09 އޮކްޓޯބަރ

October 09, 2020 2
ފެޝަން ޝޯގެ މައްސަލާގައި ރިއާނާ މާފަށް އެދިއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ އަމިއްލަ ބްރޭންޑް ފެންޓީގެ ދަށުން މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ސަވޭޖް އެކްސް ފެންޓީ" ޝޯގެ ބެކްގްރައުންޑް މިއުޒިކްގައި ކީރިތި ރަސޫލާގެ ހަދީސްތަކެއް ހިމެނި މައްސަލަ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މާފަށް އެދިއްޖެ އެވެ.

12 ޖުލައި

July 12, 2020 8
ތުރުކީގެ އަޔާ ސޫފިޔާ މިސްކިތަކަށް ހެދުމުން ފާޑުކިޔަނީ

ޔުނެސްކޯ އިން އާސާރީ ބިނާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި ކުރިން ވެސް ތުރުކީގައި މިސްކިތެއްގައި ގޮތުގައި ބޭނުންކޮށް ފަހުން ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަޔާ ސޫފިޔާ (ހަޔާ ސޯފިއާ) އެތައް އަހަރެއް ފަހުން އަނެއްކާ ވެސް މިސްކިތަކަށް ބަދަލުކުރުމާ އެކު ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.

09 ޖުލައި

July 09, 2020 1
މުސައްލަ އިސްތިހާރުކުރެވުނު ގޮތުން މާފަށް އެދެފި

ހަރަމްފުޅުގެ މަންޒަރުތައް ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ހުންނަ މުސައްލަ، ކާޕެޓާއި ފައިފުހީގެ ގޮތުގައި އިސްތިހާރުކުރުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި ރިޓެއިލް ކުންފުނި ޝީން އިން...

July 09, 2020
ކޮފީ ތަށީގައި "އައިސިސް" ޖެހި މައްސަލައެއް ހޫނުވެއްޖެ

އެމެރިކާގައި، ބުރުގާ އެޅި އަންހެނަކު އޯޑަރުކުރި ކޮފީ ތައްޓެއް ގެނެސްދިން އިރު، ތަށީގެ ބޭރުގައި އޭނާގެ ނަމުގެ ބަދަލުގައި، "އައިސިސް" ޖެހި މައްސަލައެއްގައި ސްޓާބަކްސްގެ...

24 އެޕްރީލް

April 24, 2020 45
ރާއްޖޭގައި ނަމޫނާ ދެއްކި ނޭޕާލް ޒުވާނާ އިސްލާމްވެއްޖެ

މީގެ ކުރިން އެތައް ބައެއްގެ ލޯބި އޭނާ ހޯދީ ރާއްޖޭގައި ކުރަމުން އައި މަސައްކަތުން ލިބުނު އާމްދަނީން ބައެއް، އޭނާގެ އަމިއްލަ ގައުމު ނޭޕާލްގެ ނިކަމެތި ކުދިންނަށް ހޭދަކުރަމުން އަންނާތީ އެވެ. އެފަދަ އުފާވެރި އެހެން ހަބަރެއް މިއަދު ދިވެހިންނަށް އޭނާ ދިނީ އިސްލާމް ވިކަން އިއުލާންކޮށްގެންނެވެ.

10 ޖުލައި

July 10, 2019 1
އެއާ އިންޑިއާގައި ޒަމްޒަމް ފެން އުފުލުން ހުއްދަކޮށްފި

އިންޑިއާގެ ގައުމީ އެއާ ލައިން، އެއާ އިންޑިއާގައި ދަތުރުކުރާ ހައްޖާޖީންނަށް ސައުދީ އަރަބިއްޔާ އިން އިންޑިިއާ އަށް ޒަމްޒަމް ފެން ނުއުފުލޭނެ ކަމަށް ބުނެ ނެރުނު ސާކިއުލާއެއްގެ މައްސަލަ ހޫނުވުމުން އެންމެ ފަހުން އެ ނިންމުން ބާތިލުކޮށް މާފަށް އެދިއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2019 27
އިސްލާމްދީނަށް ފުރައްސާރަކުރި މެންބަރު "އިސްލާމްވެއްޖެ"

އިސްލާމް ދީނަށް އިހާނެތި ބަސްތައް ބުނެ، އިސްލާމް ދީނާ ދެކޮޅަށް ކެމްޕޭންކުރި، ހޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ޖޯރަމް ވަން ކްލަވަރެން އިސްލާމްވެއްޖެ ކަމަށް އިއުލާނުކޮށްފި އެވެ.

11 ނޮވެމްބަރ

November 11, 2018 15
ދީނަށް ފުރައްސާރަކޮށް ލިއުން އާއްމުކުރާ މައްސަލަ ބަލަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް، ފޭސްބުކް ޕޭޖެއްގައި ލިއުމާއި ފޮޓޯ އާއްމުކުރާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 93
ރައީސްގެ ވަށައިގެން ވަނީ އިސްލާމީ ގައުމުތައް: ޝަހީމް

މީހެއްގެ ހެޔޮކަން ކަނޑައެޅުމުގައި ބަލާނީ އެ މީހެއްގެ ވަށައިގެންވާ މީހުންނަށް ކަމަށާއި އެގޮތަށް ވިސްނައިފި ނަމަ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ވަށައިގެން ވަނީ އިސްލާމީ ގައުމުތައް ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

26 މެއި

May 26, 2018 2
ދީނީ ކަންކަމަށް ސްކޫލް ހޯލްތައް ނުދޭތީ ކަންބޮޑުވެއްޖެ

އަމިއްލަ ޖަމިއްޔާތަކުން ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމަށް ސްކޫލްތަކުގެ ހޯލްތައް ދޫ ނުކުރާ ކަމަށް ބުނެ، މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

07 ޖެނުއަރީ

January 07, 2018 6
އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން

ވޮޝިންޓަން (ޖެނުއަރީ 7) - ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމް ދީން ވާނެ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

29 ޑިސެމްބަރ

December 29, 2017 9
ކޮންމެ މުސްލިމަކުމެ އެހެން އިންސާނުން ދެކެ ލޯބިވާންޖެހޭ

އިންސާނުންގެ މެދުގައި އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ޖަޒުބާތު ދެމިއޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެއްވެސް އިންސާނަކަށް އެހެން އިންސާނުންގެ އެހީތެރިކަމާ ނުލައި ދިރިނޫޅެވޭ ހިނދު އެހެން މީހުންނާ އެކު ކުރާ މުޢާމަލާތުތައް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ މިދެންނެވި ޖަޒުބާތު އޮވެގެން ކަމަށްވާތީ އެވެ. އިސްލާމް ދީނަކީ...

01 ފެބުރުއަރީ

February 01, 2017 7
މުސްލިމް ގައުމުތަކުގެ ވިޔަފާރި 220 ބިލިއަން ޑޮލަރަށް

ވޮޝިންޓަން (ފެބްރުއަރީ 1) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމާ ގުޅިގެން މެދުއިރުމައްޗާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އެއް ސަބަބަކީ މުސްލިމް ގައުމުތަކާ އެކު އެމެރިކާ އިން ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގަމުން ގެންދާތީ އެވެ.

20 ޖެނުއަރީ

January 20, 2017 6
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު...

13 އޮކްޓޯބަރ

October 13, 2016 6
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދު ކުރާ އިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެ ސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މި ދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވައިލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނަ އެވެ. އެ އަށް ފަހު ސޫރަތް ބިނާވެފައިވާ ގޮތާއި،...

11 ޖުލައި

July 11, 2016 12
ފަސް މިނެޓް: އާރާއި ބާރުގައި ހިތް ތިރި ކުރުމަކީ މިއީ

ޝާމްކަރަ ފަތަހަ ކުރުމަށް ޢުމަރުގެފާނު ފޮނުއްވި ލަޝްކަރު ދިމިޝްގު ފަތަހަކޮށް ނިމުމާ އެކު، މުސްލިމުންގެ ކޮމާންޑަރު އަބޫ ޢުބައިދާ، ޤުދުސްގެ އަހުލުވެރިންނަށް ސިޓީއެއް ފޮނުއްވި އެވެ. އިސްލާމް ވުމަށެވެ. އިސްލާމް ނުވި ނަމަ މުސްލިމުންނަށް ޖިޒީ ދީގެން ތިބުމެވެ. ޖިޒީ ދިނުމަށް ވެސް ނުރުހޭ ނަމަ، ހަނގުރާމަ ކުރުމެވެ. އެއީ ހިޖްރަ އިން 15 ވަނަ...

06 ޖުލައި

July 06, 2016 2
އަގީދާ ފުނޑާލާއިރު ރައްކާތެރި ކުރަން އަޒުމް ކަނޑައަޅާ

ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމަށް އެތެރޭންނާއި ބޭރުން ގިނަ ކަންތައްތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިސްލާމީ އަގީދާ އަންނަން އޮތް ޖީލުތަކަށް ފޯރު ކޮށްދޭން އަޒުމް ކަނޑައަޅަން މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

27 ޖޫން

June 27, 2016 16
ފަސް މިނެޓް: މުޅި ދުނިޔެ މުސްލިމުންގެ ބާރުގެ ދަށުގައި

ދުވަސްވަރަކީ މުސްލިމުންގެ ތިން ވަނަ ޚަލީފާ ޢުޘްމާންގެފާނު ޝަހީދު ކޮށްލުމުގެ ހާދިސާ އަށް ފަހު، ޢަލީގެފާނު ޚިލާފަތަށް އިސް ކުރެވުނުތާ ކުރީކޮޅުގެ ދުވަސްވަރެވެ. ބައެއް ޞަޙާބީން ބޭނުންފުޅުވީ ޢުޘްމާންގެފާނުގެ މަރުގެ ބަދަލު ހިއްޕެވުމަށެވެ. އެ ކަމަށް އެދި ޢަލީގެފާނަށް ބާރު އަޅުއްވަމުން ގެންދަވަނީ އެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާގެ...

14 ޖޫން

June 14, 2016 6
ޓްރަމްޕުގެ ރުޅިގަނޑު އަނެއްކާވެސް މުސްލިމުންނަށް

ވޮޝިންޓަން (ޖޫން 14) - ފްލޮރިޑާގެ ނައިޓް ކްލަބެއްގައި ބަޑިން ދިން ހަމަލާ އަށް ފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމުގެ މަގުމަތީގައިވާ ޑޮނަލްޑް ޓްރަމްޕުގެ ރުޅިގަނޑު މުސްލިމުންނަށް ބާލައިފި އެވެ.