25 އޯގަސްޓް

August 25, 2019 2
އެތައްހާސް ރެފިއުޖީން ގަތުލްއާއްމުގެ ދުވަސް ފާހަގަކޮށްފި

ކޮކްސް ބާޒާރު (އޮގަސްޓް 25) - މިއަންމާގެ ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓުން ނެރެލައި ބަންގްލަދޭޝް އަށް ފޮނުވާލި އަނިޔާވެރި ހަނދާންތައް އާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ "ގަތުލްއާއްމުގެ ދުވަސް" ރޮހިންޖާ ރެފިއުޖީންގެ އެތައް ހާސް ބަޔަކު ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕްގައި މިއަދު ފާހަގަކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2018 1
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ

ނޭޕީޑޯ (ފެބްރުއަރީ 12) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުން ގަޔަށް ބަޑިޖަހާ މީހުން މެރި މިއަންމާ ސިފައިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

11 ޖެނުއަރީ

January 11, 2018 3
މުސްލިމުން މެރިކަމަށް މިއަންމާ ސިފައިން އެއްބަސްވެއްޖެ

ޔަންގޫން (ޖެނުއަރީ 11) - ރަކީން ސްޓޭޓުގައި މިދިޔަ އަހަރު ފަހުކޮޅު ހިންގި ހަމަނުޖެހުންތަކުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މެރި ކަމަށް މިއަންމާ ސިފައިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2017 2
މިއަންމާގައި ދީނީ ގޮތުން ތަފާތު ނުކުރާ ކަމަށް ސިފައިން ބުނެފި

ޔަންގޮން (ނޮވެމްބަރު 28) - މިއަންމާގައި އެއްވެސް ދީނެއްގެ މީހުންނަށް ތަފާތު ކުރުުން ނޯންނަ ކަމަށް އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ޕޯޕް ފްރާންސިސް އަރިހު ސިފައިން ބުނެފި އެވެ.

08 އޮކްޓޯބަރ

October 08, 2017 10
ސިފަކޮށްދެވޭ ވަރަށް ވުރެ ރޮހިންޖާގެ ހާލަތު ދަށް:މަޖީދު

މިޔަންމާއިން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ހާލަތު، ދުލުން ބަޔާންކޮށްދެއްވޭ ވަރަށް ވުރެ ދަށް ކަމަށް، މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2017
ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ފެތި 60 މީހުން މަރު

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 29) - މިއަންމާގެ ރަކީން ސްޓޭޓުގެ އަނިޔާ އިން ސަލާމަތްވުމަށް ދަތުރުކުރި ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ބަންގްލަދޭޝްގެ ކައިރިއަށް ފެތި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 7
ރޮހިންޖާ މީހުންނަށް ހަމަލާދިން ހާމުދުރުންނަކީ ޖަނަވާރުން

ކޮލަމްބޯ (ސެޕްޓެމްބަރު 28) - ލަންކާގައި ތިބި ރޮހިންޖާ ރެފިއުޖީންނަށް ހަމަލާ ދިން ބުޑިސްޓް ހާމުދުރުންނަކީ "ޖަނަވާރުންތަކެއް" ފަދަ ބައެއް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 14
ރޮހިންޖާ އަށް އެހީވާ ޓެލެތޯނުން 11 މިލިއަން ރުފިޔާ

ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުގެ އިސް ނެގުމަކަށް މީޑިއާތަކުން ބޭއްވި ޓެލެތޯން ރޭ ނިންމައިލި އިރު، 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޓެލެތޯން ބޭއްވި ކޮމެޓީން ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 5
ރޮހިންޖާ ރެފިއުޖީން މޯބައިލް ފޯނު ގެންގުޅުން މަނާކޮށްފި

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 24) - ރޮހިންޖާ ރެފިއުޖީންނަށް މޯބައިލް ފޯނު ވިއްކުން މުވާސަލާމަތީ ކުންފުނިތަކަށް ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފި އެވެ.

23 ސެޕްޓެމްބަރ

September 23, 2017
ރޮހިންޖާގެ އެހީގެ ޝިޕްމަންޓަކަށް ބުޑިސްޓުން ހުރަސް އަޅައިފި

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 23) - މިއަންމާގެ ރަކީން ސްޓޭޓުގެ މުސްލިމުންނަށް ފޮނުވުމަށް ރެޑް ކްރޮސް އިން ތައްޔާރު ކުރަމުން ދިޔަ ޝިޕްމަންޓަކަށް އެ ގައުމުގެ ބުޑިސްޓުން ހުރަސް އަޅައިފި...

September 23, 2017 21
ރޮހިންޖާއަށް އެހީވާން މީޑިއާ ޓެލެތޯނެއް ފަށައިފި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް ފައިސާ ހޯދުމަށް މީޑިއާތަކުން ހާއްސަ ޓެލެތޯނެއް މިއަދު ފަށައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2017 4
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 21) - މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ޖަރީމާ ހިންގި ރަކީންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މިއަންމާގެ މަންދޫބު އދ.ގައި ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 7
ރޮހިންޖާ މުސްލިމުންނަށް 15 މިލިއަން ޑޮލަރު ސައުދީން ދެނީ

ރިޔާޒް (ސެޕްޓެމްބަރު 20) - ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް 15 މިލިއަން ޑޮލަރު ދިނުމަށް ސައުދީ ރަސްގެފާން ސަލްމާން އަންގަވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 3
ރޮހިންޖާއާ ބެހޭ ގޮތުން ސޫކީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަނީ

ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިން އަނިޔާކުރާ އިރު އެ ގައުމުގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ ބަހެއް ވިދާޅުނުވެ ހުންނަވާތީ ފާޑު...

September 18, 2017 8
"ހަމަލާ ދެނީ ރޮހިންޖާ ހަނގުރާމަވެރިންނަށް އެކަނި"

ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ރޮހިންޖާ މުސްލިމުން ކަމަށާއި މިއަންމާ ސިފައިން ހަމަލާ ދެނީ ހަމައެކަނި ރޮހިންޖާ...

14 ސެޕްޓެމްބަރ

September 14, 2017 7
މިއަންމާ އަށް އަލްގައިދާ އިން އިންޒާރުދީފި

ޔަންގޮން (ސެޕްޓެމްބަރު 14) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަށް މިއަންމާ އަށް "އަދަބު" ދޭނެ ކަމަށް އަލް ގައިދާ ޖަމާއަތުން އިންޒާރު ދީފި އެވެ.

September 14, 2017 6
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 14) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ...

11 ސެޕްޓެމްބަރ

September 11, 2017 3
މިއަންމާގައި ދަނީ ނަސްލެއް ނެތިކޮށްލަމުން: އދ

ޖެނީވާ (ސެޕްޓެމްބަރު 11) - މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ދަނީ "ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކުރަމުން" ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ...

September 11, 2017 8
މިއަންމާގެ ވެރިންނަށް ދައުވާ ކުރަން ގޮވާލައިފި

ޑާކާ (ސެޕްޓެމްބަރު 11) - މިއަންމާގެ ވެރިންގެ ގޮތުގައި މިހާރު ތިބި މީހުންނަށް "ގަތުލްއާއްމު" ހިންގި ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ދައުވާ ކުރަން ޖެހޭނެ ކަމަށް...

10 ސެޕްޓެމްބަރ

September 10, 2017 3
ރޮހިންޖާ މުސްލިމުންނަށް 77 މިލިއަން ޑޮލަރުގެ އެހީ ބޭނުންވޭ

ޑާކާ (ސެޕްޓެމްބަރު 10) - މިއަންމާގެ ރަކީން ސްޓޭޓުގައި ހިންގާ ޖަރީމާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް ވަދެތިބި ރެފިއުޖީންނަށް އަވަސް އެހީގެ ގޮތުގައި 77 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

09 ސެޕްޓެމްބަރ

September 09, 2017 4
މިއަންމާގެ މުސްލިމުންނަށްކުރާ އަނިޔާ އެ މީހުންގެ ދުލުން

ޑާކާ (ސެޕްޓެމްބަރު 9) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެ ސްޓޭޓް ދޫކޮށް ވަނީ އެތައް ލައްކަ ބަޔަކު އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

06 ސެޕްޓެމްބަރ

September 06, 2017 7
މިއަންމާއާ ދެކޮޅަށް ރާއްޖެ އިސްވެ ތެދުވާން ގޮވާލައިފި

މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން ދާ ޖަރީމާތައް ކުށްވެރިކޮށް، ރާއްޖެއިން އިސްވެ ބައިނަލްއަގްވާމީ ހަޅުތާލެއް ފަށަން ކުރީގެ...

September 06, 2017 25
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ

ޔަންގޫން (ސެޕްޓެމްބަރު 6) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ހިމާޔަތް ދޭ ކަމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ މިއަދު ވިދާޅުވެއްޖެ އެވެ.