26 އޯގަސްޓް

August 26, 2016 3
ފްރާންސްގައި ބުރްކިނީ މަނާކުރުން ކޯޓުން ހުއްޓުވައިފި

ޕެރިސް (އޮގަސްޓް 26) - މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ ބުރްކިނީ ފްރާންސްގެ އެކި ހިސާބުތަކުގައި މަނާކުރި ކުރުން އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

24 އޯގަސްޓް

August 24, 2016 9
ފްރާންސް ފުލުހުން އަންހެނެއްގެ ބުރުގާ ބާލުވައިފި

ޕެރިސް (އޮގަސްޓް 24) - ފްރާންސްގެ ނީސްގެ ގޮނޑުދޮށެއްގައި ބުރުގާ އަޅަައިގެން އުޅުނު އަންހެނެއްގެ ބުރުގާ ފުލުހުން ބާލުވައިފި އެވެ.

14 އޯގަސްޓް

August 14, 2016 6
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި

ނިއު ޔޯކް (އޮގަސްޓް 14) - އެމެރިކާގެ ނިއު ޔޯކުގެ ކްއީންސް އަވަށުގެ މަގެއްގެ މަތިން އިމާމަކާއި އޭނާގެ އެހީތެރިޔާ ހިނގާފައި ދަނިކޮށް ބަޑި ޖަހާ މަރާލައިފި އެވެ.

10 އޯގަސްޓް

August 10, 2016
ގަޑިހެދި މުސްލިމް ދަރިވަރު ސްކޫލާ ދެކޮޅަށް ދައުވާކޮށްފި

ޑަލަސް (އޮގަސްޓް 10) - ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިއުމުން އެއީ ބޮމެއް ކަމަށް ބަލާ ގަޑި ހެދި މުސްލިމް ދަރިވަރު ޕޮލިހާ ހަވާލުކުރި ޓެކްސަސްގެ ސްކޫލާ ދެކޮޅަށް އެ ދަރިވަރުގެ އާއިލާ އިން ދައުވާކޮށްފި އެވެ.

16 ޖުލައި

July 16, 2016 15
އެމެރިކާ މުސްލިމުންގެ އަގީދާ ޓެސްޓް ކުރަން ގޮވާލައިފި

ވޮޝިންޓަން (ޖުލައި 16) - އެމެރިކާގެ މުސްލިމުން އިސްލާމީ ޝަރީއަތް ގަބޫލް ކުރޭތޯ ބެލުމަށް އެ އެންމެން ސްކްރީން ކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސް ނިއުޓް ގިންގްރިޗް ގޮވާލައްވައިފި އެވެ.

13 ޖުލައި

July 13, 2016 2
ބުރުގާ އަޅައިގެން ޖަކާޓާގެ ޖަލުން ގައިދީއަކު ފިލައިފި

ޖަކާޓާ (ޖުލައި 13) - ކުޑަ ކުއްޖަކު މަރާލުމުގެ ކުށުގައި އިންޑޮނީޝިއާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ގައިދީއަކު ބުރުގާއަކާއި އަވި އައިނެއް އަޅައިިގެން ގާޑުންނަށް އޮޅުވައިގެން ޖަލުން ފިލައިފި ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.

11 ޖުލައި

July 11, 2016 12
ފަސް މިނެޓް: އާރާއި ބާރުގައި ހިތް ތިރި ކުރުމަކީ މިއީ

ޝާމްކަރަ ފަތަހަ ކުރުމަށް ޢުމަރުގެފާނު ފޮނުއްވި ލަޝްކަރު ދިމިޝްގު ފަތަހަކޮށް ނިމުމާ އެކު، މުސްލިމުންގެ ކޮމާންޑަރު އަބޫ ޢުބައިދާ، ޤުދުސްގެ އަހުލުވެރިންނަށް ސިޓީއެއް ފޮނުއްވި އެވެ. އިސްލާމް ވުމަށެވެ. އިސްލާމް ނުވި ނަމަ މުސްލިމުންނަށް ޖިޒީ ދީގެން ތިބުމެވެ. ޖިޒީ ދިނުމަށް ވެސް ނުރުހޭ ނަމަ، ހަނގުރާމަ ކުރުމެވެ. އެއީ ހިޖްރަ އިން 15 ވަނަ...

06 ޖުލައި

July 06, 2016 2
އަގީދާ ފުނޑާލާއިރު ރައްކާތެރި ކުރަން އަޒުމް ކަނޑައަޅާ

ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމަށް އެތެރޭންނާއި ބޭރުން ގިނަ ކަންތައްތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިސްލާމީ އަގީދާ އަންނަން އޮތް ޖީލުތަކަށް ފޯރު ކޮށްދޭން އަޒުމް ކަނޑައަޅަން މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

28 ޖޫން

June 28, 2016 4
ރޯދައިގެ ތަޖުރިބާކުރި ޣައިރު މުސްލިމެއްގެ ވާހަކަ

އެމެރިކާގެ ޑެޓްރޮއިޓް މެޓްރޯ ސަރަހައްދުގައި މުސްލިމުން ވަރަށް ގިނަ އެވެ. ރަމަޟާން މަހު އެ މީހުން ރޯދަ ހިފަމުން ދާއިރު އެ މުޖުތަމައުގައި އުޅޭ ޣައިރު މުސްލިމުންގެ އެތައް ބަޔަކު މުސްލިމުންނާ ބައިވެރިވެ އެވެ. އެ ސަރަހައްދުގެ ބައެއް ޣައިރު މުސްލިމުން ބުނާ ގޮތުގައި އެ މީހުން ކޮންމެ އަހަރަކު ވެސް މުސްލިމުންނާ ބައިވެރިވުމުގެ ގޮތުން ރޯދަ...

27 ޖޫން

June 27, 2016 16
ފަސް މިނެޓް: މުޅި ދުނިޔެ މުސްލިމުންގެ ބާރުގެ ދަށުގައި

ދުވަސްވަރަކީ މުސްލިމުންގެ ތިން ވަނަ ޚަލީފާ ޢުޘްމާންގެފާނު ޝަހީދު ކޮށްލުމުގެ ހާދިސާ އަށް ފަހު، ޢަލީގެފާނު ޚިލާފަތަށް އިސް ކުރެވުނުތާ ކުރީކޮޅުގެ ދުވަސްވަރެވެ. ބައެއް ޞަޙާބީން ބޭނުންފުޅުވީ ޢުޘްމާންގެފާނުގެ މަރުގެ ބަދަލު ހިއްޕެވުމަށެވެ. އެ ކަމަށް އެދި ޢަލީގެފާނަށް ބާރު އަޅުއްވަމުން ގެންދަވަނީ އެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާގެ...

20 ޖޫން

June 20, 2016
އީޔޫއިން ޔޫކޭ ވަކިނުވާން މުސްލިމް މެންބަރު ތާއީދުކޮށްފި

ލަންޑަން (ޖޫން 20) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމަށް އެ ގައުމުގެ އިސް މުސްލިމް ސިޔާސީ ފަރާތެއް ކަމަށްވާ ސައީދާ ވަރުސީ ކުރިން ތާއިދު ކުރެއްވި ނަމަވެސް އުފެދުނު "ހިތްހަމަނުޖެހުމަކާ" ގުޅިގެން އެ ތާއީދު އަނބުރާ ގެނެސްފި އެވެ.

15 ޖޫން

June 15, 2016 3
ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އޮބާމާ ރައްދު ދެއްވައިފި

ވޮޝިންޓަން (ޖޫން 15) - ފްލޮރިޑާގެ އޯލެންޑޭގެ ނައިޓް ކްލަބެއްގައި ބަޑިން ދިން ހަމަލާ އަށް ފަހު އެތައް ބަޔަކު މަރުވުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ނޮމިޝޭން ކާމިޔާބު ކުރައްވާފައިވާ ޑޮނަލްޑް ޓްރަމްޕް މުސްލިމުންނަށް ބޭލި ރުޅިގަނޑަށް ރައީސް ބަރަކް އޮބާމާ ރައްދު ދެއްވައިފި އެވެ.

14 ޖޫން

June 14, 2016 6
ޓްރަމްޕުގެ ރުޅިގަނޑު އަނެއްކާވެސް މުސްލިމުންނަށް

ވޮޝިންޓަން (ޖޫން 14) - ފްލޮރިޑާގެ ނައިޓް ކްލަބެއްގައި ބަޑިން ދިން ހަމަލާ އަށް ފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމުގެ މަގުމަތީގައިވާ ޑޮނަލްޑް ޓްރަމްޕުގެ ރުޅިގަނޑު މުސްލިމުންނަށް ބާލައިފި އެވެ.

26 މެއި

May 26, 2016 4
މުސްލިމް ކިޔަވާ ކުދިން ޓީޗަރުންނާ ސަލާމްކުރަން ޖެހޭ

ޒިއުރިކް (މެއި 26) - ކްލާސް ގަޑި ފެށޭ އިރާއި ނިމޭ ގަޑީގައި މުސްލިމް ކިޔަވާ ކުދިން ވެސް ޓީޗަރުންނާ ސަލާމްކުރަން ޖެހޭ ގޮތަށް ސްވިޒަލެންޑުގެ ސަރަހައްދީ އިދާރާއަކުން ނިންމައިފި އެވެ.