08 ޑިސެމްބަރ

December 08, 2018 1
މިކާ ސިންގް ޔޫއޭއީގައި ހައްޔަރުކޮށްފި

ބްރެޒިލްގެ ފުރާވަރު އުމުރުގެ މޮޑެލްއަކަށް ބޭއަދަބީ ފޮޓޯތަކެއް ފޮނުވި ކަމަށް ބުނާ މައްސަލައެއްގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ޔޫއޭއީގައި ހައްޔަރުކޮށްފި އެވެ.

December 08, 2018 1
އިންޑިއަން އައިޑޮލްގެ ޖަޖަކަށްވުމަކީ ބޮޑު ޝަރަފެއް: ނޭހާ

ސޮނީ ޓީވީން މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖެއްގެ ގޮތުގައި މަސައްކަތްކޮށްލަން ލިބުމަކީ ހުވަފެނަކުން ވެސް ނުދެކޭ ވަރުގެ ޝަރަފަކާއި ކާމިޔާބީއެއް ކަމަށް އިންޑިއާގެ...

07 ޑިސެމްބަރ

December 07, 2018
ޑީޖޭ މާޝްމެލޯ ފެބްރުއަރީގައި އިންޑިއާ އަށް

މީގެ ކުރިން ވެސް އިންޑިއާގައި ޕަފޯމްކޮށްފައިވާ އެމެރިކާގެ މަޝްހޫރު ޑީޖޭ ކްރިސްޓޯފާ ކޮމްސްޓޮކް ނުވަތަ މަޝްހޫރު ނަމުން ނަމަ މާޝްމެލޯ، އަންނަ ފެބްރުއަރީ މަހު އިންޑިއާގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2018
ޕްރިންސްގެ މިއުޒިކަށް ހާއްސަ ފިލްމެއް ހަދަނީ

ދެހާސް ސޯޅައިގައި މަރުވި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕްރިންސްގެ މިއުޒިކް ބޭނުންކޮށްގެން، އޭނާގެ ޝައުގުވެރި މިއުޒިކަށް ހާއްސަ ފިލްމެއް ހަދަން ޔުނިވާސަލް ޕިކްޗާޒް އިން ނިންމައިފި އެވެ.

04 ޑިސެމްބަރ

December 04, 2018 1
ކައިވެނީގެ ހަފުލާގައި ހަވާ އެރުވުމުން ޕްރިޔަންކާ އަށް ފާޑުކިޔުން

އިންޑިއާގައި ފާހަގަ ކުރާ ދިވާލީ ފަދަ ހާއްސަ މުނާސަބުތަކާ ގުޅުވައިގެން ހަވާ އަރުވައި، ބަޑިބޭހުގެ ތަފާތު ކުޅިވަރުތުތައް ކުޅުމަކީ ސަގާފީ އާދައެކެވެ. އެކަމަކު މި ފަހުން ބަޑިބޭހުގެ ކުޅިވަރުތަކުގެ ސަބަބުން ނުރައްކާތެރި ބައެއް ހާދިސާތައް ހިނގާފައިވުމާއި އޭގެ ސަބަބުން ޖައްވު ނުސާފުވެ، އަޑުފަށްގަނޑު ވެސް ގަދަވާތީ ބަޑިބޭހުގެ ކުޅިވަރު...

02 ޑިސެމްބަރ

December 02, 2018
ޒޭން މާލިކްގެ އަލްބަމް މި މަހުގެ 14 ގައި ނެރެނީ

އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ ދެވަނަ ސޯލޯ އަލްބަމް "އިކާރަސް ފޯލް" މި މަހުގެ 14 ވަނަ ދުވަހު ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

December 02, 2018 5
ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އިއްޔެ ކައިވެނިކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2018
ބައްޕީ ލެހިރީ ފިލްމެއް ޑައިރެކްޓް ކުރަނީ

އުމުރުން ދުވަސް ވިޔަސް ފަނޑުވުމެއް ނެތް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯޒަރު ބައްޕީ ލެހިރީ ފިލްމެއް ޑައިރެކްޓް ކުރަން ނިންމައިފި އެވެ.

26 ނޮވެމްބަރ

November 26, 2018
ދަ ވީކެންޑާއި ބެލާ އެންގޭޖް ވަނީ

މިދިޔަ އަހަރު އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްއާ ކައިވެނި ކުރަން އުޅުނު ކަމަށް ވަރަށް ބޮޑަށް އަޑު ފެތުރުނު ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް އާއި އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހަޑީޑް އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ދެ މީހުން ރައްޓެހިވެގެން...

25 ނޮވެމްބަރ

November 25, 2018 1
އިންޑިއަން އައިޑޮލްގެ މިރޭގެ ޝޯ ޒީނަތަށް ހާއްސަ

ސޮނީ ޓީވީން ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ފެށީއްސުރެ މީގެ ފޯރި ވަރަށް ގަދަ އެވެ. ފިލްމުތައް ޕްރޮމޯޓް ކުރަން ތަރިން ޝޯ އަށް ދިއުމާއި އެހާރާއި މިހާރުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް ޓްރިބިއުޓް ދިނުން ފަދަ ކަންކަން އައިޑޮލްގެ ޝޯގެ ތެރެއިން ވަރަށް ބޮޑަށް އަންނަނީ ފެންނަމުންނެވެ.

24 ނޮވެމްބަރ

November 24, 2018
ޖޯނަސް ބުލޫ ޓުއާއެއްގައި އިންޑިއާ އަށް

ދުނިޔޭގެ މަޝްހޫރު މިއުޒިޝަން ޓުއާތަކުގައި އިންޑިއާ އަށް ވަރަށް ބޮޑަށް މިސްރާބު ޖަހާފައިވާ އިރު، މި ލިސްޓަށް އަނެއްކާ ވެސް އާ ފަންނާނަކު އިތުރުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2018
ކައިވެނި ކުރިކަން ޖަސްޓިން ބީބާ ކަށަވަރުކޮށް ދީފި

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ކައިވެނިކޮށްފި ކަމަށް ބުނެ ވާހަކަ ދެކެވޭތާ ގާތްގަނޑަށް ތިން މަހެއްހާ ދުވަސް ފަހުން އޭނާ އެކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށް ދީފި...

November 18, 2018 2
ޕްރިޔަންކާގެ ލޯބިވެރިޔާ ހަކުރު ބައްޔަށް ފަރުވާ ހޯދަނީ

މީގެ 13 އަހަރު ކުރިން ހަކުރު ބަލީގެ ޝިކާރައަކަށްވެ، އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ވާން އުޅޭ ފިރިމީހާ، އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް...

17 ނޮވެމްބަރ

November 17, 2018
ކްރިސް ކޯނެލް އަށް ޓްރިބިއުޓެއް ދެނީ

މިދިޔަ އަހަރު މަރުވެފައިވާ އެމެރިކާގެ މަޝްހޫރު މިއުޒިޝަން ކްރިސް ކޯނެލްގެ ހަނދާންތައް އާ ކުރުމުގެ ގޮތުން އޭނާގެ އާއިލާ އާއި ރައްޓެހިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ޓްރިބިއުޓް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

12 ނޮވެމްބަރ

November 12, 2018
އަލްބަމަކާ އެކު "ބެކްސްޓްރީ ބޯއިސް" ޓުއާއަކަށް

ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދައިލި އެއް ބޭންޑް ކަމަށްވާ އެމެރިކާގެ "ބެކްސްޓްރީޓް ބޯއިސް" އާ އަލްބަމަކާ އެކު އަންނަ އަހަރު ވޯލްޑް ޓުއާކަށް ނުކުންނަން ނިންމައިފި އެވެ.

11 ނޮވެމްބަރ

November 11, 2018
"ޗެއިންސްމޯކާސް" ހަމައެކަނި މިއުޒިކަށް ހުހެއް ނުވާނެ

"ޗެއިންސްމޯކާސް" ގެ ޑީޖޭއިންގެ ގޮތުގައި މަޝްހޫރުކަން ހޯދި އެމެރިކާގެ ދެ މިއުޒިޝަނުން ކަމަށްވާ އެލެކްސް ޕޯލް އާއި އެންޑްރޫ ޓެގާޓް އެ މީހުންގެ މަސައްކަތްތައް ހަމައެކަނި މިއުޒިކަށް...

November 11, 2018
މެގް ރަޔަން އަލުން އެންގޭޖްވެއްޖެ

"ވެން ހެރީ މެޓް ސެލީ" އާއި "ފްރެންޗް ކިސް" އަދި "ސްލީޕްލެސް އިން ސިއޭޓްލް" ފަދަ ކާމިޔާބު ރޮމޭންޓިކް ކޮމެޑީތައް ކުޅެގެން "ރޮމޭންޓިކް ކްއީން" ގެ ނަމުން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ބަތަލާ...

07 ނޮވެމްބަރ

November 07, 2018
"ސްޕައިސް ގާލްސް" ގެ ޓުއާ އަންނަ އަހަރު

ފަސް މެމްބަރުން ހިމެނުނު އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ހަތަރު މެމްބަރުންނާ އެކު އަންނަ އަހަރު ޓުއާއަކަށް ނުކުނަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

04 ނޮވެމްބަރ

November 04, 2018 2
"ހީލީމާ" ގެ އާ ވާޝަނެއް ހަދަނީ

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް 2016 ގައި ގެނެސްދިން ވީޑިއޯ ލަވަ "ހީލީމާ" އަކީ ވަރަށް ބޮޑަަށް ވައިގައި ހިފި ލަވައެކެވެ. އަމިއްލަ ރާގަކަށް ހަދާފައިވާ ވަރަށް މަޑުމައިތިރި މި ލޯބީގެ ލަވައިން ފެނުނީ ބަތަލާ މަރިޔަމް އައްޒަ އާއި އޭނާގެ ކުރީގެ ފިރިމީހާ އިސްމާއީލް (ޖުމާ) ޖުމައިހު އެވެ.

01 ނޮވެމްބަރ

November 01, 2018 2
އިންސްޓަގްރާމްގެ ރަސްގެފާނަކީ ރޮނާލްޑޯ

އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ފަހަތަށް ޖައްސައިލުމަށް ފަހު، މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓްގަރާމްގެ ތަހުތަށް އަރައި ރަސްކަން ކުރަން ފަށައިފި އެވެ.

30 އޮކްޓޯބަރ

October 30, 2018 1
އިންޑިއަން އައިޑޮލް 10 އަށް ދެން ދާނީ ގެސްޓް ޖަޖުން

ސޮނީ ޓީވީން މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ހިމެނޭ އައްނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމާ ގުޅިގެން އޭނާ ޝޯ އިން ވަކިކޮށްފައި ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޝޯގެ އަނެއް ދެ ޖަޖުންނާ އެކު ބައިވެރިވާނީ ގެސްޓް ޖަޖުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2018 2
ސަޗިން-ޖިގަރަށް ވެސް ޖިންސީ ގޯނާގެ ތުހުމަތު

ބޮލީވުޑްގެ އެތައް ފިލްމަކަށް މިހާތަނަށް ހިތްގައިމު އެތައް ލަވައެއްގެ މިއުޒިކް ހަދައި ދީފައިވާ ޒުވާން ދެ މިއުޒިކް ޕާޓްނަރުން ކަމަށްވާ ސަޖިން އާއި ޖިގަރް އަށް ވެސް ޖިންސީ ގޯނާގެ...

October 27, 2018 5
އަޔަލެންޑްގެ ލަވަކިޔުންތެރިޔާ ޝިނީޑް އިސްލާމްވެއްޖެ

"ނަތިން ކޮމްޕެޔާސް 2 ޔޫ" ފަދަ ލަވަތައް ކިޔައިގެން މަޝްހޫރުކަން ހޯދި އަޔަލެންޑްގެ އަންހެން ލަވަކިޔުންތެރިޔާ ޝިނީޑް އޯކޯނާ އިސްލާމްވެއްޖެ އެވެ.

26 އޮކްޓޯބަރ

October 26, 2018 4
ޕްރިޔަންކާ އަށް ނިކް އަގު ބޮޑު ގެއެއް ގަނެ ދީފި

އެންގޭޖްވެ، މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ އަށް އޭނާގެ އެމެރިކާގެ ލޯބިވެރިޔާ، ހިތްގައިމު އަދި އަގު ބޮޑު ގެއެއް ގަނެދީފި އެވެ.

25 އޮކްޓޯބަރ

October 25, 2018
އިނގިރޭސި ބޭންޑް "ދަ ވޭމްޕްސް" އިންޑިއާގައި

މީގެ ދެ އަހަރު ކުރިން ވެސް އިންޑިއާގައި ފަޕޯމްކޮށްފައިވާ އިނގިރޭސިވިލާތުގެ ބޭންޑް "ދަ ވޭމްޕްސް" އަނެއްކާ ވެސް ކޮންސަޓްތަކެއް ބާއްވަން އިންޑިއާ އަށް ދަތުރެއް ފަށައިފި އެވެ.