައްވައިފި އެވެ.

10 އެޕްރީލް

April 10, 2017 53
ގަވައިދަށް ބަދަލު ގެނެސް މަސީހާއި މޫސަ ސަލާމަތްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައިން އެ ދެ ބޭފުޅުން ސަލާމަތް ކުރުމަށްޓަކައި މަޖިލިހުގެ ގަވައިދަށް ކުއްލި ގޮތަކަށް އިއްޔެ ގެނައި އިސްލާހަށް ވޯޓަށް އެހުމުގެ ޖަލްސާ ފަށައިފި އެވެ.

09 އެޕްރީލް

April 09, 2017 37
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަމުންދާ ގޮތަށް ބަލާއިރު، ސަރުކާރަށް ތާއީދުކުރާ...

April 09, 2017 20
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި...

06 އެޕްރީލް

April 06, 2017 37
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް

ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

05 އެޕްރީލް

April 05, 2017 14
މަޖިލިސް "ހަމައިން ނެއްޓިފައިވާ" މައްސަލަ އައިޕީޔޫއަށް

ގާނޫނާއި އިޖުރާއަތުތަކާ ހިލާފުވެ ރައްޔިތުންގެ މަޖިލިސް "ހަމައިން ނެއްޓިފައިވާ" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް މައްސަލަ ހުށަހަޅައިފި އެވެ.