21 ޖުލައި

July 21, 2020 3
ޗައިނާގެ 11ކުންފުންޏެއް އެމެރިކާއިން ބްލެކްލިސްޓްކޮށްފި

ވޮޝިންޓަން (ޖުލައި 21) - ޗައިނާގައި އަޣުލަބިއްޔަތު ނެތް ވީގޫރް މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރާ އެ ގައުމުގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

09 ޖުލައި

July 09, 2020
ކޮފީ ތަށީގައި "އައިސިސް" ޖެހި މައްސަލައެއް ހޫނުވެއްޖެ

އެމެރިކާގައި، ބުރުގާ އެޅި އަންހެނަކު އޯޑަރުކުރި ކޮފީ ތައްޓެއް ގެނެސްދިން އިރު، ތަށީގެ ބޭރުގައި އޭނާގެ ނަމުގެ ބަދަލުގައި، "އައިސިސް" ޖެހި މައްސަލައެއްގައި ސްޓާބަކްސްގެ އައުޓްލެޓެއްގެ މައްސަލަ ބަލައިދޭން ހުށަހަޅައިފި އެވެ.

30 ނޮވެމްބަރ

November 30, 2019
ޓިކްޓޮކް އެކައުންޓް ބްލޮކްކޮށްފައި މާފަށް އެދެފި

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާތީ، އެ ގައުމުގެ ސޯޝަލް އެޕް ޓިކްޓޮކްގައި އެމެރިކާ އަންހެން ކުއްޖަކު ޕޯސްޓްކުރި ވީޑިއޯތަކަކާ ގުޅިގެން އެ ޕްލެޓްފޯމް އޭނާ އަށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި މާފަށް އެދިއްޖެ އެވެ.

16 އެޕްރީލް

April 16, 2019 8
ޓްރަމްޕުގެ ޓްވީޓުން ނުރައްކާ ބޮޑުވެއްޖެ: މުސްލިމް މެމްބަރު

ވޮޝިންޓަން (އެޕްރީލް 16) - އެޑިޓްކޮށްފައިވާ ވީޑިއޯއަކާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގެ ސަބަބުން މަރުގެ އިންޒާރު ލިބެން ފަށާފައިވާ ކަމަށް ކޮންގްރެސްގައި ހިމެނޭ މުސްލިމް މެމްބަރު އިލްހާން އުމަރު ވިދާޅުވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2018 3
އެމެރިކާގެ ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް މުސްލިމް އަންހެނެއް

މިޝިގަން (އޮގަސްޓް 9) - އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ ފަހަރަށް ހޮވިވަޑައިގެންނެވި މުސްލިމް އަންހެން މެންބަރުގެ ޝަރަފް ފަލަސްތީނުން ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވާ ރާޝިދާ ތަލީބް ހޯދައިފި އެވެ.

07 ޖެނުއަރީ

January 07, 2018 6
އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން

ވޮޝިންޓަން (ޖެނުއަރީ 7) - ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމް ދީން ވާނެ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

27 ޖޫން

June 27, 2017 1
ސުޕްރީމް ކޯޓުން ޓްރަމްޕްގެ އަމުރަށް ވަގުތީ ހުއްދައެއް

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން ދިއުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ދެ ވަނަ އަމުރުގެ ބައެއް ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. އެކަމަކު އެގޮތަށް ނިންމީ މުޅި މައްސަލަ އޮކްޓޯބަރު މަހު ބަލާ ހުކުމަކާ ހަމައަށް ދެވެންދެންނެވެ.

28 މެއި

May 28, 2017 7
ހަމަލާ ހުއްޓުވަން އުޅެނިކޮށް މަރާލި މީހަކީ ބަތަލެއް

އޮރެގަން (މެއި 28) - ރޭލެއްގެ ތެރޭގައި ޒުވާން މުސްލިމް ދެ އަންހެނަކާ ދިމާކުރި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ވަޅިން ހަމަލާދީ އެމެރިކާގެ އޮރެގަން ސްޓޭޓުން މަރާލި އެކަކު ކަމަށްވާ ޓެލީސިން މީރްދީން ނަމަކައި-މީޗް އަކީ ބަތަލެއް ކަމަށް އޭނާގެ މަންމަ ބުނެފި އެވެ.

27 މެއި

May 27, 2017 9
ބަހުގެ ހަމަލާ ހުއްޓުވަން އުޅުނު ދެ މީހުން މަރާލައިފި

އޮރެގަން (މެއި 27) - މުސްލިމް ދެ އަންހެނަކާ ދިމާކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ދެ މީހެއްގެ ގަޔަށް ވަޅި ޖަހާ މަރާލާފައިވާ ކަމަށް އެމެރިކާގެ އޮރެގަން ސްޓޭޓުގެ ފުލުހުން ބުނެފި އެވެ.

25 މެއި

May 25, 2017 25
ޝަހީދުގެ ކަންބޮޑުވުން އެމެރިކާގެ ސަމާލުކަމަށް

އެމެރިކާ އަށް ދާ މުސްލިމުންނާ މެދު އެ ގައުމު ބޯޑާ ކޮންޓްރޯލް އިދާރާތަކުން އަމަލުކުރާ ގޮތާ މެދު ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅުކުރައްވައި ސިޓީއެއް ފޮނުއްވައިފި އެވެ.

16 މާޗް

March 16, 2017 6
ރައީސް ޓްރަމްޕްގެ އަމުރު އަނެއްކާވެސް ހުއްޓުވައިފި

މުސްލިމް ހަ ގައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރުކުރުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު، އެމެރިކާގެ ފަނޑިޔާރަކު އިއްޔެ ހުއްޓުވައިފި އެވެ.

08 މާޗް

March 08, 2017 4
މުސްލިމުން މަނާކުރާ އާ އަމުރު ހުއްޓުވަން ކޯޓަށް

ވޮޝިންޓަން (މާޗް 8) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ގޮތުން ކޯޓަށް ދާނެ ކަމަށް ހަވާއީ އިން ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2017 3
މުސްލިމުން މަނާކުރާ އާ އަމުރު އަންނަ ހަފުތާގައި ނެރެނީ

ވޮޝިންޓަން (ފެބްރުއަރީ 23) - ހަތް ގައުމެއްގެ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ނެރުއްވި އަމުރު ކޯޓުން ހުއްޓުވާފައިވާތީ މި ހަފުތާގައި ނެރުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އާ އަމުރު އަންނަ ހަފުތާ އަށް ފަސްކޮށްފައިވާ ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.

19 ފެބުރުއަރީ

February 19, 2017 1
ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުސްލިމެއްގެ ފެޝަން ޝޯއެއް

ނިއު ޔޯކްގައި ކުރިއަށްދާ ފޯލް ވިންޓާ ފެޝަން ވީކް މިފަހަރު ވަރަށް ތަފާތެވެ. ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުންތައް ދައްކާލުމުގެ އިތުރުން އެމީހުންގެ ސިޔާސީ ފިކުރުތައް ވެސް ފެނިގެން ދިޔަ އެވެ.

05 ފެބުރުއަރީ

February 05, 2017 7
ޓްރަމްޕުގެ އިސްތިއުނާފް ކޯޓުން ގަބޫލެއް ނުކުރި

ވޮޝިންޓަން (ފެބްރުއަރީ 5) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވާފައިވާ މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން ގަބޫލެއް ނުކުރި އެވެ

01 ފެބުރުއަރީ

February 01, 2017 7
މުސްލިމް ގައުމުތަކުގެ ވިޔަފާރި 220 ބިލިއަން ޑޮލަރަށް

ވޮޝިންޓަން (ފެބްރުއަރީ 1) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމާ ގުޅިގެން މެދުއިރުމައްޗާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އެއް ސަބަބަކީ މުސްލިމް ގައުމުތަކާ އެކު އެމެރިކާ އިން ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގަމުން ގެންދާތީ އެވެ.

26 ޖެނުއަރީ

January 26, 2017 21
ހަތް ގައުމެއްގެ މުސްލިމުން އެމެރިކާ އަށް ވަނުން ހުއްޓުވަނީ

ވޮޝިންޓަން (ޖެނުއަރީ 26) - ރެފިއުޖީ ޕްރޮގްރާމް ހަތަރު މަހަށް ސަސްޕެންޑްކޮށް ހަތް ގައުމެއްގެ މުސްލިމުންނަށް ވިސާ ދޫކުރުން އެމެރިކާ އިން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ބުނެފި އެވެ.

20 ޖެނުއަރީ

January 20, 2017 6
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު...

14 އޯގަސްޓް

August 14, 2016 6
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި

ނިއު ޔޯކް (އޮގަސްޓް 14) - އެމެރިކާގެ ނިއު ޔޯކުގެ ކްއީންސް އަވަށުގެ މަގެއްގެ މަތިން އިމާމަކާއި އޭނާގެ އެހީތެރިޔާ ހިނގާފައި ދަނިކޮށް ބަޑި ޖަހާ މަރާލައިފި އެވެ.

10 އޯގަސްޓް

August 10, 2016
ގަޑިހެދި މުސްލިމް ދަރިވަރު ސްކޫލާ ދެކޮޅަށް ދައުވާކޮށްފި

ޑަލަސް (އޮގަސްޓް 10) - ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިއުމުން އެއީ ބޮމެއް ކަމަށް ބަލާ ގަޑި ހެދި މުސްލިމް ދަރިވަރު ޕޮލިހާ ހަވާލުކުރި ޓެކްސަސްގެ ސްކޫލާ ދެކޮޅަށް އެ ދަރިވަރުގެ އާއިލާ އިން ދައުވާކޮށްފި އެވެ.