08 ސެޕްޓެމްބަރ

September 08, 2020 1
ސަންޖޭ ކީމޯތެރަޕީގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފި

ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކީމޯތެޕަރީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

02 ސެޕްޓެމްބަރ

September 02, 2020 2
ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތް: ސީބީއައި

ސީބީއައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް

25 އޯގަސްޓް

August 25, 2020 2
ކޮވިޑް-19 އިން ރަނގަޅުވެ އަމީތާބް މަސައްކަތަށް

ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެެން ފަރުވާ ހޯދި ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

02 އޯގަސްޓް

August 02, 2020 1
ސުޝާންތުގެ މަރު: ރިއާ ތުހުމަތުތައް ދޮގުކޮށްފި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި އިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ އަށް އާއިލާ އިން ކުރި ތުހުމަތުތަށް ރިއާ ދޮގުކޮށްފި އެވެ.

30 ޖުލައި

July 30, 2020 12
ސުޝާންތުގެ މަރު: ލޯބިވެރިޔާއަށް ޝައްކުތައް އިތުރުވަނީ!

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރާ އެކު މުޅި ބޮލީވުޑް އޮތީ ބޮޑު ހާޖާނުގަނޑެއްގެ ތެރޭގަ އެވެ. އޭނާ މުމްބާއީގައި ދިރިއުޅު އެޕާޓްމަންޓްގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި ވާހަކައާ އެކު، އެތައް ސުވާލެއް އުފެދި، އެތައް ބަޔަކަށް ވަނީ އިނގިލި ދިއްކުރެވިފަ އެވެ. އެގޮތުން ސުޝާންތުގެ މަރުގެ ޒިންމާ ބޮލީވުޑްގެ ނުފޫޒު...

29 ޖުލައި

July 29, 2020 2
ކުރީގެ ބަތަލާ ކުމްކުމް މަރުވެއްޖެ

އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވަތައް ކަމަށްވާ "މެރޭ މެހެބޫބް ގަޔާމަތު ހޯގީ" އާއި "ކަބީ އާރް ކަބީ ޕާރް ލަގާ ތީރޭ ނަޒަރު" އިން ފެންނަ ބޮލީވުޑްގެ ކުރީގެ ބަތަލާ ކުމްކުމް އަންގާރަ ދުވަހު މަރުވެއްޖެ އެވެ.

20 ޖޫން

June 20, 2020 1
ސުޝާންތުގެ ހަޔާތުގެ ވާހަކަ ފިލްމަކަށް!

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އަމިއްލަ އަށް މަރުވި ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން ނިންމައި، އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

18 ޖޫން

June 18, 2020 1
ޑިޕްރެޝަނަށް ދިޔަ، އެހީވީ ރައްޓެހިން: އަޝިޝް

މީގެ 12 އަހަރު ކުރިން އާއިލާގެ ބަޔަކު ހިތާމަވެރި ހާދިސާއެއްގައި މަރުވުމުން ޑިޕްރެޝަނުގެ ތެރެއަށް ވަރަށް ބޮޑަށް ދިޔަ ކަމަށާއި އެކަމުން އަރައިގަނެވުނީ ރައްޓެހިންގެ އެހީ އާއި މަދަދާ އެކު ކަމަށް އެކްޓަރު އަޝިޝް ޗައުދަރީ ބުނެފި އެވެ.

14 ޖޫން

June 14, 2020 2
ޝްރަދާ ޝޫޓިންތަކަށް ދިޔަކަ ނުދޭނަން: ޝަކްތީ

ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިން ނަމަވެސް އަދިވެސް ފިލްމީ މަސައްކަތްތައް ފަށަން ރައްކާތެރި ނޫން ކަމަށާއި ދަރިފުޅު ޝްރަދާ ކަޕޫރަށް މަސައްކަތްތަކަށް ދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރް ބުނެފި އެވެ.

10 ޖޫން

June 10, 2020 1
މަހީމާގެ ކެރިއަރު ހުއްޓުނީ ނުރައްކާތެރި އެކްސިޑެންޓަކުން

އެކްސިޑެންޓެއްގައި ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށާއި އެ ހާދިސާގައި މޫނަށް ލިބުނު ގެއްލުންތަކާ ހެދި ވަރަށް ގިނަ ފިލްމުތަކެއް ދޫކޮށްލަން ޖެހުނު ކަމަށް ކުރީގެ ބަތަލާ މަހީމާ ޗައުރަދީ ބުނެފި އެވެ.

09 މެއި

May 09, 2020
އިންޑިއާގައި ފިލްމު ޝޫޓިންތައް ނުފަށަން ގޮވާލައިފި

ކޮރޯނާވައިރަހާ ހެދި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ތެރޭގައި އިންޑިއާގެ އެއްވެސް ފިލްމީ މަސައްކަތެއް ނުފެށުމަށާއި މި ވަގުތު އެކަން ކޮށްފި ނަމަ އެއީ އަމިއްލަ އަށް ކަށްވަޅުކޮނުން ކަހަލަ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން ބުނެފި އެވެ.