ވޮޝިންޓަން (އޮކްޓޯބަރު 24) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާ ދިނުމުގައި ހަރަކާތްތެރިވާ މިއަންމާ ސިފައިންގެ ޔުނިޓްތަކާއި އޮފިސަރުންނަށް ފޯރުކޮށްދޭ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާ އިން ނިންމައިފި އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 24) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާ ދިނުމުގައި ހަރަކާތްތެރިވާ މިއަންމާ ސިފައިންގެ ޔުނިޓްތަކާއި އޮފިސަރުންނަށް ފޯރުކޮށްދޭ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާ އިން ނިންމައިފި އެވެ.
ޖެނީވާ (އޮކްޓޯބަރު 23) - މިއަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް އެހީ ހޯދުމުގެ ކޮންފަރެންސެއް އދ. އިން ފަށައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 19) - ރޮހިންޖާ މުސްލިމުންނަށް ހިމާޔަތް ދިނުމަށް ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ގޮތަށް މިއަންމާ އިން އަމަލު ކުރަމުން ނުދާ ކަމަށް އދ. އިން ބުނެފި އެވެ.
ޔަންގޮން (އޮކްޓޯބަރު 19) - މިއަންމާގެ ވެރިރަށް ޔަންގޮންގައި ހުރި ތާރީޚީ ލަގްޒަރީ ހޮޓަލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 19) - މިއަންމާގެ އަސްކަރީ ވެރިންނަށް ދަތުރުފަތުރު ކުރުން މަނާކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ 43 މެންބަރަކު ގޮވާލައިފި އެވެ.
ލަންޑަން (އޮކްޓޯބަރު 18) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގަމުންދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކަމަށާއި އެކަމުގެ ވަރުގަދަ ހެކި...
ޔަންގޮން (އޮކްޓޯބަރު 17) - މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުގައި ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން އަނބުރާ ގެންދިއުމާއި އދ.ގެ އެހީދޭ ޓީމުތަކުން ރަކީން އަށް ވެއްދުމުގެ...
ޔަންގޮން (އޮކްޓޯބަރު 17) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ މެދު ސިފައިން ކަންކުރަމުންދާ ގޮތުގެ ތެދު ޚަބަރު ލިޔާ މިއަންމާގެ ނޫސްވެރިންނަށް އެކި ފާޑުގެ ފުރައްސާރަކޮށް އެ މީހުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހޭ ކަމަށް ބުނެފި އެވެ.
ކޮކްސް ބާޒާރު (އޮކްޓޯބަރު 15) - މިއަންމާގެ ރަކީން ސްޓޭޓުގައި ދިރިއުޅުނު ރޮހިންޖާ މުސްލިމުން އެ ސްޓޭޓުން ބޭރުކުރުމުން، ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ދިިރިއުޅެން ޖެހުނު ނަމަވެސް...
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 15) - ރޮހިންޖާ ރެފިއުޖީން ރައްކާތެރިކަމާ އެކު އަނބުރާ މިއަންމާ އަށް ގެންދަން ސަލާމަތީ މަޖިލީހުން ބާރުއަޅަން ޖެހޭ ކަމަށް އދ.ގެ ކުރީގެ ސެކްރެޓަރީ...
ޔަންގޫން (އޮކްޓޯބަރު 12) - ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުން ނޫން ކަމަށާއި އެއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު އެ ގައުމަށް ގެނައި ބައެއް ކަމަށް މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 12) - މިއަންމާގައި ހުންނަ އދ.ގެ އެންމެ އިސް މަންދޫބު ރެނަޓާ ލޮކް-ޑެސައިލިއެން އަނބުރާ ގެންދަން ނިންމާފައިވާކަން އދ. އިން އިއުލާންކޮށްފި އެވެ.
ކޮކްސް ބާޒާރު (އޮކްޓޯބަރު 12) - މިއަންމާ ސިފައިން ދަނީ ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓުން ބޭރު ކުރަން ވަކި ރޭވުމެއްގެ ދަށުން މަސައްކަތް ކުރަމުން ކަމަށް އދ. އިން ބުނެފި އެވެ.
ކޮކްސް ބާޒާރު (އޮކްޓޯބަރު 9) - ރޮހިންޖާ މުސްލިމުން ގޮވައިގެން މިއަަންމާ އިން ދަތުރުކުރި ކުޑަ ބޯޓެއް ފެތި 12 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިޔަންމާއިން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ހާލަތު، ދުލުން ބަޔާންކޮށްދެއްވޭ ވަރަށް ވުރެ ދަށް ކަމަށް، މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮކްސް ބާޒާރު (އޮކްޓޯބަރު 5) - ރޮހިންޖާ މުސްލިމް ރެފިއުޖީން މިއަންމާ އިން އުފުލާ ކުދި ބޯޓުތަކެއް ބަންގްލަދޭޝް އިން ހަލާކުކޮށްލައިފި އެވެ.
ރަކީން ސްޓޭޓް (އޮކްޓޯބަރު 4) - ދެ މިލިއަން ގުޅަ ޑްރަގާ އެކު މިއަންމާ ސިފައިންގެ ދެ މީހަކު ރަކީން ސްޓޭޓުން އަތުލައިގެންފި އެވެ.
ޔަންގޫން (އޮކްޓޯބަރު 3) - މިއަންމާގެ ރަކީން ސްޓޭޓުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ވީޑިއޯއް ހެދުމުން މިއަންމާގެ ރީތީގެ ރާނީގެ ލަގަބު އަތުލައިފި އެވެ.
ރަކީން (އޮކްޓޯބަރު 2) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަޖެހުން ގާއިމްވެފައިވާކަން ދެއްކުމުގެ ގޮތުން އެ ސްޓޭޓުގެ ސްކޫލްތައް ހުޅުވައިފި އެވެ.
ލަންޑަން (އޮކްޓޯބަރު 1) - އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ ކޮލެޖުގައި ހުރި މިއަންމާގެ ލީޑަރު އަން ސަން ސޫކީގެ ފޮޓޯ ނަގައިފި އެވެ.
ވޮޝިންޓަން (ސެޕްޓެމްބަރު 30) - މިއަންމާގެ އަސްކަރީ އޮފިޝަލުންނަށް ދައުވާ ކުރަން އެމެރިކާ އިން ގޮވާލައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 28) - ރަކީން ސްޓޭޓަށް އދ.ގެ އޮފިޝަލުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަންމާ ސަރުކާރުން ކެންސަލްކޮށްފި އެވެ.
ރަކީން ސްޓޭޓް (ސެޕްޓެމްބަރު 28) - މިއަންމާގެ ރަކީން ސްޓޭޓުގައި ހިންދޫންތަކެއް މަރާފައި ވަނީ ރޮހިންޖާ ހަނގުރާމަވެރިން ކަމަށް ސިފައިން ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 27) - ރޮހިންޖާ ރެފިއުޖީންއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަންމާގެ ޓީމެއް އަންނަ ހަފުތާގައި ބަންގްލަދޭޝް އަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.
އިސްތަންބޫލް (ސެޕްޓެމްބަރު 26) - މިއަންމާގެ ރަކީން ސްޓޭޓުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން އަނިޔާކުރަމުން ދާއިރު ބައިނަލްއަގުވާމީ މުޖްތަމައުން މިއަންމާ އަށް ފިޔަވަޅު އަޅަމުން...
ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - މިއަންމާގައި ހިންގި އަނިޔާވެރި އަމަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވާ...
ރަކީން ސްޓޭޓް (ސެޕްޓެމްބަރު 25) - މިއަންމާގެ ރަކީން ސްޓޭޓުގައި ހިންދޫންގެ ބަޔަކު މަރާފައި، ވަޅުލާފައިވާ ކަށްވަޅެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 25) - މިއަންމާގެ ރޮހިންޖާ މުސްލިމުން އުޅޭ ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ކޮލެރާ ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން...