29 އޯގަސްޓް

August 29, 2017 9
މިއަންމާގެ މުސްލިމުންގެ ސްޓޭޓުގައި އަލިފާން ޖަހަން ފަށައިފި

ޔަންގޫން (އޮގަސްޓް 29) - މިއަންމާގައި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގެ ވަރަށް ގިނަ ތަންތަނުގައި އެ ގައުމުގެ ސިފައިން އަލިފާން ޖަހަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނެފި އެވެ.

27 އޯގަސްޓް

August 27, 2017 5
މިއަންމާ އިން ފިލަންދާ މުސްލިމުން ގަޔަށް ބަޑިޖަހަނީ

ޔަންގޫން (އޮގަސްޓް 27) - މިއަންމާގެ ރަކީން ސްޓޭޓުން ފިލަންދާ މުސްލިމުން ގަޔަށް އެ ގައުމުގެ ސިފައިން ބަޑި ޖަހަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

08 ޖޫން

June 08, 2017 4
ގެއްލުނު މަތިންދާ ބޯޓު އަންޑަމަން ކަނޑުން ފެނިއްޖެ

ޔަންގޫން (ޖޫން 8) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރު ކުރަނިކޮށް ގެއްލުނު މިއަންމާގެ އަސްކަރީ މަތިންދާ ބޯޓު އަންޑަމަން ކަނޑުން ފެނިއްޖެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

07 ޖޫން

June 07, 2017
100 މީހުންނާ އެކު މިއަންމާގެ ބޯޓެއް ގެއްލިއްޖެ

ޔަންގޫން (ޖޫން 7) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި މިއަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

24 މެއި

May 24, 2017 2
މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް ސިފައިން ބުނެފި

ޔަންގޫން (މެއި 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ކަމުގެ ސާފު ހެކި ހުރި ނަމަވެސް މިއަންމާ ސިފައިން އެކަން ދޮގުކޮށްފި އެވެ.

02 މެއި

May 02, 2017 6
ރޮހިންޖާ މުސްލިމުންގެ ބަޔަކު ލަންކާ ސިފައިން ހިފަހައްޓައިފި

ކޮލަމްބޯ (މެއި 2) - ރޮހިންޖާ މުސްލިމް ރެފިއުޖީންގެ 32 މީހަކު ސްރީ ލަންކާ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.

06 އެޕްރީލް

April 06, 2017 6
މިއަންމާގެ މުސްލިމުން ނައްތާލަން މަސައްކަތެއް ނުކުރަން

ޔަންގޫން (އެޕްރީލް 6) - މިއަންމާގެ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ވިދާޅުވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2017 5
ރޮހިންޖާ މުސްލިމަކު މަރަން ހުކުމް ކޮށްފި

ޔަންގޫން (ފެބްރުއަރީ 13) - މިއަންމާ ފުލުހުންގެ ބޯޑާ ޕޯސްޓަކަށް ހަމަލާ ދިން ކަމަށް ބުނެ ރޮހިންޖާ މުސްލިމަކު މަރަން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2017 3
ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ އިން އެހީ ފޮނުވައިފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 5) - މިއަންމާގެ ރަކީން ސްޓޭޓުގައި ހާލުގައި ޖެހިފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ކާނާ އާއި އަންނައުނު މެލޭޝިއާ އިން ފޮނުވައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 4
މިއަންމާ ސިފައިންގެ އަނިވެރިކަން މުސްލިމުން ސިފަކޮށްދީފި

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 3) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން ކުރަމުންދާ އަނިޔާ އާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ވާހަަކަ ބައެއް މުސްލިމުން ކިޔައިދީފި އެވެ.

29 ޖެނުއަރީ

January 29, 2017 3
މިއަންމާ ސަރުކާރުގެ މުސްލިމް މެންބަރު އަވަހާރަކޮށްލައިފި

ޔަންގޫން (ޖެނުއަރީ 29) - މިއަންމާގައި ވެރިކަން ކުރާ އަން ސަން ސޫކީގެ ޕާޓީގެ މުސްލިމް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް ކޯ ނީ ގަޔަށް އެއާޕޯޓުގެ ބޭރުގައި ބަޑިޖަހާ މިއަދު އަވަހާރަކޮށްލައިފި އެވެ.

24 ޖެނުއަރީ

January 24, 2017 5
ރޮހިންޖާ މައްސަލަ ހައްލު ކުރަން ވަގުތު ދޭން މިއަންމާ އިން އެދިއްޖެ

ސިންގަޕޫރު (ޖެނުއަރީ 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ވަގުތު ދިނުމަށް މިއަންމާގެ ދިފާއީ ވަޒީރުގެ ނައިބް އެދިވަޑައިގެންފި އެވެ.

19 ޖެނުއަރީ

January 19, 2017 7
ރޮހިންޔާ މުސްލިމުންގެ ހައްގުގައި އުއްމަތް ތެދުވާންޖެެހޭ

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް މުސްލިމު އުއްމަތް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

04 ޖެނުއަރީ

January 04, 2017 11
މިއަންމާ މުސްލިމުންނަށް އަނިޔާއެއް ނުކުރޭ: ކޮމިޝަން

ޔަންގޫން (ޖެނުއަރީ 4) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވީ ނަމަވެސް މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް އެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން މިއަދު ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2017 2
މުސްލިމުންނަށް އަނިޔާކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

ޔަންގޫން (ޖެނުއަރީ 3) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ފަޅާއެރުމާ އެކު އެކަމުގައި ބައިވެރިވި ފުލުހުންގެ ހަތަރު އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2017 7
މިއަންމާގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯގެ މައްސަލަ ބަލަނީ

ޔަންގޫން (ޖެނުއަރީ 2) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވާތީ އެ މައްސަލަ ބަލާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2016 2
މުސްލިމުން މަރާތީ ސުލްހައިގެ އިނާމުގެ ބައިވެރިން އަޑުއުފުލައިފި

ޔަންގޫން (ޑިސެމްބަރު 31) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ނަސްލު ނައްތާލަން އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ 11 ބޭފުޅަކު ގޮވާލައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 2
މިއަންމާ ސިފައިން ހިންގަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް: އެމްނެސްޓީ

ލަންޑަން (ޑިސެމްބަރު 19) - މިއަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން ދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2016 5
މުސްލިމުންނަށް އަނިޔާ ދޭތީ އދ. އިން މިއަންމާ ކުށްވެރިކޮށްފި

ޖެނީވާ (ޑިސެމްބަރު 17) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުގެ މައްސަލާގައި މިއަންމާ ސަރުކާރު އދ. އިން ކުށްވެރިކޮށްފި އެވެ.

09 ޑިސެމްބަރ

December 09, 2016 9
ޑައިނަސޯއެއްގެ ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

ޔަންގޫން (ޑިސެމްބަރު 9) - ހަލާކުނުވެ ގިނަ ދުވަހަށް ދެމި އޮވެވޭ ރައްކާތެރި ހާލަތެއްގައި އޮތް ޑައިނޯސައެއްގެ ނަގުލެއް މިއަންމާ އިން ފެނިއްޖެ އެވެ. މިއީ ޑައިނަސޯއެއްގެ ފަތް ހިމެނޭ ބައެއް ދުނިޔެ އިން ފެނުނު ފުރަތަމަ ފަހަރެވެ.