06 ޑިސެމްބަރ

December 06, 2017 4
ތިން ވަނަ މެޗުން ވެސް ސީލައިފް ބަލިވެއްޖެ

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފިރިހެން ބައިގައި ސީލައިފް ސްޕޯޓްސް ކްލަބް ކުޅުނު ތިން ވަނަ މެޗުން މާޒިޔާ އަތުން ބަލިވެއްޖެ އެވެ. މިއާ އެކު ސީލައިފް ވަނީ މިހާތަނަށް މި މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

05 ޑިސެމްބަރ

December 05, 2017 3
ސީލައިފް އަތުން މޯލްޑިވިއަން އަށް ފަސޭހަ މޮޅެއް

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން ސީލައިފް ސްޕޯޓްސް ކްލަބް އަތުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

04 ޑިސެމްބަރ

December 04, 2017
މޯލްޑިވިއަން ބަލިކޮށް މިސްކިތްމަގަށް އުއްމީދީ ފެށުމެއް

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ އަންހެން ބައިގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް އަތުން ޏ. ފުވައްމުލަކަށް ނިސްބަތްވާ މިސްކިތްމަގު އެކުވެރިންގެ ގުޅުން މޮޅުވެއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2017 4
ސިފައިންނާއި މޯލްޑިވިއަން އަށް ރަނގަޅު ފެށުމެއް

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި މިދިޔަ އަހަރުގެ ރަނަރަޕް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

02 ޑިސެމްބަރ

December 02, 2017
ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗު ޕޮލިހަށް

ރޭ ފެށި ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2017 7
އުމުރުން 44 އަހަރުގައި ނިޒާރު އަލުން ވޮލީ ކޯޓަށް

ގައުމީ ފެންވަރުގައި 20 އަހަރު ވޮލީބޯޅަ ކުޅުމަށް ފަހު ކުރީގެ އެއް ވަނަ ކުޅުންތެރިއާ އިބްރާހިމް ނިޒާރު (ބޮޑޭ) ރަސްމީކޮށް ވޮލީ ކުޅުން ހުއްޓާލީ މީގެ ތިން އަހަރު ކުރިންނެވެ. ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރި ނިޒާރު އެ ފަހަރު ވޮލީކޯޓުން ފޭބީ އަލުން ރަސްމީކޮށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތުމުގެ ވިސްނުމުގައެއް...

19 ނޮވެމްބަރ

November 19, 2016 3
އެޑަމް: އަނެއްކާ ވެސް ވޮލީބޯޅައިން އާ ތަރިއެއް!

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ރޭ މޯލްޑިވިއަން އާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނުއިރު ދެ ޓީމުގައި ތިބީ ރާއްޖޭގެ އެންމެ ހުނަރުވެރި ތަރިންނެވެ. ސިފައިންގެ ޓީމު މެޗުން މޮޅުވުމުގެ އެއް ސިއްރަކީ އެ ކުޅުންތެރިންނާ އެއް ހަމައެއްގައި ކުޅެ އަދި މުހިއްމު ވަގުތު ތަފާތު ދެއްކި އުއްމީދީ ކުޅުންތެރިޔާ ދިވެހި...

November 19, 2016 3
"ސިފައިންގެ ޓީމުގެ ތަފާތަކީ ޓީމެއްގެ ގޮތުގައި ކުޅުން"

މޯލްޑިވިއަން އަކީ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގައި ވާދަކުރި އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ދިވެހި ސިފައިންގެ ކްލަބަށް ލީގު...

November 19, 2016
ގައުމީ ވޮލީބޯޅަ ލީގު ޗެމްޕިއަންކަން ސިފައިން ހޯދައިފި

އުއްމީދީ ކުޅުންތެރިޔާ އާދަމް ނަސީމުގެ މޮޅު ކުޅުމާ އެކު، ވަރުގަދަ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި އެލައިޑް އިންޝުއަރެންސް ގައުމީ...

17 ނޮވެމްބަރ

November 17, 2016 1
އަންހެން ވޮލީބޯޅަ ލީގު މޯލްޑިވިއަން ކާމިޔާބުކޮށްފި

ޕޮލިސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެ އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން މިރޭ ހޯދައިފި އެވެ.

16 ނޮވެމްބަރ

November 16, 2016
ލީގު ކަށަވަރުކުރަން ޕޮލިސް މުހިއްމު މެޗަކަށް ނުކުންނަނީ

އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ޕޮލިސް ކްލަބުން މިރޭ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ދެކޮޅަށް ނުކުންނާނެ އެވެ.

13 ނޮވެމްބަރ

November 13, 2016 2
މޯލްޑިވިއަން ލީގުގެ އެއް ވަނަ އަށް އަރައިފި

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ސްޓެލްކޯ ރިކްރިއޭޝަން ކްލަބް ބަލިކޮށް ލީގުގެ އެއް ވަނަ އަށް މޯލްޑިވިއަން އަރައިިފި އެވެ.

10 ނޮވެމްބަރ

November 10, 2016 1
ޕޮލިސް ބަލިކޮށް ސްޓެލްކޯ ތިން ވަނަ އަށް

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ޕޮލިސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެ ލީގުގެ ތިން ވަނަ މަގާމަށް ސްޓެލްކޯ ރިކްރިއޭޝަން ކްލަބް އަރައިފި އެވެ.

09 ނޮވެމްބަރ

November 09, 2016
ސިފައިން އެއް ވަނައިގައި، މޯލްޑިވިއަން ދެ ވަނަ އަށް

ޕޮލިސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ މަގާމަށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް އަރައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 1
ސިފައިންނާއި ޕޮލިހަށް ދެ ވަނަ މޮޅު

އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ދެ ވަނަ މޮޅު ހޯދިއިރު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ފުރަތަމަ މޮޅު ހޯދައިފި އެވެ.

06 ނޮވެމްބަރ

November 06, 2016 1
ސިފައިން، ޕޮލިސް އަދި ސްޓެލްކޯ އަށް މޮޅެއް

އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ ލީގުގެ ފުރަތަމަ ތިން މެޗު ޕޮލިސް ކްލަބާއި ސްޓެލްކޯ ރިކްރިއޭޝަން ކްލަބް އަދި ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކޮށްފި އެވެ.

05 ނޮވެމްބަރ

November 05, 2016
ފުރަތަމަ ދެ މެޗު މިސްކިތްމަގާއި ޕޮލިހަށް

އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ފުރަތަމަ ދެ މެޗު ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބް ކާމިޔާބުކޮށްފި އެވެ.

01 ނޮވެމްބަރ

November 01, 2016
ހާއްސަ މެޗަކުން ވޮލީބޯޅަ ލީގުގެ މާދަމާރޭ ފަށަނީ

ގައުމީ ވޮލީބޯޅަ ލީގު ހާއްސަ މެޗަކުން މާދަމާރޭ ފަށާގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.