22 އޮކްޓޯބަރ

October 22, 2016 1
"ސައުންޑްސް އޮފް މޯލްޑިވްސް" ސިންގަޕޫރަށް ބަދަލުކޮށްފި

މިހާރު ހަމަޖެހިފައި އޮތް ގޮތުން ނަމަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯ ކުރިއަށް ދާނީ އަންނަ ފެބްރުއަރީ މަހުގެ 24-26 އަށް ސިންގަޕޫރުގެ ސަންޓެކް ސިޓީގައި.

20 އޮކްޓޯބަރ

October 20, 2016 2
ފްލޫ ނާޝިދަށް ދަފުތަރެއް ހުޅުވައިފި

ދަފުތަރު ހުޅުވާފައި ވަނީ ސީ ހައުސް ރެސްޓޯރަންޓާއި ޖޭޒް ކެފޭގައި އާއިލާގެ ފަރާތުން.

15 އޮކްޓޯބަރ

October 15, 2016
އިކްއޭޓިކް ވައިބްގެ "ކުލަތައް" ނެރެފި

ޒުވާނުންގެ މެދުގައި މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑް އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް "ކުލަތައް" ނެރެފި އެވެ. އަލްބަމް ރިލީޒްކުރީ އެކަމަށް ހާއްސަކޮށްގެން އޮލިމްޕަހުގައި ބޭއްވި ކުލަ ގަދަ ޝޯއެއްގަ އެވެ. ޝޯގައި ވަނީ އަލްބަމްގެ ލަވަތައް ވެސް ކުޅެފަ އެވެ.

14 އޮކްޓޯބަރ

October 14, 2016 3
ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ސިއްރު ދިރިއުޅުން

ކިޝޯރު ކުމާރު މި ދުނިޔެ ދޫކުރީ އޮކްޓޯބަރު 13، 1987 ގައެވެ. އޭގެ ފަހުން 30 އަހަރު ވަނީ އެވެ. ނަމަވެސް މިއަދުވެސް އޭނާގެ ހަނދާންތައް ހިންދީ ލަވައަށް ލޯބިކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައިވެ އެވެ. އަދިވެސް އޭނާގެ މަގުބޫލުކަން ފަނޑުކޮށްލެވޭ ވަރުގެ ލަވަކިޔުންތެރިއެއް ބޮލީވުޑުން އުފެދިފައި ނުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

11 އޮކްޓޯބަރ

October 11, 2016 8
ފުލޫ ނާޝިދުގެ ޖަނާޒާ ބާއްވައިފި

ކެންސަރު ބަލީގައި ރޭ އަވަހާރަވި، މަޝްހޫރު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ގެ ޖަނާޒާ މީގެ އިރުކޮޅެއް ކުރިން ބާއްވަފައިފި އެވެ.

October 11, 2016 3
ނާޝިދުގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ރާއްޖޭގެ މިއުޒިކުގެ ދާއިރާ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ގ. އަލިފުށީގޭ އަހުމަދު ނާޝިދު އަވަހާރުވުމާ ގުޅިގެން، އޭނާގެ އާއިލާ އަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ...

10 އޮކްޓޯބަރ

October 10, 2016 13
ނާޝިދު: ވަކިނުވެވޭވަރުގެ ހަނދާންތަކެއް ދޫކުރެއްވި

ހުރިހާ މިއުޒީޝަނުން ވެސް އިއްތިފާގުވާ ކަމެއް އޮވެ އެވެ؛ ފުލޫ ނާޝިދު (އަހުމަދު ނާޝިދު) ވަރުގެ ހުނަރުވެރި މިއުޒީޝަނަނަކު މި ފަސްގަނޑަކުން އަދި އުފަނެއް ނުވެ އެވެ. އެ އިއްތިފާގުވުން އެ...

October 10, 2016 33
ފުލޫ ނާޝިދު އަވަހާރަވެއްޖެ

ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) އޭޑީކޭ ހޮސްޕިޓަލްގައި ދާދި ދެންމެ އަވަހާރަވެއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2016 10
މެންބަރުންތަކެއް ގެއްލުނަސް "ހަބޭސް" އޮންނާނެ: އައްޔަ

ހަބޭހުގެ ވެރިޔާ އައްޔަ ބުނީ "ހަބޭސް" އަކީ މިހާރު ބްރޭންޑެއް ކަމަށް. އަދި އެ ބްރޭންޑް ހަލާކުކޮށް ނުލެވޭނެ ކަމަށް. އަދި ކުރިއަށް ވުރެ ބޭންޑް ވަރުގަދަވާނެ ކަމަށް އައްޔަ ބުނި.

06 އޮކްޓޯބަރ

October 06, 2016
"ކޮންސަޓް ފޮ ނާޝިދު" މިރޭ

ކޮންސަޓް ތެރޭގައި ސްވެނިއާ ޓިކެޓެއް 100ރ. އަށް ވިއްކާނެ. އަދި ބީއެމްއެލްގެ އެކައުންޓެއް މެދުވެރިކޮށް ފައިސާ ޑޮނޭޓް ކުރެވޭނެ.

05 އޮކްޓޯބަރ

October 05, 2016 4
އަލީ ވަހީދުގެ ސިޔާސީ ހިތުން ލޯބީގެ ޅެމެއް

"ހީލާ ގޮތުން، ބަލާލާ ގޮތުން މި ހިތް ހާދަ އެދެޔޭ ކަލާ ދެކިލުމަށް" މިއީ ލޯބީގެ ވާހަކަތަކެކެވެ. އެކަމަކު މި ވާހަަކަ ކިޔައިދެނީ މިހާރު ލަންޑަންގައި އުޅުއްވާ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

04 އޮކްޓޯބަރ

October 04, 2016
އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު

އޮލިމްޕިއަންސްގެ ޝޯތައް އޮންނާނީ މި މަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި. ޝޯގެ ޓިކެޓް މިހާރު އަންނަނީ 150ރ. އަށް ވިއްކަމުން.

03 އޮކްޓޯބަރ

October 03, 2016
އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް 13 ގައި

އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމްގައި ހިމެނޭނީ އަމިއްލަ ރާގުގެ ދިވެހި ހަތް ލަވަ.

02 އޮކްޓޯބަރ

October 02, 2016 9
"މޯލްޑިވިއަން އައިޑޮލް 2" ލޯންޗްކޮށްފި

"މޯލްޑިވިއަން އައިޑޮލް 2" ގެ ޖަޖުންނަކީ ކިޑީ އާއި ކުޑަ އިއްބެގެ އިތުރުން އަލަށް ޖަޖުންގެ ޕެނަލާ ގުޅުނު އައްފާން.

29 ސެޕްޓެމްބަރ

September 29, 2016 4
އަނެއްކާ ވެސް ނާޝިދަށް ހާއްސަ ޝޯއެއް

ފަންޑް ރައިޒިން އިވެންޓެއްގެ ގޮތުގައި ނާޝިދަށް ހާއްސަކޮށްގެން މި ފަހަރު ބާއްވާ ކޮންސަޓް އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި.

September 29, 2016 2
"އީމަންސް ކޮންސްޕިރަސީ" އަނެއްކާ ވެސް ނޭޕާލަށް

"އީމަންސް ކޮންސްޕިރަސީ" އަށް ވަނީ ނޭޕާލްގައި ބާއްވާ "ނޭޕާލް މިއުޒިކް ފެސްޓިވަލް 2016" އިން ފުރުސަތު ލިބިފައި. ފެސްޓިވަލް އޮންނާނީ ނޮވެމްބަރު 19 ގައި.

27 ސެޕްޓެމްބަރ

September 27, 2016
މެޓަލިކާގެ "މޮތު އިންޓު ފްލޭމް" އާންމުކޮށްފި

އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް ބޭންޑް މެޓަލިކާ އިން ނެރެން ތައްޔާރުވަމުން އަންނަ އާ އަލްބަމް "ހާޑްވަޔާޑް ... ޓު ސެލްފް-ޑިސްޓްރަކްޓް" ގައި ހިމެނޭ "މޮތު އިންޓު ފްލޭމް" ލަވައިގެ ވީޑިއޯ އެ ބޭންޑުގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.

24 ސެޕްޓެމްބަރ

September 24, 2016 8
އައިމް ގޮނާ: މުޅިން އާ ބައެއްގެ، އާ މަސައްކަތެއް

ކްރޯމާ ޕްރޮޑަކްޝަން އެނގޭނީ މަދު ބަޔަކަށެވެ. އެކަމަކު ދިއެފްއެމްގެ އަހުލުވެރިންނަށް، ކްރޯމާ ޕްރޮޑަކްޝަންގެ މޭސްތިރި އާޝިޔާ ސޯލިހް އަލެއް ނުވާނެ އެވެ.

23 ސެޕްޓެމްބަރ

September 23, 2016 8
މިފަހަރު ގިސްލާ ރޮމުން ދަންނަވަނީ ލަންކާ ޒުވާނެއް

ދިވެހި ލަވައެއް ބޭރު މީހުން އެންމެ ގިނައިން ކިޔާފައިވާ އެއް ލަވަޔަކަށް ވާނީ "ދެންނެވީމޭ ގިސްލާ ރޮއެރޮއެފާ" އެވެ. ހިތްގައިމު މަޑުމައިތިރި ރާގަކަށް، އަސަރުން ފުރިގެންވާ ޅެމަކުން ފުރާނަ އެޅިފައިވާ މި ލަވަ އެކި ދުވަސްވަރު އެކި ފަންނާނުގެ އަޑުން އިވިފައިވެ އެވެ.

22 ސެޕްޓެމްބަރ

September 22, 2016 6
އަ ޓްރިބިއުޓް ޓު ނާޝިދު: ޖަޒްބާތުން ވެސް ފުރިފައި

ސުވާލެއް ނެތެވެ؛ ޒީރޯ ޑިގްރީ އަހުމަދު ނާޝިދު )ފުލޫ ނާޝިދު( އަކީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް މިއުޒީޝަނެކެވެ. ދިވެހި މިއުޒިކަށާއި ދިވެހި އުފެއްދުމަށް އޭނާ ވަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އެހެންވެ، ރޭ ފެނިގެން އެ ދިޔައީ، ދިވެހި ފަންނާނުންތަކެއް އޭނާާ އަށް ދިން އަގުބޮޑު ހަދިޔާ އެކެވެ. އެ މަންޒަރު ބަލަން...

September 22, 2016 2
"ބުލެޔާ" އަކީ ކޮޕީއެއް ކަމަށް ބުނަން ފަށައިފި

ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގެ ލަވަތަކުގެ ތެރެއިން މިހާތަނަށް ރިލީޒްކުރި ދެ ވަނަ ލަވަ "ބުލެޔާ" ވަރަށް ގިނަ ބަޔަކަށް ވަނީ ރީތިވެފަ އެވެ. ލަވަ ރިލީޒްކުރިތާ...

September 22, 2016
އިންޑިއަން އައިޑޮލް 7 ގައި ސޯނޫ، ފަރާ އަދި އަންނޫ

އިންޑިއަން އައިޑޮލް އަކީ އިންޑިއާގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް މިއުޒިކް ޓެލެންޓް ޝޯ އެވެ. މި ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯ މީގެ 10 އަހަރު ކުރިން ފެށީ މަޝްހޫރު...

21 ސެޕްޓެމްބަރ

September 21, 2016
ނާޝިދުގެ ޓްރިިބިއުޓް ޝޯ މިރޭ

"އަ ޓްރިބިއުޓް ޓު ނާޝިދު" ގައި 24 އާޓިސްޓަކުން ޕަފޯމް ކުރާނެ. މި ޝޯ ލީޑް ކުރާނީ ނާޝިދުގެ އަންހެން ދަރިފުޅު ނިޝް ނާޝިދު. "ޖާނީ" ގެ ނަމުގައި ނާޝިދު އޮތީ އަލްބަމެއް ހަދަން ފަށާފައި.

17 ސެޕްޓެމްބަރ

September 17, 2016 3
ހަރުބީއަށް ފަހު ހަބޭސް ވެސް މިސްރަށް

ހަބޭސް ބައިވެރިވާ "އިންޓަނެޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ކުރިއަށް ދާނީ މި މަހުގެ 20-27 އަށް.

16 ސެޕްޓެމްބަރ

September 16, 2016 2
އަދިތިޔާ ނާރަޔަން މާލޭގައި ޝޯއެއް ދެނީ

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ބާއްވާ "ރާއްޖެ ޓީވީ ނައިޓް" ގައި އަދިތިޔާ ޕަފޯމް ކުރަން ވަނީ ހަމަޖެހިފައި.