01 ޖުލައި

July 01, 2020 63
މެމްބަރުންނާ ގުޅޭ "ރެއިޑް"ތަކެއް އެބަ އުޅޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ރެއިޑްތަކެއްކުރަން ވަކިވަކި ފުލުހުންތަކެއް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019 18
ހަރުކަށި އަމަލުތަކުގެ ކުއްލި މައްސަލައެއް މަޖިލީހަށް

ރާއްޖެ "ހަނގުރާމައިގެ ތުންފަތްމައްޗަށް" ފުރޮޅިފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ، ދީނީ ހަރުކަށި އަމަލުތަކާ ބެހޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019 18
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން

ރާއްޖޭގެ ރައްޔިތުންގެ "ލޭ ހުއްދަ" ކުރަން ގޮވަމުންދާ އިރު، ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2019 1
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2019 19
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019 40
"އަނދިރި ދައުލަތް" ހުއްޓުވަން ހިސާންގެ ހުށަހެޅުންތައް

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގަނީ "އަނދިރި ދައުލަތެއް" ކަމަށް ސިފަ ކުރައްވައި، އެ މީހުން ހުއްޓުވަން ތިން ކަމެއް ކުރަން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތަމްސީލް ކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ހުށަހަޅުއްވައިފި އެވެ.

September 04, 2019 29
ރިލްވާން ގެއްލުވާލި މީހުންގެ ޓެގް އަޅުވަން ޖެހޭ: އީވާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލުމުގައި" ބައިވެރިވި މީހުންގެ ގައިގައި ޓެގް އަޅުވައިގެން ނޫނީ ދިވެހިންނަށް ސަލާމަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ...

September 04, 2019 74
ރިޕޯޓު ހެދީ ފުލުހުން ދިން އެއްޗަކުން: ގާސިމް

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ރިޕޯޓު އެކުލަވާލީ ފުލުހުން ދިން މައުލޫމާތަށް ބިނާކޮށް ކަމަށާއި އެ މީހުންނަށް ފާޑު...

29 އޯގަސްޓް

August 29, 2019 20
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ހިންގައި ބައެއް ފުލުހުން ވަޒީފާ އިން ވަކިކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2019 45
ސްޓިކާ ޖަހަނީ އުނދަގޫވާ ގޮތަށް ޕާކްކުރުމުން: އައިޝާ

މާލޭގައި ޓްރެފިކް ވަޔަލޭޝަން ސްޓިކާ ސްޓިކާ ފުލުހުން ޖަހަނީ އުނދަގޫވާ ގޮތަށް ޕާކް ކުރާ އުޅަނދުތަކުގައި އެކަނި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

04 އޯގަސްޓް

August 04, 2019 8
ޕާކިން މައްސަލައިގައި އައިޝާއާ ސުވާލުކުރުން ބުދަ ދުވަހު

މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ) އާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

15 ޖުލައި

July 15, 2019 53
ޝައިމް ގެއްލުމުގެ ޒިންމާ ދައުލަތުން ނަގަންޖެހޭ: ޝިދާތާ

ކުޑަކުދިންގެ ހިޔާ އިން ފިލި ޝައިމް އަބްދުﷲ ގެއްލުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

10 ޖުލައި

July 10, 2019 72
"ބަޣާވާތުގެ ގޮވެލި އެބަ ބާރުވޭ، ފިޔަވަޅު އަޅައިދީ"

މަސްތުވާތަކެތީގެ މައްސަލައެއްގައި ގެއެއް ފާސްކުރަން ވަދެ ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުން ސަސްޕެންޑް ކުރުމާ ގުޅިގެން އެ މީހުންގެ ދިފާއުގައި ނުކުތް ފުލުހުންނަށް ފިޔަވަޅު އަޅައިދިނުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މިއަދު ގޮވާލައްވައިފި އެވެ.

24 ޖޫން

June 24, 2019 5
ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު ބަލަނީ

ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެ ކަމުގެ ހަގީގަތް ރައްޔިތުންގެ މަޖިލީހުން ބަލަން މިއަދު ފާސްކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2018 20
ލިޔުންތައް ނުލިބިގެން އާދަމް ޝަރީފާ ސުވާލެއް ނުކުރެވުނު

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ބޭއްވި ބައްދަލުވުން، ލިޔެކިޔުންތަކެއް ނުލިބި ލަސްވުމުގެ ސަބަބުން، ރޭ ކެންސަލްކޮށްފި އެވެ. ކޮމިޓީ ކެންސަލް ކުރިއިރު، އާދަމް ޝަރީފް މަޖިލީހަށް ވެސް ވަޑައިގެންނެވި އެވެ.

29 ނޮވެމްބަރ

November 29, 2018 37
ސިފައިންނާއި ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި އެ ވަގުތު ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2018 70
ހުރަސްއެޅި ސިފައިންނާއި ފުލުހުން ކޮމިޓީއަށް

މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި ޒިންމާވާން ޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 36
"ޖަރީމާތަކަށް" ރައީސްގެ އިއުތިރާފް ތަހުގީގުކުރަން ޖެހޭ

ގާނޫނުތަކާ ޚިލާފަށް، އެތައް ބައެއްގެ ހައްގު ނިގުޅައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ހިންގެވި "ޖަރީމާތަކު"ގެ ވާހަކަ ސިޔާސީ ޕޯޑިއަމްތަކުގައި އަމިއްލަފުޅަށް ވިދާޅުވެ، އިއުތިރާފްވެވަޑައިގަންނަވަމުން ގެންދަވާތީވެ އެ މައްސަލަތައް ފުލުހުން ތަހުގީގުކޮށް ފިޔަވަޅު އަޅައިދޭން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން...

02 އޯގަސްޓް

August 02, 2018 10
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޑީލެއް ހެއްދެވުމުގެ ވިސްނެވުމެއް ނެތް ކަމަށް...

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު...

01 އޯގަސްޓް

August 01, 2018 23
12 މެމްބަރުން މަޖިލީހަށް ވަނަކަ ނުދިން

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި މަޖިލީހަށް ވަޑައިގަތުމުން، ފުލުހުން އެކަމަށް ހުރަސްއަޅައި އެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ފޮނުވާލައިފި އެވެ.

18 ޖުލައި

July 18, 2018 15
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ގެންގުޅޭތާ މިއަދު އަހަރެއް ވީ އިރު، އޭނާގެ އިސްލާހީ މަސައްކަތް ހަމަ ކުރިއަށް ދާ ކަމަށް، އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

21 މެއި

May 21, 2018 6
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައި ހުންނަތާ 10 މަހަށް ވުރެ ގިނަ ދުވަސްވި އިރު، އޭނާގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.