04 އޮކްޓޯބަރ

October 04, 2017 5
ބްރޯޑްކޮމް އޮތީ ސަރުކާރު ދަށުވެފައި: މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އޮތީ ސަރުކާރު ދަށުވެފައި ކަމަށާއި އެ ކޮމިޝަންގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2017 43
މަޖިލީހުގެ ރިއާސަތުގެ މޭޒު އުސްކޮށް، ޖަލްސާތައް ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގެ މޭޒު އުސް ކުރުމަށް ފަހު، އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވެފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2017 65
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ މެމްބަރުންގެ އަމިއްލަ އެދުން ކިހާ ބޮޑުކަން މިވަނީ އެނގިފަ އެވެ. ރަށްރަށުގައި ފެނަކައިން ހިންގާ އިންޖީނުގެތަކަށް ބޮޑު އަގުގައި ތެޔޮ ގަތުމުގެ މާނައަކީ...

26 ސެޕްޓެމްބަރ

September 26, 2017 15
ފްލެޓާ ބެހޭ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ އިއްޔެ ހިއްސާކޮށްފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 30
އިދިކޮޅު މެމްބަރުންގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަތް މައްސަލާގައި އިދިކޮޅު 12 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެ...

September 25, 2017 5
މަޖިލީހުގައި ރޯވީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަނިކޮށް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތިހު އަލިފާނުގެ ހާދިސާ ހިނގީ، ކުރީގެ ހާދިސާއާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފަށާފައި ވަނިކޮށް ކަމަށް...

24 ސެޕްޓެމްބަރ

September 24, 2017 5
ތިން މެމްބަރަކު ހައްޔަރުކުރަން އުޅޭކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފްގެ މައްޗަށް މާރާމާރީގެ ތުހުމަތުކޮށް ހައްޔަރުކުރަން އުޅޭ ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

September 24, 2017 5
ރައްޔިތުންގެ އަތުނުޖެހޭ ހިސާބަކަށް ނޭރޭނެ: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަށް އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ ކަމަށް...

September 24, 2017 53
މަޖިލީހުގެ ރިޔާސަތުގެ މޭޒު ބަހައްޓަން އުސް ސްޓޭޖެއް!

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު، 10 ފޫޓު އުހުގައި ބަހައްޓަން ސްޓޭޖެއް ހެދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2017 15
ފްލެޓާ ބެހޭ ތަފްސީލު ހާމަކުރަން ފަސް ދުވަސް ދީފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހާމަކުރަން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފަސް...

September 20, 2017 43
ގޮނޑިތައް ހުސް، މުއްދަތު ހަމަވެއްޖެ،އިންތިހާބު ކޮބާ؟

ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ...

19 ސެޕްޓެމްބަރ

September 19, 2017 21
މަޑުއްވަރީ ދާއިރާގެ ކެމްޕޭން ފަސްޓްލޭޑީއާ އެކު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމުގެ ކެމްޕޭން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްއާ އެކު އިއްޔެ ފަށައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 21
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައި ވަނިކޮށް އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2017 25
ހާޒިރީން ވަނަ ހޯދުމަށްވުރެ މުހިންމު ކަންކަން އެބަހުރި

ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ރިޕޯޓުން ކޮންމެ ދައުރެއްގައި ވަނަ ހޯދުމަށް ވުރެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރައްވަން ޖެހިވަޑައިގަންނަވާ މާ މުހިންމު ކަންކަން އެބަހުރި ކަމަށާއި މިދިޔަ ދުވަސްތަކުގައި އެކަމަށް މަސައްކަތްތައް ކުރެއްވި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

05 ސެޕްޓެމްބަރ

September 05, 2017 24
މިގޮތަށް ގޮނޑި ގެއްލުވާލީމަ އަންނަނީ ހިނި: އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ފަސް އަހަރަށް ހަވާލުކުރީ ރައްޔިތުން ކަމަށާއި ގާނޫނާ ޚިލާފަށް އެ މަގާމު ގެއްލުވާލުމުން އަންނަނީ ހިނި ކަމަށް މެމްބަރު އަހްމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 46
ގޮނޑީގެ މައްސަލަ ބޮޑު ބަހުސަކަށް: ހައްލެއް ބޭނުން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ނިންމި ނިންމުމާ އެކު ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔަ އެވެ. އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން، އެ މެމްބަރުން ކުރިން ސޮއިކޮށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު...

August 29, 2017 29
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސާބަސް: ފަލާހް

އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން ރޭ ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓާއި އެހެނިހެން...

August 29, 2017 76
ބައި އިލެކްޝަން ކާމިޔާބު ކުރާނަން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައި، ބައި އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުތައް ކާމިޔާބުކޮށް،...

27 އޯގަސްޓް

August 27, 2017 5
ކޯޓުން އެދުނީ ޝަކުވާ ލިޔުމުން ހުށަހަޅަން: މެމްބަރުން

ސުޕްރީމް ކޯޓުން އެދުނީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރުންގެ ޝަކުވާއެއް އޮތް ނަމަ، އެކަން ލިޔުމަކުން އެ ކޯޓަށް ހުށަހަޅަން ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

August 27, 2017 13
މަސްއޫލިއްޔަތު އަދާނުކުރެވޭ މެމްބަރުންތަކެއް އެބަތިބި

އެކި ދައުވާތަކާއި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ތިބީ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި ކަމަށް...

August 27, 2017 17
"ހުކުމް އަވަސްކުރަން ސިފައިންނާއި ފުލުހުން އެދެންޖެހޭ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމް ކުރުން އަވަސްކޮށްދޭން ފުލުހުންނާއި ސިފައިން އެ ކޯޓުގައި އެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ...

26 އޯގަސްޓް

August 26, 2017 55
އޯޑިއޯއާ ގުޅިގެން ކަނޑާލި މީހާގެ ނަން ހާމަކޮށްފި

ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުކޮށްލި މައްސަލާގައި އެއްވެސް މީހަކު...

August 26, 2017 11
ހައްގުތަކަށް އިހުތިރާމް ކުރަން ކެނެޑާއިން ގޮވާލައިފި

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އިހުތިރާމްކުރުމަށް ރާއްޖެ އަށް ކެނެޑާ އިން ގޮވާލައިފި އެވެ.

24 އޯގަސްޓް

August 24, 2017 12
"މަޖިލިސް މިނިވަންކަމާއެކު މަސައްކަތް ކުރެވެންޖެހޭނެ"

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މާހައުލެއް ގާއިމްކުރަން އެމެރިކާ އިން ރާއްޖެ އަށް ގޮވާލައިފި އެވެ.

August 24, 2017 66
ބިސް ކޮތަޅު އޮތީ މެމްބަރު އައްސަދުގެ އަތުގައި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ބިހުގެ ކުޅިވަރު" މެމްބަރުން ކުޅުއްވިއިރު، ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ބިސް ކޮތަޅެއް ގެންގުޅުއްވާ ވީޑިއޯ، ގަލޮޅު ދެކުނު...

23 އޯގަސްޓް

August 23, 2017 21
ޕީޕީއެމްގެ މެމްބަރުންނަށް ހަމަލަދިން މައްސަލަ މަޖިލިހަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިންގި ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް އިދިކޮޅު މެމްބަރުން ހަމަލަ ދިން ކަމަށް ބުނެ އެ މައްސަލަ ބެލުމަށް މަޖިލީހުގެ...

August 23, 2017 10
ދައުރުގެ ފަހު ޖަލްސާ މާދަމާ، މެމްބަރުން ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ފަހު ޗުއްޓީއަށް ވަޑައިގަތުމަށް މެމްބަރުން ނިންމަވައިފި އެވެ.

22 އޯގަސްޓް

August 22, 2017 13
ފާރިސްގެ ސިޓީތަކަށް މަޖިލީހުން ޖަވާބެއް ނުދިން:މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ މިދިޔަ މަހު ހައްޔަރުކޮށްފައިވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން މަޖިލިހުގެ...

August 22, 2017 33
މުންދަށް ސަފީރުކަން ދިން ގޮތް ލަންކާއާ ހިއްސާކުރަނީ

ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރު" ކޮށްގެން މާދަމާ ޖަލްސާ ބާއްވަން އުޅެނީ ސްރީ ލަންކާގެ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖައްސަން މަޖިލީހުގެ...

21 އޯގަސްޓް

August 21, 2017 4
ފާރިސް މަޖިލީހަށް ގެންދަން މަޖިލީހުން ނޭދޭ: ވަކީލު

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް، މާފުށީ ޖަލުގައި ބަންދުގައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހާޒިރުކޮށް ދިނުމަށް މަޖިލީހުގެ އިދާރާ އިން...

August 21, 2017 10
އަނިލްގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުލައިފި

އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުލައިގެން ދިއުމުން އެ މެމްބަރުން...