12 މާޗް

March 12, 2018 98
12 މެމްބަރުން ވަކިވާ ގޮތަށް ބިލް އިސްލާހުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

March 12, 2018 5
އެންޓި ޑިފެކްޝަން ބިލް ކޮމިޓީއަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަންގެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

11 މާޗް

March 11, 2018 19
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން...

March 11, 2018 22
އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު...

10 މާޗް

March 10, 2018 21
ފްލޯ ކްރޮސިންގެ ބިލް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ގާނޫނީ ވަކީލު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެެއްޖެ އެވެ.

07 މާޗް

March 07, 2018 119
އެންޓި ޑިފެކްޝަން ބިލަށް ޕީޕީއެމް މެމްބަރުން ދެކޮޅު!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލާ މެދު "ޕީޕީއެމްގެ 99...

March 07, 2018 36
އެންޓި ޑިފެކްޝަން: ގާނޫނަކުން މި ބަދަލު ގެނެވޭނެތަ؟

ފްލޯ ކްރޮސިން ނުވަތަ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލުމުގެ މައުލޫއު މި އޮތީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ހޫނު ބަހުސަށް ވެފަ އެވެ. ޕާޓީ ބަދަލުކުރި ކަމަށް ބުނެ 12...

06 މާޗް

March 06, 2018 22
މިނިވަން މެމްބަރުން ޕާޓީއަށް ވަނުމަށް ހުރަހެއްނެތް!

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެންޓި ޑިފެކްޝަންގެ ބިލުގައި ބުނެފި އެވެ.

05 މާޗް

March 05, 2018 126
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލް ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަންގެ ބިލް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 14
ކޯޓުން ބަހުސްކުރަން ޖެހޭ ކަމެއް ނެތް، މައްސަލަ ސާފު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ބަހުސްކޮށްގެން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން މައްސަލަ ދިގުދަންމަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ގާނޫނުތަކާއި ގާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގެން އޮތް މައްސަލައެއް ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

26 ފެބުރުއަރީ

February 26, 2018 164
"އެސްއޯއީގެ ގަރާރު ފާސްކުރަން 43 ތިބޭކަށް ނުޖެހޭނެ"

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ލާޒިމްނުވާ ކަމަށާއި ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ލަފާ ދީފި އެވެ.

February 26, 2018 33
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް...

February 26, 2018 21
އާންމުންގެ ލާބައަށް ކަންކަންކުރާނަމަ މިތިބީ ސަރުކާރާއެކު

ސަރުކާރުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ ނަމަ، މިހާރު ވެސް މި ތިބީ ސަރުކާރު ފަޅީގައި ކަމަށާއި ފައިސާ ދީގެން "ގަންނަން ނުޖެހޭ" ކަމަށް،...

22 ފެބުރުއަރީ

February 22, 2018 30
މެމްބަރުންގެ ގޮނޑީގެ މައްސަލަ އަންގާރަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

21 ފެބުރުއަރީ

February 21, 2018 68
ލަފާ ދެންދެން ކުއްލި ހާލަތަށް އަމަލުކުރަން އަންގައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ލަފައެއް ދެވެންދެން، މަޖިލީހުގެ އެ ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

20 ފެބުރުއަރީ

February 20, 2018 14
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިއާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ 38...

19 ފެބުރުއަރީ

February 19, 2018 9
12 މެމްބަރުންނަށް ދިން ދައުވަތު އަނބުރާ ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުން މާދަމާ ބާއްވާ ޚާއްސަ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި މަޖިލީހުގެ އިދާރާ އިން މިއަދު ފޮނުވި ދައުވަތު އަނބުރާ ގެނެސްފި އެވެ.

13 ފެބުރުއަރީ

February 13, 2018 75
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި...

11 ފެބުރުއަރީ

February 11, 2018 172
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

08 ފެބުރުއަރީ

February 08, 2018 7
އޮޅުންބޮޅުން: ވިދާޅުވަނީ ކީކޭތޯ؟

ގައުމުގެ އެންމެ އިސް ވެރިއަކަށް ރަސްކަލަކު ހުންނަވާ ގައުމުތަކުގައި ވެސް ރަސްގެފާނަށް ލިބިވަޑައިގަންނަވާފައި އޮންނަ ބާރުތައް ކަނޑައެޅިފައި އޮވެ އެވެ. ތަފާތު ގައުމުތަކުގައި ތަފާތު ކޮށެވެ. މި ޒަމާނުގައި ގިނަ ގައުމުތަކުގައި ރަސްގެފާނަކީ ރަމްޒީ ގޮތުން ގައުމުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ބޭފުޅެކެވެ. ބައެއް ގައުމުތަކުގައި...

05 ފެބުރުއަރީ

February 05, 2018 366
އަމުރު ތަންފީޒު ކުރި ނަމަ އެއީ އަނެއް ފެބްރުއަރީ 7

ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި، ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ރާއްޖެއާ ދެކޮޅަށް އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް އަދި ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ބޭރު ގައުމުތަކަށް އިދިކޮޅު މެމްބަރުން ރޭ ގޮވާލައިފި އެވެ. މިއީ ރާއްޖެއާ ދެކޮޅަށް އިގުތިސާދީ ފިޔަވަޅު އަޅަން ރަސްމީކޮށް ރާއްޖޭގެ މަޖިލިހުގެ މެމްބަރުންގެ ގްރޫޕަކުން ގޮވާލި...

03 ފެބުރުއަރީ

February 03, 2018 26
މެޖޯރިޓީ ނެތަސް ކަންކަން ކުރަން އެނގޭ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް މެޖޯރިޓީ ނެތަސް، މަޖިލީސް މެދުވެރިކޮށް ކަންކަން ކުރަން އެ ޕާޓީ އަށް އެނގޭ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު މިރޭ...

February 03, 2018 27
12 ބޭފުޅުންނަކީ މަޖިލީހުގެ މެމްބަރުން: އަމީން އާންމު

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައެޅި 12 ބޭފުޅުންނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް އަމީން އާންމު އަހުމަދު މުހައްމަދު ގަބޫލު...

02 ފެބުރުއަރީ

February 02, 2018 1
"އަމުރަށް ގޮންޖެހޭނެ މީހަކު ނެތް، ހުރަސްނާޅާތި"

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ގޮންޖެހޭނެ މީހަކު ނެތް ކަމަށް ވިދާޅުވެ، މަޖިލީހަށް ވެންނެވުމަށް ހުރަސްނޭޅުއްވުމަށް އެ މެމްބަރުން މިރޭ ގޮވާލައްވައިފި އެވެ.

29 ޖެނުއަރީ

January 29, 2018 6
ހޯމައިގެ ކުރިން ގޮތެއް ނިންމޭނެ ކަމަށް އުންމީދު ކުރަން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާއިރު، މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލައަށް ހައްލެއް ލިބި، އޭގެ ކުރިން އެ މެމްބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަކުނުދޫ ދާއިރާގެ...