07 ޖުލައި

July 07, 2020 14
ހިޔާ މަޝްރޫ: ހާލަތު ނުބެލޭ މީހުންގެ ލިސްޓު ނެރެފި

ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.

06 ޖުލައި

July 06, 2020 110
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ

ހިޔާ މަޝްރޫއުގެ ދަށުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތައް އިމާރަތްކޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް...

July 06, 2020 27
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ

ހިޔާ މާޝްރޫއުގެ ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ދެބަސްވުމެއް އުފެދިފައި ވަނިކޮށް، މަހު ކުލީގެ ގޮތުގައި ދެ ކޮޓަރި އަށް ނަގާ އަގު 7،000ރ. އަށް...

05 ޖުލައި

July 05, 2020 14
ވެށިފަހީގެ ލިޔުންތައް ހުށަހަޅަން އިތުރު މުއްދަތެއް

"ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އިން ބިން ހަމަޖެހޭނެ ކަމުގެ ލިޔުން ލިބިފައިވާ މީހުން، ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފި އެވެ.

30 ޖޫން

June 30, 2020 8
އަސްލަމަށް މަޖިލީހުން ރުހުން ދީފި

މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

29 ޖޫން

June 29, 2020 35
ވިސްނުން ހުރީ ކައުންސިލް ހައުސިން އަށް: އަސްލަމް

ހައުސިން މިނިސްޓްރީ އަކީ ރިއަލް އެސްޓޭޓް އޯނަރެއްގެ ގޮތުގައި ދެމި އޮންނަން ބޭނުން ނުވާ ކަމަށާއި ހައުސިން ސިޔާސަތު ތަންފީޒުކުރުމުގައި ވިސްނުން ހުރީ ކައުންސިލް ހައުސިން އަށް ކަމަށް، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2020 14
އަސްލަމަށް ރުހުން ދޭން ކޮމިޓީން ފާސްކޮޮށްފި

މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.

25 ޖޫން

June 25, 2020 210
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން

ރީތި ކުލަތަކުން ބޭރު ފުރިހަމަ 25 ބުރީގެ އުސް ޓަވަރުތަކެވެ. އެއް ސަރަހައްދަކުން އެހާ ގިނަ އިމާރާތްތައް އެއްފަހަރާ ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ކައިރި ކައިރީގައި 16 ޓަވަރެވެ. ރާއްޖޭގެ ތާރީޚުގައި ވެސް އެހާ އުސް އިމާރާތްތަކެއް އެއް ތަނެއްގައި އަދި ނެތެވެ.

14 ޖޫން

June 14, 2020 34
އަސްލަމް، އަލުން މަގާމުގެ ހުވާކުރައްވައިފި

މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

12 ޖޫން

June 12, 2020 100
ހައުސިން އުވާލުން: "ހިލުންގަނޑަކުން" ސަލާމަތްވުންތަ؟

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމާ އެކު އެމްއާރުއެމުން އައީ އެ މަގާމަށް ނަމެއް ހުށައަޅަން ތައްޔާރުވަމުންނެވެ. ކެބިނެޓް އެކުލަވާލިއިރު އެއްބަސްވެފައިވާ...

June 12, 2020 45
އާ މިނިސްޓްރީއެއް އުފައްދާ ކަމެއް ނޭނގޭ: ތަރުޖަމާން

ސަރުކާރު ކޯލިޝަންގެ އެމްއާރުއެމް އަށް ދީފައިވާ ހައުސިން މިނިސްޓްރީ އުވާލުމުން އޭގެ ބަދަލުގައި އެހެން މިނިސްޓްރީއެއް އުފައްދަން ނިންމައިފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް،...

11 ޖޫން

June 11, 2020 142
ހައުސިން މިނިސްޓްރީ އުވާލައިފި

ހައުސިން މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފަ އެވެ.

02 ޖޫން

June 02, 2020 5
ފަރަށް ގެއްލުންވާތީ ކޮމެޓީއަށް އީޕީއޭ ހާޒިރުކުރަނީ

ކ. ގުޅީފަޅު ހިއްކުމުގައި ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ތިމާވެށްޓާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

07 މެއި

May 07, 2020 10
ވޯލްޑް ބޭންކުން ރާއްޖެއަށް 16.5 މިލިއަން ޑޮލަރު

ކާރިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށް ރާއްޖެ އަށް 16.5 މިލިއަން ޑޮލަރު (254 މިލިއަން ރުފިޔާ) ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.

30 މާޗް

March 30, 2020 16
ނިއުޕޯޓް ހުކުމް ފަސްކުރުމުގެ އަމުރު ނެރެ ނުދިން

ނިއު ޕޯޓް ވިއު ހިންގި ބިން ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

27 މާޗް

March 27, 2020 50
"ވިޔަފާރިތަކަށް ސަރުކާރުން ގަސްދުގައި ގެއްލުން އެބަދޭ"

އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ވިިޔަފާރިތަކަށް ގަސްދުގައި ގެއްލުން ދެމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

March 27, 2020 30
ނިއުޕޯޓް ވިއު ހިންގި އިމާރާތް ސަރުކާރުން ބަންދުކޮށްފި

ނިއު ޕޯޓް ވިއު ހިންގި އިމާރާތަށް ޕްލޭނިން މިނިސްޓްރީން ވަދެ، އެތަން އިއްޔެ ބަންދުކޮށްފި އެވެ.

26 މާޗް

March 26, 2020 47
މާލެ-ތިލަފުށީ ބްރިޖް ސާވޭއަށް ބޯހޯލް ތޮރުފަން ފަށައިފި

މާލެ އާއި ތިލަފުށި ގުޅުވާލަން އަޅާ ބްރިޖްގެ ސާވޭކުރުމަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

12 މާޗް

March 12, 2020 4
ދެ ރަށެއްގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީ އަށް

ށ. މިލަންދު އާއި އދ. މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

07 މާޗް

March 07, 2020 74
ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމުން ކަންބޮޑުވޭ:ސައީދު

ތިލަފުށި، ގުޅިފަޅު އަދި މާލެ ގުޅައިލުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތުގެ އަގުބޮޑުކަމުން ހައިރާންވާ ކަމަށް ބުނެ، އެ މަޝްރޫއަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.

05 މާޗް

March 05, 2020 126
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ހަވާލުކުރާނީ އިންޑިއާގެ ކުންފުންޏަކާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

04 މާޗް

March 04, 2020 13
ތުލުސްދޫން އިތުރަށް ގޯތި ދެވެން އޮތްތޯ ބަލަން އެދެފި

ކ. ތުލުސްދޫ އިން އިތުރަށް 75 ގޯތި ދޫކުރެވެން އޮތް ނަމަ އެކަން ހަމަޖައްސައިދިނުމަށް ރައީސް އޮފީހުން ޕްލޭނިން މިނިސްޓްރީގައި އެދެފި އެވެ

25 ފެބުރުއަރީ

February 25, 2020 2
ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 7.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.