20 ސެޕްޓެމްބަރ

September 20, 2017 17
ރޮހިންޖާ މުސްލިމުންގެ ހައްގުގައި ޕާޓީތަކުން އެއްވުމަކަށް

މިއަންމާގެ ސިފައިންނާއި ބުޑިސްޓުންގެ ފަރާތުން އަނިޔާ ލިބެމުން އަންނަ ރޮހިންޖާގެ މުސްލިމުންގެ ހައްގުގައި އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

September 20, 2017 7
ސޫކީގެ ތަގްރީރަށް ފަހު ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުން

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 20) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިންދޭ އަނިޔާތަކާ ގުޅޭ ގޮތުން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އިއްޔެ...

September 20, 2017 7
ރޮހިންޖާ މުސްލިމުންނަށް 15 މިލިއަން ޑޮލަރު ސައުދީން ދެނީ

ރިޔާޒް (ސެޕްޓެމްބަރު 20) - ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް 15 މިލިއަން ޑޮލަރު ދިނުމަށް ސައުދީ ރަސްގެފާން ސަލްމާން އަންގަވައިފި އެވެ.

19 ސެޕްޓެމްބަރ

September 19, 2017 8
ރޮހިންޖާ އަށް އެހީވާން އެމްޑަބްލިއުއެސްސީން ފަންޑެއް

ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އެހީވާން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު ފަންޑެއް ހުޅުވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 3
ރޮހިންޖާއާ ބެހޭ ގޮތުން ސޫކީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަނީ

ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިން އަނިޔާކުރާ އިރު އެ ގައުމުގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ ބަހެއް ވިދާޅުނުވެ ހުންނަވާތީ ފާޑު...

September 18, 2017 8
"ހަމަލާ ދެނީ ރޮހިންޖާ ހަނގުރާމަވެރިންނަށް އެކަނި"

ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ރޮހިންޖާ މުސްލިމުން ކަމަށާއި މިއަންމާ ސިފައިން ހަމަލާ ދެނީ ހަމައެކަނި ރޮހިންޖާ...

16 ސެޕްޓެމްބަރ

September 16, 2017 10
"ވޯޓުގައި ބައިވެރިނުވީ ޚާރިޖީ ސިޔާސަތު ވިކިފައިވާތީ"

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގަތުލު އާންމުތަކާ ދެކޮޅަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކަށް ވިއްކާލެވިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 15
ފަންޑަށް ލިބުނު 5 މިލިއަން ރެޑްކްރެސެންޓާ ހަވާލުކޮށްފި

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ހުޅުވި ފަންޑަށް ލިބުނު 5.1 މިލިއަން ރުފިޔާ ދިވެހި ރެޑް ކްރެސެންޓާ މިރޭ ހަވާލުކޮށްފި އެވެ.

September 14, 2017 7
މިއަންމާ އަށް އަލްގައިދާ އިން އިންޒާރުދީފި

ޔަންގޮން (ސެޕްޓެމްބަރު 14) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަށް މިއަންމާ އަށް "އަދަބު" ދޭނެ ކަމަށް އަލް ގައިދާ ޖަމާއަތުން އިންޒާރު ދީފި އެވެ.

September 14, 2017 6
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 14) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ...

13 ސެޕްޓެމްބަރ

September 13, 2017 1
"މިއަންމާގެ އަނިޔާވެރިކަމަކީ ސުލްހައިގެ އިނާމު މަރާލުން"

ތެހެރާން (ސެޕްޓެމްބަރު 13) - މިއަންމާގެ އަޣުލަބިއްޔަތު ނެތް ރޮހިންޖާ މުސްލިމުންނަށް އެ ގައުމުގެ ސިފައިން އަނިޔާ ކުރަމުން ގެންދިއުމަކީ ނޯބެލް ސުލްހައިގެ އިނާމު މަރާލުން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

September 13, 2017 7
ފާޑުކިޔުންތަކާ އެކު ސޫކީގެ އދ. ދަތުރު ކެންސަލްކޮށްފި

ނޭޕީޑޯ (ސެޕްޓެމްބަރު 13) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އަށް މުޅި ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް...

September 13, 2017 65
ރޮހިންޖާ އަށް އެހީވާން ސަރުކާރުން އެކައުންޓު ހުޅުވައިފި

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތާ ގުޅިގެން ހާއްސަ އެކައުންޓުތަކެއް ހުޅުވައި، ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 2
އެމްއާރުސީޑީ މުވައްޒަފުންގެ ފައިސާގެ އެހީ ރޮހިންޖާ އަށް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ، ރޮހިންޖާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ހަދިޔާކުރަން ނިންމައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2017 4
މިއަންމާގެ މުސްލިމުންނަށްކުރާ އަނިޔާ އެ މީހުންގެ ދުލުން

ޑާކާ (ސެޕްޓެމްބަރު 9) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެ ސްޓޭޓް ދޫކޮށް ވަނީ އެތައް ލައްކަ ބަޔަކު އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

08 ސެޕްޓެމްބަރ

September 08, 2017
މިއަންމާގެ 270000 ރެފިއުޖީން ބަންގްލަދޭޝް އަށް

ޑާކާ (ސެޕްޓެމްބަރު 8) - މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުން ފެށި ފަހުން ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ 270،000 މުސްލިމް ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ބުނެފި އެވެ.

07 ސެޕްޓެމްބަރ

September 07, 2017 5
މިޔަންމާ އިން ދަނީ މައިން ވަޅުލަމުން: ބަންގްލަދޭޝް

މިޔަންމާގެ ރަކީން ސްޓޭޓްގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިންނާއި ބުދުދީނުގެ ހާމުދުރުން ބޮޑެތި އަނިޔާތަކެއް ދެމުން އަންނަ ދަނޑިވަޅެއްގައި މިހާރު ގެންދަނީ...

September 07, 2017 59
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިއުމުން ރާއްޖެއިން އެޅި ފިޔަވަޅަކީ އެ ގައުމާ އެކު ކުރާ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއީ އިޒުރޭލާ މެދު ކުރީގެ...

05 ސެޕްޓެމްބަރ

September 05, 2017 22
މިއަންމާގެ ހަމަނުޖެހުމާ ގުޅިގެން ގުނޫތުކިޔަން އަންގައިފި

މިއަންމާގައި، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހުރިހާ ރަށެއްގައި މިރެއިން ފެށިގެން ނަމާދުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

September 05, 2017 5
ރޮހިންޖާ މުސްލިމުންނަށް ތާއީދު ކުރަން ޗެޗްނިޔާ މީހުން މަގުތަކަށް

ގްރޮޒްނީ (ސެޕްޓެމްބަރު 5) - މިއަންމާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން...

September 05, 2017 1
މިއަންމާ އިން 125000 ރެފިއުޖީން ބަންގްލަދޭޝް އަށް

ޑާކާ (ސެޕްޓެމްބަރު 5) - މިދިޔަ މަހުގެ 25 އިން ފެށިގެން، މިއަންމާ އިން ގާތްގަނޑަކަށް 125،000 ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.

03 ސެޕްޓެމްބަރ

September 03, 2017 107
ރާއްޖެ-މިއަންމާގެ ވިޔަފާރީގެ ގުޅުން ކަނޑާލައިފި

މިއަންމާގެ ރޮހިންޖާގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ރާއްޖެ އާއި އެ ގައުމާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި...

September 03, 2017 15
ރޮހިންޖާގެ ހައްގުތައް ހިމާޔަތް ކޮށްދޭންޖެހޭ: ނަޝީދު

މިއަންމާގެ ރޮހިންޖާ ދަރިފަސްކޮޅުގެ މީހުންގެ އިންސާނީ ހައްގުތައް، އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ހިމާޔަތްކޮށްދޭންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

02 ސެޕްޓެމްބަރ

September 02, 2017 1
މިއަންމާ އިން ފިލަންދާ މުސްލިމުންގެ އަދަދު 40000 އަށް

ޔަންގޫން (ސެޕްޓެމްބަރު 2) - މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމުން އެ ގައުމުގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުން ފިލަންދާ ރެފިއުޖީންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

31 އޯގަސްޓް

August 31, 2017 3
މިއަންމާގެ 18500 މުސްލިމުން ބަންގްލަދޭޝް އަށް

ޔަންގޫން (އޮގަސްޓް 31) - މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި އެ ގައުމުގެ ސިފައިން ހިންގާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ރެފިއުޖީންގެ ގޮތުގައި ދިޔަ 18،500 މީހަކު ބަންގްލަދޭޝް އަށް އެތެރެވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

29 އޯގަސްޓް

August 29, 2017 9
މިއަންމާގެ މުސްލިމުންގެ ސްޓޭޓުގައި އަލިފާން ޖަހަން ފަށައިފި

ޔަންގޫން (އޮގަސްޓް 29) - މިއަންމާގައި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގެ ވަރަށް ގިނަ ތަންތަނުގައި އެ ގައުމުގެ ސިފައިން އަލިފާން ޖަހަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނެފި އެވެ.