07 ޖެނުއަރީ

January 07, 2020 12
ބަސް ދުއްވާއިރު އެހެން މީހުން ވެސް ސަމާލުވާންޖެހޭ

ބަސް ދުއްވާފައި ދާއިރު އެހެން މީހުން ސަމާލުކަން ދޭންވީ ކަންކަން ކިޔައިދޭ ވީޑިއޯއެއް އެމްޓީސީސީން މިއަދު އާންމުކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2019 28
ބަސް ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އެމްޓީސީސީގެ ބަސް ޑްރައިވަރާ ދޭތެރޭ އަޅާނެ ފިޔަވަޅަކާ މެދު ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2019 19
ނިދާފައި އިނދެ ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި

އެމްޓީސީސީގެ ބަހެއް ފަރުވާކުޑަކޮށް ދުއްވި މައްސަލައެއްގައި އެ ބަސް ދުއްވި ޑްރައިވަރު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2019 19
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން ރޭ ހަތް ދުވަސް ދީފި އެވެ.

13 ނޮވެމްބަރ

November 13, 2019 30
މުޅި އާއިލާ އަށް ކަރުނައިގެ ދުވަހެއް!

ހުޅުމާލޭގެ ސަހަރާގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން ފާތުމަތު އަންޖުމް ޝަފީގް (އަންޖުމް)ގެ ބައްޕަ، ޝަފީގު މޫސާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު، ކުޑަކުޑަ ކުއްޖަކު އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އެވެ. އެއީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދުނިޔެ ދޫކުރި، އަންޖުމް އާ ތިމާގެ ކަމުގެ ގޮތުން ދައްތަ ކިޔާ...

November 13, 2019 76
އެކްސިޑެންޓްވިކަން ބަހުގެ ފަސިންޖަރުންނަކަށް ވެސް ނޭނގޭ

ހުޅުމާލޭގައި ބްރިޖަށް އަރާ މަގުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަން، އެކްސިޑެންޓްވި ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

November 13, 2019 66
ރޭ މަރުވީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު

މާލޭގައި ދިރިއުޅޭ ފާތިމަތު އަންޖުމް ޝަފީގް، 13، އިއްޔެ އޭނާގެ މަންމައާ އެކު ހުޅުމާލެ އަށް ދިޔައީ އާއިލާ މީހަކާ ބައްދަލުކުރާށެވެ. އެއަށް ފަހު މާލެ އައުމަށް ފެށި ދަތުރުވީ އަންޖުންގެ...

12 ނޮވެމްބަރ

November 12, 2019 147
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު

ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި މިރޭ ސައިކަލަކާއި އެމްޓީސީސީގެ ބަހެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

22 މެއި

May 22, 2019 27
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!

މާލޭ ގައި ބަސް ދަތުރުތައް ހަމަޖައްސައިދޭ ކުންފުނިން، މާލޭގެ މަގުތައް ބޭނުން ކުރާ މީހުންގެ ރައްކަލަކަށްޓަކައި، ފިޔަވަޅުތަކެއް އަޅައިފި ކަން ޢާއްމުކޮށްފި އެވެ. މާލޭގެ މަގުތަކުގައި ބަސް ދުއްވުމުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި ފިޔަވަޅު މި އެޅީ މަގުމަތީގައި ހިނގާބިނގާ މީހުން އުޅޭ ސަރަހައްދުން ކަސްރަތަށް ނުކުމެ އުޅުނު މީހަކު ބަސް...

19 މެއި

May 19, 2019 4
ބަސް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ޔުކްރެއިންގެ އަންހެނަކު ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކު ޖެހި އޭނާ މަރުވި މައްސަލާގައި، އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

15 މެއި

May 15, 2019 8
އެމްޓީސީސީގެ ބަސް ދުއްވާ ނިޒާމު ވަރުގަދަކުރަނީ

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ، ޔުކުރެއިނުގެ ޓޫރިސްޓު އަންހެން މީހާ މަރުވި މައްސަލަ އަށް ފަހު، ބަސްތައް ދުއްވުމުގެ ގަވައިދުތައް މުރާޖައާ ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އިއްޔެ ވިދާޅުވެއްޖެ އެވެ.

12 މެއި

May 12, 2019 9
ބަސް ޑްރައިވަރުން އެއްގަމުގެ ގާނޫނުތަކަށް ހޭލުންތެރިކުރުވަނީ

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް އެމްޓީސީސީގެ ބަސް ޑްރައިވަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

09 މެއި

May 09, 2019 87
މިއަދު ވެސް އެކްސިޑެންޓްވީ ޑްރައިވަރު ނިދި ޖެހިގެން

ހުޅުމާލޭގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެން މިއަދު ވެސް އެކްސިޑެންޓު ހިނގީ ބަސް ދުއްވި ޑްރައިވަރު ނިިދި ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.

May 09, 2019 14
އެމްޓީސީސީގެ ބަހަކުން ކާރެއްގައި ޖެހި އެކްސިޑެންޓްވެއްޖެ

ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ކާރެއްގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.

May 09, 2019 9
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވާފައު ދިޔަ، އެމްޓީސީސީގެ ބަހެއްގެ ދަށުވެ މީހަކު މަރުވި މައްސަލައިގައި، އެ ބަސް ދުއްވަން އިން ޑްރައިވަރު އިތުރު ހަތް ދުވަހު ބަންދުގައި...

07 މެއި

May 07, 2019 28
މަރުވި މީހާގެ އާއިލާއަށް އެމްޓީސީސީން އެހީތެރިވަނީ

ހުޅުމާލޭގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިންގެ އަންހެން މީހާގެ އާއިލާއަށް އެހީތެރިވަމުން އަންނަ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

May 07, 2019 25
ޑްރައިވަރު ސިހިފައި ސްޕީޑަށް، ދެން ކޮންޓްރޯލެއް ނުވި!

އިއްޔެ ހެނދުނު ހުޅުމާލޭގައި ޔުކްރެއިންގެ ޒުވާން އަންހެން ޓޫރިސްޓަކު މަރުވި ހިތާމަވެރި ހާދިސާ ހިނގީ، އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިފައި އިންދާ އެހީތެރިޔާ ގޮވާލުމުން، އޮޅިގެން...

06 މެއި

May 06, 2019 26
ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ: ޝާހު

ދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ޑްރައިވަރުންގެ...

May 06, 2019 123
ނިދާފައިއިނދެ ދުއްވި ބަހެއްގެ ދަށުވެ މީހަކު މަރުވެެއްޖެ

ހުޅުމާލޭގައި މިއަދު ހެނދުނު ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވެއްޖެ އެވެ.