03 ޖެނުއަރީ

January 03, 2017 2
މުސްލިމުންނަށް އަނިޔާކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

ޔަންގޫން (ޖެނުއަރީ 3) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ފަޅާއެރުމާ އެކު އެކަމުގައި ބައިވެރިވި ފުލުހުންގެ ހަތަރު އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2017 7
މިއަންމާގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯގެ މައްސަލަ ބަލަނީ

ޔަންގޫން (ޖެނުއަރީ 2) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވާތީ އެ މައްސަލަ ބަލާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2016 2
މުސްލިމުން މަރާތީ ސުލްހައިގެ އިނާމުގެ ބައިވެރިން އަޑުއުފުލައިފި

ޔަންގޫން (ޑިސެމްބަރު 31) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ނަސްލު ނައްތާލަން އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ 11 ބޭފުޅަކު ގޮވާލައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 2
މިއަންމާ ސިފައިން ހިންގަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް: އެމްނެސްޓީ

ލަންޑަން (ޑިސެމްބަރު 19) - މިއަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން ދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2016 5
މުސްލިމުންނަށް އަނިޔާ ދޭތީ އދ. އިން މިއަންމާ ކުށްވެރިކޮށްފި

ޖެނީވާ (ޑިސެމްބަރު 17) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުގެ މައްސަލާގައި މިއަންމާ ސަރުކާރު އދ. އިން ކުށްވެރިކޮށްފި އެވެ.

09 ޑިސެމްބަރ

December 09, 2016 9
ޑައިނަސޯއެއްގެ ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

ޔަންގޫން (ޑިސެމްބަރު 9) - ހަލާކުނުވެ ގިނަ ދުވަހަށް ދެމި އޮވެވޭ ރައްކާތެރި ހާލަތެއްގައި އޮތް ޑައިނޯސައެއްގެ ނަގުލެއް މިއަންމާ އިން ފެނިއްޖެ އެވެ. މިއީ ޑައިނަސޯއެއްގެ ފަތް ހިމެނޭ ބައެއް ދުނިޔެ އިން ފެނުނު ފުރަތަމަ ފަހަރެވެ.

04 ޑިސެމްބަރ

December 04, 2016 2
މިއަންމާގެ މުސްލިމުން މެރުން ސޫކީ ހުއްޓުވަން ޖެހޭ

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 4) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގާ ޖަރީމާތަކާއި މުސްލިމުން މެރުން އަން ސަން ސޫކީ ހުއްޓުވަން ޖެހޭނެ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2016 23
މުސްލިމުންނަށް އަނިޔާ ދޭ އިރު ސޫކީ ހިމޭނުން، އޭނާ އަށް ފާޑުކިޔުން

ޔަންގޫން (ނޮވެމްބަރު 26) - މިއަންމާގެ ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް އެ ގަައުމުގެ ސިފައިން އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ އިރު ވެސް މިއަންމާގެ ލީޑަރު އަން ސަން ސޫކީ އެއްޗެކޭ ވިދާޅު ނުވެ ހިމޭނުން ހުންނަވާތީ އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

25 ނޮވެމްބަރ

November 25, 2016 9
މިއަންމާ ސިފައިން ނުކުރާ އަނިޔާއެއް ނެތް: މުސްލިމް ރެފިއުޖީން

ޔަންގޫން (ނޮވެމްބަރު 25) - މިއަންމާގެ ހުޅަނގު އުތުރުގައި އޮންނަ ރަކިނީ ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް މިއަންމާ ސިފައިން ނުކުރާކަށް އަނިޔާއެއް ނެތް ކަމަށް އެ ސްޓޭޓުން ފިލަމުންދާ މުސްލިމް ރެފިއުޖީން ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2016 9
މިއަންމާގެ މުސްލިމުންނަަށް އަނިޔާދޭތީ ބަންގްލަދޭޝް ރަތަށް

ޑާކާ (ނޮވެމްބަރު 24) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން އަނިޔާކޮށް އެ މީހުންގެ ގެދޮރު ސުންނާފަތި ކުރަމުން ގެންދާތީ ބަންގްލަދޭޝް އިން ރުޅިގަދަވެ، މިއަންމާގެ ސަފީރު ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފި އެވެ.

23 ނޮވެމްބަރ

November 23, 2016 10
މިއަންމާގެ މުސްލިމުންނާ މެދު އދ. އިން ކަންބޮޑުވެއްޖެ

ޔަންގޫން (ނޮވެމްބަރު 23) - މިއަންމާގެ ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ. އިން ގޮވާލައިފި އެވެ.

21 ނޮވެމްބަރ

November 21, 2016 15
މިއަންމާގެ މުސްލިމުންގެ އަވަށެއް އެކީ ސުންނާފަތި ކޮށްފި

ޔަންގޫން (ނޮވެމްބަރު 21) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅުނު އަވަށަކުން 1،200 އަށް ވުރެ ގިނަ ގޭ ވޭތުވެދިޔަ ހަ ހަފުތާ ތެރޭ ހަލާކުކޮށްލާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2016 4
މިއަންމާގެ މުސްލިމުންގެ އަވަށުން 25 މީހުން މަރާލައިފި

ޔަންގޫން (ނޮވެމްބަރު 14) - މިއަންމާގެ ރޮހިންޔާ މުސްލިމުންގެ ރަކިނީ ސްޓޭޓުގެ އަވަށުން ސިފައިން ބަޑި ޖަހާ 25 މީހުން މަރާލައިފި އެވެ.

12 ނޮވެމްބަރ

November 12, 2016 4
ބޮޑު އެތިގަނޑެއް ޖައްވުން މިއަންމާ އަށް ވެއްޓިއްޖެ

ޔަންގޫން (ނޮވެމްބަރު 12) - މިއަންމާގެ އުތުރުގައި މައިން ނަގާ ސަރަހައްދަކަށް ޖައްވުން ބޮޑު އެއްޗެއް ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

03 ޖުލައި

July 03, 2016 3
މިއަންމާގެ މިސްކިތެއް ބުޑިސްޓުންގެ ބަޔަކު އަންދާލައިފި

ޔަންގޫން (ޖުލައި 3) - ރުޅިގަދަވެފައި ތިބި ބުޑިސްޓުންގެ ބަޔަކު މިއަންމާގެ އުތުރުގެ ހިސާބެއްގައި ހުރި މިސްކިތެއްގައި އަލިފާން ޖަހާ އަންދާލައިފި އެވެ.

27 ޖޫން

June 27, 2016 7
މިއަންމާގައި މިސްކިތެއް ތަޅާލުމާ އެކު ހަމަނުޖެހުން ހިންގައިފި

ނޭޕީޑޯ (ޖޫން 27) - މިއަންމާގައި ހައްދުފަހަނަޅާފައިވާ ބުޑިސްޓުންގެ ގްރޫޕަކުން މުސްލިމުން ދިރިއުޅޭ އަވަށެއްގައި ހުރި މިސްކިތެއް ތަޅާލުމާ ގުޅިގެން އުފެދުނު ދީނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސިފައިން ނެރެން ޖެހިއްޖެ އެވެ.