22 އޯގަސްޓް

August 22, 2019 6
މެމްބަރުންގެ ކޮއްތު ހަރަދު ކަނޑާލަން ތާއީދު: ރިޔާޒް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކޮއްތަށް ސަރުކާރުން ކުރާ ހަރަދު ކަނޑާލަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު...

August 22, 2019 28
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

މަސްވެރިކަމުގައި 10 އަހަރެއްހާ ދުވަހު އުޅެފައިވާ އަހުމަދު ރަފީގުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާނާ މަސްކޮޅު ކިރުވާނުލެވި އެތައް ދުވަހެއް ތިބެން ޖެހުމެވެ. ބާނާ މަހުން ހަމަ އަގު...

21 އޯގަސްޓް

August 21, 2019 40
ނަޒީރާއި މާޖިދު ވަކިވާ ގޮތަށް މަޖިލިހުން ފާސްކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

20 އޯގަސްޓް

August 20, 2019 32
ސަރުކާރުގެ މެމްބަރުންނެއް މަޖިލިހަކު ނެތް: ނަޝީދު

ސަރުކާރުގެ މެމްބަރުންނެއް ރައްޔިތުންގެ މަޖިލިހުގައި މިހާރު ނުތިއްބަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2019 27
އިދިކޮޅު ލީޑަރުންނަށް އަމާޒުކުރި އިސްލާހު ބާތިލްކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން މިދިއަ އަހަރު، ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން، ސަރުކާރުން މިއަދު ހުށައަޅައިފި އެވެ.

08 އޯގަސްޓް

August 08, 2019 4
ޓެރަރިޒަމާ ދެކޮޅަށް އީޔޫއިން 43 މިލިއަން ރުފިޔާ ދެނީ

ޓެރަރިޒަމާއި ހައްދު ފަހަނާޅައިދިއުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތުގައި އެހީވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 43 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

August 08, 2019 76
ކުއްލި "ސުޕަ ކޮމިޓީއެއް"، މިއީ ކިހިނެއް ވާ ކަމެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ވެރިކަން ހިންގުމުގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން ދެއްކެވި އެއް ވާހަކަ އަކީ މިނިވަން...

August 08, 2019 9
މަޖިލިހުގައި ކުރާ އިންޓަވިއުތައް ލައިވްކުރަން ވިސްނަނީ

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވްކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް...

07 އޯގަސްޓް

August 07, 2019 9
ފައިސާއާ ގުޅޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި

ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި މަޖިލިހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި އެވެ.

06 އޯގަސްޓް

August 06, 2019 48
މީރާގެ ވެރިން ވަކިކުރުމުގެ ބާރު މަޖިލިހަށް ދެނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބޭ...

August 06, 2019 56
ސާވިސް ޗާޖަށް 10 ޕަސަންޓް ދޭން ދެކޮޅެއް ނޫން:ގާސިމް

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި އެންމެ މަދުވެގެން 10 ޕަސަންޓު ދިނުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވިލާގެ ރިސޯޓުތަކުގެ އިސްވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު...

05 އޯގަސްޓް

August 05, 2019 35
މަތީ މާކްސް ހޯދި ޝަކީލަކީ އެފްއައިޔޫގެ ކުރީގެ ވެރިއެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅަކަށް ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިއަކަށް ކުރިން ހުންނެވި އިބްރާހިމް ޝަކީލް ވެވަަޑައިގެންފި އެވެ.

04 އޯގަސްޓް

August 04, 2019 8
ޕާކިން މައްސަލައިގައި އައިޝާއާ ސުވާލުކުރުން ބުދަ ދުވަހު

މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ) އާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

01 އޯގަސްޓް

August 01, 2019 13
ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް 5 ދުވަހުގެ ނޯޓިހެއް

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް ފަސް ދުވަހުގެ ނޯޓިހެއް ދޭ ގޮތަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

August 01, 2019 16
ފަސް މެމްބަރަކަށް ސެކިއުރިޓީ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ފަސް މެމްބަރަކަށް ސިފައިންގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ.

August 01, 2019 27
ކޮމިޓީތައް ހާމަ، އެކަމަކު ކުއްލި ސިއްރުކުރުންތަކެއް؟!

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ ދުވެލި ވަރަށް ބާރެވެ. މީގެ ކުރިން ނަމަ އެ ބާރުމިނުގައި ކޮމިޓީތައް ހިނގާފައެއް ނުވެ އެވެ. އެކަމަކު 19 ވަނަ މަޖިލިސް ފެންނަނީ ތަފާތުކޮށެވެ....

31 ޖުލައި

July 31, 2019 8
ހައްޖަށް ދާން ޕެންޝަނުން ނެގޭވަރު ބޮޑުކުރަން ފާސްކޮށްފި

ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

July 31, 2019 35
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ގަތާރާ އެކު އޮތް ގުޅުން ކަނޑާލީ އޭރު އެރި "ފޯރިއެއްގައި" ކަމަށާއި އެ ގައުމާ އެކީގައި އަލުން ގުޅުން ގާއިމް ކުރުމަށް ދިރާސާތައް ކުރަމުން...

July 31, 2019 98
ކުރީ ސަރުކާރުން ދަތުރުތަކަށް 27 މިލިއަން ހޭދަކުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއް އަހަރުގެ ތެރޭގައި ބޭރުގެ ދަތުރުތަކަށް 27 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ...

30 ޖުލައި

July 30, 2019 14
ހުކުމެއް ނެތި ޖަލުގައި ބޭއްވުމަކީ އަނިޔާ: މެމްބަރުން

ހުކުމެއް ނެތި ޖަލުގައި އެތައް އަހަރެއް ވަންދެން ގައިދީންނަށް އިންސާފު ނުލިބި މަޑުޖެހިފައި އޮތުމަކީ ދެވޭ އަނިޔާއެއް ކަމަށާއި އެ މީހުންނަށް ވީހާ ވެސް އަވަހަކަށް އިންސާފު ކަށަވަރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް މިއަދު ގޮވާލައްވައިފި އެވެ.

July 30, 2019 12
ކްރިމިނަލް ކޯޓުގައި ނުނިމި 1،910 މައްސަލަ އެބައޮތް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި 1،910 މައްސަލައެއް އެބަ އޮތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި...

July 30, 2019 5
އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލީ ތިން މީހަކު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލި ތިން މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

29 ޖުލައި

July 29, 2019 36
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި

އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރިކަން، ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް އަންގާފައިވާ ކަމަށް މަޖިލިހުގެ ރައީސް...

27 ޖުލައި

July 27, 2019 19
"ޕީސީބީގައި ގާބިލްކަމެއް ނެތް، ބޯޑު އެކުލަވާލަންޖެހޭ"

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެމްބަރުންގެ ގާބިލް ކަމެއް ނެތް ކަމަށާއި އެ ބޯޑު އަލުން އެކުލަވައިލުމަށް ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމެޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފި އެވެ.

25 ޖުލައި

July 25, 2019 10
ގަތަރުގެ މައްސަލައިގައި ޝާހިދާ ބުދަ ދުވަހު ސުވާލުކުރަނީ

ރާއްޖެ އާއި ގަތަރުގެ ގުޅުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

July 25, 2019 11
ބްރޯޑްކޮމް މެމްބަރުން ސަލާމަތް ކުރާކަށް ނޫޅެން:މީކައިލް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް މެމްބަރަކު ސަލާމަތް ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި އެ...

July 25, 2019 65
ސަރުކާރު ހިންގުމުގެ ތެރެއަށް އެސްއޯއީ ވަންނަނީތަ؟

ރައްޔިތުންގެ މަޖިލިސް ވަރަށް ހީވާގިކަމާ އެކު މަސައްކަތްކުރާތަން މިހާރު ފެނެ އެވެ. ޒުވާން މަޖިލިހަށް ދެ މަހެއްހާ ދުވަސް ވީ އިރު، 25 ޖަލްސާ ބާއްވައި ކޮންމެ ޖަލްސާއަކަށް ފަސް ގަޑިއިރަށް...

23 ޖުލައި

July 23, 2019 33
އަޅުގަނޑު ފިޔަވައި ލީޑަރަކު ތެދެއް ނުހައްދަވާ: ސިޔާމް

ރާއްޖޭގައި ދޮގު ހަދާ މީހުން ގިނައީ ސިޔާސީ ލީޑަރުންގެ ތެރޭގައި ކަމަށާއި އެކަމަކު، އޭނާ ފިޔަވައި ގިނަ ލީޑަރުން ދުވަހަކު ވެސް ރައްޔިތުންނަށް ތެދެއް ހައްދަވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2019 30
ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރާ ބިލް ބޭރުކޮށްލައިފި

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5،000ރ. ގެ ބަދަލުގައި 10،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލިހުން ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.

July 22, 2019 8
ގެދޮރު އަޅާނެ ލުއި ލޯނުގެ ސިޔާސަތު އިއުލާން ކުރަނީ

ގެދޮރު އިމާރާތްކުރަން ބޭނުންވާ ލުއި ލޯނާ ގުޅޭ ސިޔާސަތުތައް އަންނަ މަހުގެ ފަހުކޮޅު އިއުލާނުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިއަދު...

July 22, 2019 15
ސައިޓުތަކުގެ މައްސަލަ އަށް ބަހުސްކުރަން ބޭނުމެއް ނުވި

މާލޭގައި ތަންތަން އިމާރާތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި...

18 ޖުލައި

July 18, 2019 8
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ

ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބާއްވަން، ގަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.