06 އޯގަސްޓް

August 06, 2019 30
ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށް ރިސޯޓް ހެދުމަށް ދެ ރަށް ދީފައިވާ ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް މެދު ކަނޑާލި މައްސަލާގައި އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

09 ޖުލައި

July 09, 2019 17
އެމްޓީސީސީ ސަލާމަތްކުރަން ދަތުރުފަތުރަށް އާ ކުންފުންޏެއް

އާއްމު ދަތުރުފަތުރުގެ ހިދުމަތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ވަމުންދާ ގެއްލުމުން ސަލާމަތްވުމަށް އާ ކުންފުންޏެއް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

21 ޖޫން

June 21, 2019 4
އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހުކޮށްފި

ހއ. އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ. މިއީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް ފައިސަލް ފެއްޓެވި...

June 21, 2019 11
ހޯރަފުށީގައި ސްޕީޑްފެރީގެ ހިދުމަތް، އުންމީދީ ބަދަލެއް!

ހއ. ހޯރަފުށީގައި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިފްތިތާހުކޮށް ދެއްވި ސްޕީޑް ފެރީގެ ހިދުމަތާ އެކު، މިއީ ތަރައްގީ އަށް އިތުރުވި ބޮޅެއް ކަމަށް އެ ރަށު މީހުން ބުނެފި އެވެ.

19 މެއި

May 19, 2019 19
އެމްޓީސީސީ: އެންމެ ބޮޑު ބޮލުރިހުމަކީ ދަތުރުފަތުރު!

އެމްޓީސީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުންޏަށް ވަމުންދާ ގެންލުންތަކުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިދިޔަ އަހަރުގެ ފައިދާ އިންތިހާ އަށް ދަށްވެފައިވާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ވަނީ 45 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. މިދިޔަ އަހަރުގެ ފުރަަތަމަ ކުރާޓަރުގައި ވަނީ 9.7...

16 އެޕްރީލް

April 16, 2019 11
ހއ. އާއި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީ ފަށައިފި

ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. އަތޮޅުގައި އެމްޓީސީސީން ލޯންޗް ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

10 މާޗް

March 10, 2019 5
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޓީސީސީގެ ބަސްތަކާއި ފެރީތަކުގައި މިއަދުން ފެށިގެން ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

24 ފެބުރުއަރީ

February 24, 2019 15
އެއާޕޯޓް ފެރީ ފުރުން މާލެ-ހުޅުމާލެ ފެރީ ޓާމިނަލަށް

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ ފެރީތައް މާލެއިން ފުރާ ސަރަހައްދަކަށް މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ހަމަޖައްސައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 24
ހުޅުމާލެއަށް ހަމައެކަނި އޭސީ ފެރީގެ ދަތުރުތައް ބާއްވަނީ

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު ފެރީ ދަތުރުތަކުގެ ޑިމާންޑް ދަށްވުމުން، ހުޅުމާލެ އާއި މާލެއާ ދެމެދު މާދަމާ އިން ފެށިގެން ހަމައެކަނި އޭސީ ފެރީތަކުގެ ދަތުރުތައް ބާއްވަން އެމްޓީސީސީން ނިންމައިފި އެވެ.

03 އޮކްޓޯބަރ

October 03, 2018 13
ހުޅުމާލޭ ސައިކަލް ފެރީގެ ހިދުމަތް ހުއްޓާލައިފި

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުން، ސައިކަލް ފެރީތަކަށް އޮތް ޑިމާންޑް ދަށްވުމުން، އެ ހިދުމަތް އެމްޓީސީސީން ހުއްޓާލައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2018 15
ބްރިޖް ހުޅުވާލުމާއެކު ހުޅުމާލެ ފެރީ ޓާމިނަލް ފަޅުވެއްޖެ

މީގެ ކުރިން، ހަފުތާ ބަންދުގައި ބާރުބޮޑުކޮށް އޮންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް އިއްޔެ އާއި މިއަދު ފެންނަނީ މުޅިން ތަފާތު ކޮށެވެ. މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް އާއި ހުޅުމާލޭގައި ހުންނަ ޓާމިނަލަކީ ހުކުރާއި ހޮނިހިރު ދުވަހު، މީހުން ގިނަވެގެން ގޮސް ނުކަތާ ވަރުވެފައި އޮންނަ ތަނަކަށް ވިޔަސް، ސިނަމާލެ ބްރިޖު އިއްޔެ އާންމުކޮށް...

28 އޯގަސްޓް

August 28, 2018 36
ބްރިޖު ހުޅުވުމުން ފެރީތައް މަދުކުރާނެ: އެމްޓީސީސީ

އަންނަ ބުރާސްފަތި ދުވަހު މާލެ، ހުޅުލެ ބްރިޖު ހުޅުވުމުން ހުޅުލެ އާއި ހުޅުމާލޭގެ ފެރީތައް މަދުކުރާނެ ކަމަށް އެމްޓީސީން މިއަދު ބުނެފި އެވެ.

24 މެއި

May 24, 2018 1
"ވިއްސާރައިގެ ސަބަބުން ފެރީ ދަތުރު ލަސްވެދާނެ"

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، ހުޅުމާލެ އާއި ވިލިމާލެ އާއި ހުޅުލޭ ފެރީ ދަތުރުތަކަށް ބުރޫއަރައި ދަތުރުތައް ލަސްވެދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

May 24, 2018 1
މޫސުން ގޯސްވެ، ގިނަ އަތޮޅު ފެރީތައް ކެންސަލްކޮށްފި

އެމްޓީސީސީން އަތޮޅުތަކުގައި ދުއްވާ އަތޮޅު ފެރީތައް، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލްކޮށްފި އެވެ.

01 މާޗް

March 01, 2018 6
އާ އޭސީ ފެރީ ހިދުމަތަށް ނެރެ، ދަތުރުތައް އަވަސްކުރަނީ

އެމްޓީސީސީން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަން ފެށި އޭސީ ދެ ފެރީގެ ހިދުމަތް މި މަހު 15ގައި ފަށައި، ދަތުރު ކުރާ ގަޑި 15 މިނިޓަށް އަވަސް ކުރަން ނިންމައިފި އެވެ.

30 އޯގަސްޓް

August 30, 2017 9
އާ ތިން އޭސީ ފެރީ އޮކްޓޯބަރު މަހު ގެންނާނެ

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި، ތިން އޭސީ ފެރީ (ޕްރީމިއަމް ލިންކް) އަންނަ އޮކްޓޯބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީން ރޭ ބުނެފި އެވެ.

11 ޖޫން

June 11, 2017 3
ހުޅުމާލެ އަށް އޭސީ އިތުރު ފެރީއެއް ފަށައިފި

އެމްޓީސީސީން މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ އިތުރު ފެރީއެއް ދުއްވަން ފަށައިފި އެވެ.

31 ޖެނުއަރީ

January 31, 2017 5
ފެރީ ސަބްސިޑީ ކަނޑާލުމުން އެމްޓީސީސީގެ ފައިދާ ދަށަށް

ސަރުކާރުން އެމްޓީސީސީ އަށް ދެމުން އައި ފެރީ ސަބްސިޑީ މާޗް މަހުން ފެށިގެން ކަނޑާލުމުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ ދަށްވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2016 19
ބޮޑު ފެރީ ނެތުމުން ޓާމިނަލަށް ބާރުބޮޑުވެފައި

ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރި ޑަބަލް ޑެކް ފެރީ މަރާމާތަށް އެހެލާފައި އޮތުމުން ފެރީގެ ހިދުމަތް ހޯދާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާން ފަށައިފި އެވެ.

05 ޖުލައި

July 05, 2016 5
ފެރީގެ ހިދުމަތްދޭ ނުވަ އަތޮޅުގައި ނަގާ އަގު ބޮޑެއް ނޫން

އެމްޓީސީސީން ނުވަ އަތޮޅެއްގައި ދެމުން އަންނަ ފެރީ ހިދުމަތުގެ އަގު ނަގަނީ މީގެ ކުރިން މި ސަރަހައްދުތަކުގައި އާންމު ފެރީގެ ހިދުމަތް ދެމުންދިޔަ އަގުގައި ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

02 ޖުލައި

July 02, 2016 17
އިތުރު ނުވަ އަތޮޅެއްގައި ފެރީގެ ހިދުމަތް ފަށައިފި

އެމްޓީސީސީން އިތުރު ނުވަ އަތޮޅެއްގައި ފެރީގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.

27 ޖޫން

June 27, 2016 15
މުޅި ރާއްޖޭގައި އެމްޓީސީސީން ފެރީގެ ހިދުމަތް ފަށަނީ

ރާއްޖޭގެ ދެ ސަރަހައްދެއް ފިޔަވައި ހުރިހާ ސަރަހައްދެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފެރީގެ ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެ އެވެ.