06 އޮކްޓޯބަރ

October 06, 2016
"ކޮންސަޓް ފޮ ނާޝިދު" މިރޭ

ކޮންސަޓް ތެރޭގައި ސްވެނިއާ ޓިކެޓެއް 100ރ. އަށް ވިއްކާނެ. އަދި ބީއެމްއެލްގެ އެކައުންޓެއް މެދުވެރިކޮށް ފައިސާ ޑޮނޭޓް ކުރެވޭނެ.

05 އޮކްޓޯބަރ

October 05, 2016 4
އަލީ ވަހީދުގެ ސިޔާސީ ހިތުން ލޯބީގެ ޅެމެއް

"ހީލާ ގޮތުން، ބަލާލާ ގޮތުން މި ހިތް ހާދަ އެދެޔޭ ކަލާ ދެކިލުމަށް" މިއީ ލޯބީގެ ވާހަކަތަކެކެވެ. އެކަމަކު މި ވާހަަކަ ކިޔައިދެނީ މިހާރު ލަންޑަންގައި އުޅުއްވާ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

04 އޮކްޓޯބަރ

October 04, 2016
އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު

އޮލިމްޕިއަންސްގެ ޝޯތައް އޮންނާނީ މި މަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި. ޝޯގެ ޓިކެޓް މިހާރު އަންނަނީ 150ރ. އަށް ވިއްކަމުން.

03 އޮކްޓޯބަރ

October 03, 2016
އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް 13 ގައި

އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމްގައި ހިމެނޭނީ އަމިއްލަ ރާގުގެ ދިވެހި ހަތް ލަވަ.

02 އޮކްޓޯބަރ

October 02, 2016 9
"މޯލްޑިވިއަން އައިޑޮލް 2" ލޯންޗްކޮށްފި

"މޯލްޑިވިއަން އައިޑޮލް 2" ގެ ޖަޖުންނަކީ ކިޑީ އާއި ކުޑަ އިއްބެގެ އިތުރުން އަލަށް ޖަޖުންގެ ޕެނަލާ ގުޅުނު އައްފާން.

29 ސެޕްޓެމްބަރ

September 29, 2016 4
އަނެއްކާ ވެސް ނާޝިދަށް ހާއްސަ ޝޯއެއް

ފަންޑް ރައިޒިން އިވެންޓެއްގެ ގޮތުގައި ނާޝިދަށް ހާއްސަކޮށްގެން މި ފަހަރު ބާއްވާ ކޮންސަޓް އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި.

September 29, 2016 2
"އީމަންސް ކޮންސްޕިރަސީ" އަނެއްކާ ވެސް ނޭޕާލަށް

"އީމަންސް ކޮންސްޕިރަސީ" އަށް ވަނީ ނޭޕާލްގައި ބާއްވާ "ނޭޕާލް މިއުޒިކް ފެސްޓިވަލް 2016" އިން ފުރުސަތު ލިބިފައި. ފެސްޓިވަލް އޮންނާނީ ނޮވެމްބަރު 19 ގައި.

27 ސެޕްޓެމްބަރ

September 27, 2016
މެޓަލިކާގެ "މޮތު އިންޓު ފްލޭމް" އާންމުކޮށްފި

އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް ބޭންޑް މެޓަލިކާ އިން ނެރެން ތައްޔާރުވަމުން އަންނަ އާ އަލްބަމް "ހާޑްވަޔާޑް ... ޓު ސެލްފް-ޑިސްޓްރަކްޓް" ގައި ހިމެނޭ "މޮތު އިންޓު ފްލޭމް" ލަވައިގެ ވީޑިއޯ އެ ބޭންޑުގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.

24 ސެޕްޓެމްބަރ

September 24, 2016 8
އައިމް ގޮނާ: މުޅިން އާ ބައެއްގެ، އާ މަސައްކަތެއް

ކްރޯމާ ޕްރޮޑަކްޝަން އެނގޭނީ މަދު ބަޔަކަށެވެ. އެކަމަކު ދިއެފްއެމްގެ އަހުލުވެރިންނަށް، ކްރޯމާ ޕްރޮޑަކްޝަންގެ މޭސްތިރި އާޝިޔާ ސޯލިހް އަލެއް ނުވާނެ އެވެ.

23 ސެޕްޓެމްބަރ

September 23, 2016 8
މިފަހަރު ގިސްލާ ރޮމުން ދަންނަވަނީ ލަންކާ ޒުވާނެއް

ދިވެހި ލަވައެއް ބޭރު މީހުން އެންމެ ގިނައިން ކިޔާފައިވާ އެއް ލަވަޔަކަށް ވާނީ "ދެންނެވީމޭ ގިސްލާ ރޮއެރޮއެފާ" އެވެ. ހިތްގައިމު މަޑުމައިތިރި ރާގަކަށް، އަސަރުން ފުރިގެންވާ ޅެމަކުން ފުރާނަ އެޅިފައިވާ މި ލަވަ އެކި ދުވަސްވަރު އެކި ފަންނާނުގެ އަޑުން އިވިފައިވެ އެވެ.

22 ސެޕްޓެމްބަރ

September 22, 2016 6
އަ ޓްރިބިއުޓް ޓު ނާޝިދު: ޖަޒްބާތުން ވެސް ފުރިފައި

ސުވާލެއް ނެތެވެ؛ ޒީރޯ ޑިގްރީ އަހުމަދު ނާޝިދު )ފުލޫ ނާޝިދު( އަކީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް މިއުޒީޝަނެކެވެ. ދިވެހި މިއުޒިކަށާއި ދިވެހި އުފެއްދުމަށް އޭނާ ވަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އެހެންވެ، ރޭ ފެނިގެން އެ ދިޔައީ، ދިވެހި ފަންނާނުންތަކެއް އޭނާާ އަށް ދިން އަގުބޮޑު ހަދިޔާ އެކެވެ. އެ މަންޒަރު ބަލަން...

September 22, 2016 2
"ބުލެޔާ" އަކީ ކޮޕީއެއް ކަމަށް ބުނަން ފަށައިފި

ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގެ ލަވަތަކުގެ ތެރެއިން މިހާތަނަށް ރިލީޒްކުރި ދެ ވަނަ ލަވަ "ބުލެޔާ" ވަރަށް ގިނަ ބަޔަކަށް ވަނީ ރީތިވެފަ އެވެ. ލަވަ ރިލީޒްކުރިތާ...

September 22, 2016
އިންޑިއަން އައިޑޮލް 7 ގައި ސޯނޫ، ފަރާ އަދި އަންނޫ

އިންޑިއަން އައިޑޮލް އަކީ އިންޑިއާގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް މިއުޒިކް ޓެލެންޓް ޝޯ އެވެ. މި ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯ މީގެ 10 އަހަރު ކުރިން ފެށީ މަޝްހޫރު...

21 ސެޕްޓެމްބަރ

September 21, 2016
ނާޝިދުގެ ޓްރިިބިއުޓް ޝޯ މިރޭ

"އަ ޓްރިބިއުޓް ޓު ނާޝިދު" ގައި 24 އާޓިސްޓަކުން ޕަފޯމް ކުރާނެ. މި ޝޯ ލީޑް ކުރާނީ ނާޝިދުގެ އަންހެން ދަރިފުޅު ނިޝް ނާޝިދު. "ޖާނީ" ގެ ނަމުގައި ނާޝިދު އޮތީ އަލްބަމެއް ހަދަން ފަށާފައި.

17 ސެޕްޓެމްބަރ

September 17, 2016 3
ހަރުބީއަށް ފަހު ހަބޭސް ވެސް މިސްރަށް

ހަބޭސް ބައިވެރިވާ "އިންޓަނެޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ކުރިއަށް ދާނީ މި މަހުގެ 20-27 އަށް.

16 ސެޕްޓެމްބަރ

September 16, 2016 2
އަދިތިޔާ ނާރަޔަން މާލޭގައި ޝޯއެއް ދެނީ

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ބާއްވާ "ރާއްޖެ ޓީވީ ނައިޓް" ގައި އަދިތިޔާ ޕަފޯމް ކުރަން ވަނީ ހަމަޖެހިފައި.

15 ސެޕްޓެމްބަރ

September 15, 2016
ބްރިޓްނީ އާއި ޖަސްޓިންގެ ޑުއެޓެއް!

ޖަސްޓިން ބުނީ ބްރިޓްނީ އޭނާ އާ އެކު ލަވައެއް ކިޔާލަން ތައްޔާރަށް ހުރި ނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އޭނާ ވެސް ހުރީ ތައްޔާރަށް ކަމަށް.

September 15, 2016 13
ސިންގަޕޫރުން ދިވެހި ލަވައެއް؛ ރޮވޭނެހޭ

ޓްވިންކަލް އާއި ޝާއީގެ "ރޮވޭނެހޭ" ގެ ވީޑިއޯ ލަވަ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ދައްކާލަން ވެސް ވަނީ ޕްލޭން ކުރެވިފައި.

14 ސެޕްޓެމްބަރ

September 14, 2016 6
މިސްރުން ލިބުނު ތަރުހީބުން ހަރުބީ ހެއްވާލައިފި

ހަރުބީއަކީ ރާއްޖޭގެ ބޮޑުބެރުގައި ނަގާ ކިޔާ އެންމެ ވަރުގަދަ އެއް ގްރޫޕެވެ. ދިވެހިންގެ މެދުގައި ހަރުބީގެ މަގުބޫލުކަން ކިތަންމެހާ ވެސް ބޮޑެވެ. އެކަމަކު ރާއްޖޭން ބޭރުގައި ހަރުބީގެ ނަން ގުގުމާލައިފިއޭ ބުނެފި ނަމަ ހާއްސަ ކަމަކަށް ވެދާނެ އެވެ. ދިވެހި ބޮޑުބެރުގެ ރަހަތަކާއި ވައްޓަފާޅި ރާއްޖޭން ބޭރުގައި ބީރައްޓެހި އެއްޗަކަށް ވެދާނެ އެވެ.

13 ސެޕްޓެމްބަރ

September 13, 2016
"ތުމް ބިން 2" ގެ ލަވައެއް ޑްވޭން ބްރާވޯގެ އަޑުން

އަނޫބަވް ސިންހާގެ ފިލްމް "ތުމް ބިން 2" ގެ ލަވައެއް ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ލަވަ ކިޔުންތެރިޔާ ޑްވޭން ބްރޯވާ ކިޔައިދީފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 1
އުނޫޝާގެ "ތެމުނަސް ހެވޭ" އާ އެކު ޗެލެންޖެއް

ބޮޑު އީދާ އެކު ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލި ވީޑިއޯ ލަވަ "ތެމުނަސް ހެވޭ" އާ އެކު އާންމުންނަށް ޗެލެންޖެއް ހުޅުވާލައިފި އެވެ.

September 12, 2016 1
އެންމެ ބިޒީ ތަރި: ރެއަކު ރަށެއްގައި!

އީދު ފަދަ ހާއްސަ މުނާސަބުތަކާ އެކު ދިވެހި ފަންނާނުންނަށް އަބަދު ވެސް ވަރަށް ބޮޑު ޑިިމާންޑެއް އޮވެ އެވެ. ލަވަ ކިޔުންތެރިންނާއި ބޭންޑްތަކާއި ނަށާ ގްރޫޕްތަކާއި ފިލްމީ ތަރިންގެ...

10 ސެޕްޓެމްބަރ

September 10, 2016 1
އަބިޖީތު ފޮނަދޫ އީދު އުފާ ޝޯ އަށް

ފޮނަދޫގައި ބާއްވާ އީދު އުފާ ޝޯ އަށް ފުރަތަމަ އިންޑިއަން އައިޑޮލް ކާމިޔާބުކުރި އަބިޖީތު ސާވަން ގެންނަން ނިންމައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2016 1
ޓޭލާ ސްވިފްޓާއި ޓޮމް ހިޑެލްސްޓަންގެ ލޯބި ނިމުމަކަށް

މީގެ ތިން މަހެއްހާ ދުވަސް ކުރިން ލޯބީގެ ގޮތުން ގުޅުނު އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަންގެ ލޯބީގެ ގުޅުން ނިމުމަކަށް...

September 08, 2016 1
އަމާންގެ ސޯލޯ އަލްބަމް ޑިސެމްބަރުގައި ނެރެނީ

އަމާންގެ ސޯލޯ އަލްބަމް ރިލީޒް ކުރަން ޕްލޭންކޮށްފައި އޮތީ ޑިސެމްބަރު 19 ގައި. އޭނާ ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން ނޮވެމްބަރު މަހު ފަށާނެ. އެ ފިލްމް އަންނަ އަހަރު ރިލީޒް ކުރާނެ.

03 ސެޕްޓެމްބަރ

September 03, 2016 2
މިސްރުގެ ފެސްޓިވަލަށް ހަރުބީ ފުރައިފި

މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް މިސްރުގައި ކުރިއަށް ގެންދާ "އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" ގައި ބައިވެރިވާން ރާއްޖޭގެ ބޮޑުބެރު ގްރޫޕް ހަރުބީ މިސްރަަށް ފުރައިފި އެވެ.