27 އޯގަސްޓް

August 27, 2018 3
މިއަންމާ ސިފައިންގެ ވެރިޔާ ފޭސްބުކުން ބޭރުކޮށްލައިފި

ވޮޝިންޓަން (އޮގަސްޓް 27) - މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ހިމެނޭ ގޮތަށް އެ ގައުމުގެ ސިފައިންގެ އިސްވެރިންތަކެއްގެ ފޭސްބުކް އެކައުންޓް ބަންދުކުރަން ނިންމައިފި އެވެ.

August 27, 2018 2
މިއަންމާގެ އަސްކަރީ ވެރިންނަށް ދައުވާކުރަން ޖެހޭ: އދ.

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މީހުން މެރުމާއި ހަނގުރާމައިގެ...

August 27, 2018 1
ފަނޑިޔާރު ބަލިވުމުން ދެ ނޫސްވެރިންގެ ހުކުމް ފަސްކޮށްފި

ނޭޕީޑޯ (އޮގަސްޓް 27) - ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންނަށް ހުކުމް އިއްވުން، ފަނޑިޔާރު ބަލިވުމުން ފަސްކޮށްފި އެވެ.

09 ޖުލައި

July 09, 2018 4
މިއަންމާގެ ގަތުލްއާއްމު ރިޕޯޓްކުރި ނޫސްވެރިންނަށް ދައުވާ ކުރަނީ

ޔަންގޫން (ޖުލައި 9) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުވާ ކުރަން މިއަދު ނިންމައިފި އެވެ.

27 ޖޫން

June 27, 2018 3
ރޮހިންޖާ މީހުންނަށް އަނިޔާ ދިން ޖެނެރަލް ވަކިކޮށްފި

ނޭޕީޑޯ (ޖޫން 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާ ދިން މިއަންމާ ސިފައިންގެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

29 އެޕްރީލް

April 29, 2018 1
ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ކޭމްޕްތަކަށް

ޑާކާ (އެޕްރީލް 29) - މިއަންމާގެ އަނިޔާވެރިކަން ބޮޑުވުމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންގެ އެތައް ލައްކަ ބަޔަކު ދިރިއުޅޭ ކޭމްޕްތަކަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން މިއަދު ޒިޔާރަތްކޮށްފި އެވެ.

16 އެޕްރީލް

April 16, 2018
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދާކަށް ނުފަށާ: ބަންގްލަދޭޝް

ޑާކާ (އެޕްރީލް 16) - މިއަންމާގެ ރަކީން ސްޓޭޓުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިންގަން ފެށި ހަމަނުޖެހުންތަކުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ބަދަލުވި ހަތް ލައްކައެއްހާ ރެފިއުޖީންގެ ތެރޭން ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް ގެންދިޔަ ކަމަށް ބުނާ ވާހަކަ ބަންގްލަދޭޝް އިން ދޮގުކޮށްފި އެވެ.

15 އެޕްރީލް

April 15, 2018 1
ރޮހިންޖާގެ ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް

ނޭޕީޑޯ (އެޕްރީލް 15) - މިއަންމާގެ ރަކީން ސްޓޭޓުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިންގަން ފެށި ހަމަނުޖެހުންތަކުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ބަދަލުވި ހަތް ލައްކައެއްހާ ރެފިއުޖީންގެ ތެރޭން ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް ހިނގައްޖެ އެވެ.

12 އެޕްރީލް

April 12, 2018 1
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ

ނޭޕީޑޯ (އެޕްރީލް 12) - ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްސަލަ ދޫކޮށްލަން އެ ގައުމުގެ ކޯޓަކުން ދެކޮޅު ހަދައިފި އެވެ.

11 އެޕްރީލް

April 11, 2018 2
ރަކީންގައި ގަތުލްއާއްމު ހިންގި ސިފައިންގެ ހަތް މީހުން ޖަލަށް

ނޭޕީޑޯ (އެޕްރީލް 11) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންގެ ބަޔަކު ގަތުލްކުރި މިއަންމާ ސިފައިންގެ ހަތް މީހުން ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

04 އެޕްރީލް

April 04, 2018 2
ބަންގްލަދޭޝްގެ ކޭމްޕްތަކަށް މިއަންމާގެ މިނިސްޓަރެއް

ޑާކާ (އެޕްރީލް 4) - ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ބަންގްލަދޭޝްގެ ކޭމްޕްތަކަށް މިއަންމާގެ މިނިސްޓަރެއް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

03 އެޕްރީލް

April 03, 2018 1
ސަލާމަތީ މަޖިލީހުން މިއަންމާ އަށް ޒިޔާރަތް ކުރަނީ

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 3) - އެތައް މަހެއްގެ ދެކޮޅު ހެދުންތަކަށް ފަހު މިއަންމާ އިން އެންމެ ފަހުން ސަލާމަތީ މަޖިލީހުގެ ވަފުދެއް ޒިޔާރަތް ކުރަން ހުއްދަ ދީފި އެވެ.

30 މާޗް

March 30, 2018 4
މިއަންމާގައި ބަންދުކުރި ނޫސްވެރިންގެ ދިފާއުގައި އަމާލް

ލަންޑަން (މާޗް 30) - މިއަންމާގައި ބަންދުކޮށްފައި ތިބި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ބައިވެރިވާން މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ނިންމަވައިފި އެވެ.

28 މާޗް

March 28, 2018 2
މިއަންމާގެ ރައީސް ކަމަށް ޕާލަމެންޓުގެ ރައީސް ހޮވައިފި

ނޭޕީޑޯ (މާޗް 28) - މިއަންމާގެ އާ ރައީސްގެ މަގާމަށް އެ ގައުމުގެ ޕާލަމެންޓުގެ ރައީސްގެ މަގާމުގައި ހުންނެވި ވިން މިއިންޓް މިއަދު އިންތިޚާބުކޮށްފި އެވެ.

21 މާޗް

March 21, 2018 7
ސިއްހީ ހާލުކޮޅު ދަށްވުމުން މިއަންމާގެ ރައީސް އިސްތިއުފާ

ނޭޕީޑޯ (މާޗް 21) - ރަމްޒީ ގޮތުން މިއަންމާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ހުޓިން ކިޔޯ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

18 މާޗް

March 18, 2018 2
ސޫކީއާ ދެކޮޅަށް ވަކީލުންތަކެއް ދައުވާ އުފުލައިފި

ސިޑްނީ (މާޗް 18) - ރޮހިންޖާ މުސްލިމުންނަށް އަނިޔާވެރިވެފައިވާތީ މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީއާއާ ދެކޮޅަށް އޮސްޓްރޭލިއާގެ ވަކީލުންތަކެއް ދައުވާކޮށްފި އެވެ.

15 މާޗް

March 15, 2018 2
މިއަންމާ އަށް ވަނުމުގެ ހުއްދަ ދިނީ 374 މީހުންނަށް

ޑާކާ (މާޗް 15) - މިއަންމާގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް އެތެވި ރޮހިންޖާ މުސްލިމުންގެ ތެރޭން އެނބުރި ދިއުމުގެ ހުއްދަ އަށް އެދުނު 8،000 މީހުންގެ ތެރޭން ހުއްދަ ދީފައި ވަނީ އެންމެ 374 މީހުންނަށް ކަމަށް ރިޕާޓްރިއޭޝަން ކޮމިޝަނާ އަބްދުލް ކަލާމް ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2018 1
ބޯޑަރަށް ސިފައިން ޖަމާކުރާތީ ބަންގްލަދޭޝް ކަންބޮޑުވެއްޖެ

ޑާކާ (މާޗް 2) - ދެ ގައުމު ހިއްސާކުރާ ބޯޑަރު ކައިރިއަށް މިއަންމާ ސިފައިން ގިނަ އަދަދަކަށް ޖަމާކުރާތީ ބަންގްލަދޭޝް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

24 ފެބުރުއަރީ

February 24, 2018 1
ރޮހިންޖާ މީހުންގެ 55 އަވަށް ބިމާ ހަމަކޮށްލައިފި

ރަކީން ސްޓޭޓް (ފެބްރުއަރީ 24) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުން ދިރިއުޅުނު 55 އަވަށް މިއަންމާ ސަރުކާރުން ބިމާ ހަމަކޮށްލާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2018
މިއަންމާއަށް ގެންދާ ރޮހިންޖާ މީހުންގެ ލިސްޓްހަވާލުކޮށްފި

ޑާކާ (ފެބްރުއަރީ 21) - ދެ ގައުމުގެ މެދުގައި މިދިޔަ އަހަރު ފަހުކޮޅު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މިއަންމާ އަށް ފުރަތަމަ ގެންދާ ރޮހިންޖާ މުސްލިމުންގެ 8،000 މީހުންގެ ލިސްޓް ބަންގްލަދޭޝް އިން މި ހަފުތާގައި ހަވާލުކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2018 1
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ

ނޭޕީޑޯ (ފެބްރުއަރީ 12) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުން ގަޔަށް ބަޑިޖަހާ މީހުން މެރި މިއަންމާ ސިފައިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

04 ފެބުރުއަރީ

February 04, 2018
ރަކީން ސްޓޭޓުން ކަށްވަޅުތަކެއް ފެނުނު ވާހަކައަކީ ދޮގެއް: މިއަންމާ

ޔަންގޫން (ފެބްރުއަރީ 4) - ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި ގިނަ ބަޔަކު މަރާ ވަޅުލާފައިވާ ކަށްވަޅުތަކެއް ފެނުނު ކަމަށް ބުނާ ވާހަކަތައް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.