18 ޖޫން

June 18, 2020 7
އެންމެ މަގުބޫލު ސޯލޯ ގޯލަކީ ދަގަނޑޭގެ ލަނޑު!

އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) 2013 ވަނަ އަހަރުގެ މުބާރާތުގައި ޖެހި ގޯލެއް ހޮވިއްޖެ އެވެ.

16 މެއި

May 16, 2018 14
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!

އިންޑިއާގެ އާސާމުގައި މިރޭ އެ ގައުމުގެ އައިޒޯލް އެފްސީއާ ދެކޮޅަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ނުކުންނައިރު ބޮޑު ކާމިޔާބަކާ އެ ޓީމާ ދެމެދު އޮތީ ފިޔަވަޅެއްގެ ދުރުމިނެކެވެ. އެ ފިޔަވަޅު ސީދަލަށް އަޅައިފި ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ އެއް ވަނަ ލިބި އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ނިއު އަށް ފުރުސަތު ލިބޭނެ އެވެ.

04 މެއި

May 04, 2018 6
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ

އޭއެފްސީ ކަޕުގައި ބުދަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 5-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދެއްކި ކުޅުން ހުރިހާ ކީޕަރުން ބަލައި ދަސްކުރަން ޖެހޭ ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

03 މެއި

May 03, 2018 11
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ

އަލީ އަޝްފާގް (ދަގަނޑޭ) އެހުރީ ފޯމުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގައި ކަމަށާއި އޭނާ ދައްކަމުން ކުޅުމާ އެކު، ގައުމީ ޓީމު ވަށައިގެން އެނބުރޭ ވާހަކަތަކަށް މެސެޖެއް ލިބޭނެ ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

02 މެއި

May 02, 2018 10
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް

އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި 1991 ވަނަ އަހަރު މާލޭގައި ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ބަންގްލަދޭޝްގެ މުހައްމަދީން ސްޕޯޓިން ކްލަބް 2-0 އިން މޮޅުވިއިރު އެ މެޗުގައި ލަނޑު ޖެހި ސައިފުލް ބާރީ ޓީޓޫ ދަނޑުން ފޭބީ އުފަލުންނެވެ. އެކަމަކު އޭގެ 27 އަހަރު ފަހުން މިއަދު އޭނާ ދަނޑުން ފޭބީ ހިތްދަތިކަމާ އެކު އެވެ. ބާރީގެ ކޯޗުކަމުގެ ދަށުން...

May 02, 2018 17
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު އޭއެފްސީ ކަޕްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން 5-1 އިން ބޮޑު މޮޅެއް ހޯދައި ނިއު ރޭޑިއަންޓުން ދެ ވަނަ ބުރާ...

May 02, 2018 16
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް

އޭއެފްސީ ކަޕުގައި ޑާކާ އަބަހާނީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ވެސް މޮޅުވެވުނީ އުނދަގުލުން ކަމަށާއި މާލޭގައި މިއަދު ކުޅޭ މެޗުން މޮޅުވުމަށްޓަކައި ވީހާ ވެސް އަވަހަކަށް...

01 މެއި

May 01, 2018 17
އަބަހާނީ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ: ނިއު

އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ފިޒިކަލީ ވަރުގަދަ ވުމަކީ ނިއު ރޭޑިއަންޓުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

26 އެޕްރީލް

April 26, 2018 15
ނިއު އަށް ސާބަސް، މިއީ ބޮޑު ކާމިޔާބެއް!

އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން ރާއްޖޭގެ ނިއު ރޭޑިއަންޓް 2-0 އިން މޮޅުވުމަކީ އެތައް ގޮތަކުން ހާއްސަ ކަމެކެވެ. މިއީ އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ވާދަވެރިކަމުގައި ރާއްޖެ އަށް ކުރިއެރުމެކެވެ. ދިވެހި ފުޓްބޯޅައާ މެދު ސަޕޯޓަރުންނަށް ލިބުނު އިތުބާރެކެވެ. އަދި ވަކިވަކި ބައެއް...

April 26, 2018 5
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު

އޭއެފްސީ ކަޕުގައި ބެންގަލޫރު އަތުން އިއްޔެ ހަވީރު 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުން ކުރި ވަރަށް މަސައްކަތްކޮށްފި ނަމަ މޮޅެއް ހޯދުމަކީ ފަސޭހަކަމެއް ކަމަށް...

April 26, 2018 11
"މިއީ ފުރިހަމަ މޮޅެއް، އެކަމަކު މިތިބީ ހަމަބިމުގައި"

އޭއެފްސީ ކަޕުގައި އިއްޔެ އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން ނިއު ރޭޑިއަންޓް ހޯދީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް ނުނިމޭ ކަމަށާއި ޓީމު...

24 އެޕްރީލް

April 24, 2018 17
ދެކުނު އޭޝިއާގެ ދެ ބާރު "ފައިނަލަކަށް"

އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ދެ ބާރުގެ ކުރިމަތިލުމެއްގެ ގޮތުގައި ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސިފަކުރާއިރު އޭނާ ނަގަނީ މިއީ ފައިނަލެއްގެ ގޮތުގަ އެވެ.

11 އެޕްރީލް

April 11, 2018 18
މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ

އޭއެފްސީ ކަޕްގައި ރޭ ބެންގަލޫރު އަތުން ރަށުން ބޭރުގައި 1-0 އިން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް މި މަހު 25 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗުން ނިއު އަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

10 އެޕްރީލް

April 10, 2018 44
ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި

އިތުރު ވަގުތުގެ ތެރޭގައި ނިޝޫ ކުމާރް ވައްދާލި ގޯލުން 1-0 އިން ނިއު ރޭޑިއަންޓް ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބެންގަލޫރުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

April 10, 2018 19
އަޝްފާގާ މެދު ސުވާލެއް ނުއުފެއްދޭނެ: އަކްރަމް

ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ނުދެކޭ ކަމަށް ނިއުގެ ޑިފެންޑަރު...

09 އެޕްރީލް

April 09, 2018 18
ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ

އޭއެފްސީ ކަޕްގައި މާދަމާރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭއިރު މިއީ ނިއު ރޭޑިއަންޓަށް ބޮޑު އިމްތިހާނެއް ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

15 މާޗް

March 15, 2018 12
"އެޑްވާންޓޭޖް ނިއު އަށް، ދެން އޮތީ ދެ ފައިނަލް"

އޭއެފްސީ ކަޕުގައި މި ވަގުތު އެޑްވާންޓޭޖް އޮތީ ނިއު ރޭޑިއަންޓް ކަމަށާއި ކުރިއަށް ދެން އޮތީ ދެ ފައިނަލް މެޗު ކަމަށް ނިއުގެ ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

March 15, 2018 2
މިއީ އައިޒޯލަށް ރަނގަޅު ތަޖުރިބާއެއް: ކޯޗު

ނިއު ރޭޑިއަންޓުގެ ފަރާތުން ފެނުނީ ފުރިހަމަ ފުޓްބޯޅައެއް ކަމަށާއި އެ ޓީމުން އަތުން އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު 3-1 އިން ބަލިވި މެޗުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށް...

14 މާޗް

March 14, 2018 3
މިއީ އަދި އެންމެ މޮޅު ކުޅުމެއް ނޫން: ދަގަނޑޭ

އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

March 14, 2018 25
ދަގަނޑޭގެ ހެޓްރިކުން ނިއު އިން އައިޒޯލް ބަލިކޮށްފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެދި ހެޓްރިކާ އެކު ފަހަތުން އަރައި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަތުން 3-1 އިން މޮޅުވެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު...

March 14, 2018 5
ކޯޗުގެ ރޭވުމުގެ ތަފާތު ކުޅުންތެރިން ދައްކާނެ: ސެންޓޭ

ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމުގެ ތަފާތު އެ ޓީމުގެ ކުޅުންތެރިން ދައްކާނެ ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

13 މާޗް

March 13, 2018 20
ނިއު ރަނގަޅު ފޯމެއްގައި، އޮސްކާ ހިތްހަމަޖެހިފައި

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު އިންޑިއާގެ އައިޒޯލްއާ ދެކޮޅަށް ނުކުންނައިރު ނިއު ރޭޑިއަންޓް ރަނގަޅު ފޯމެއްގައި އޮތުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން މިއަދު ބުނެފި އެވެ.

08 މާޗް

March 08, 2018 8
ނިއު އަށް އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފުނު: އޮސްކާ

އޭއެފްސީ ކަޕްގައި އިއްޔެ ބަންގްލަދޭޝްގައި އެ ގައުމުގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން މޮޅުވިއިރު ނިއު ރޭޑިއަންޓުން އެ ޓީމަށް ނެގެން އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފި ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

07 މާޗް

March 07, 2018 34
އަބަހާނީ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

ދެ ވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާ އެކު 1-0 އިން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށް ރާއްޖޭގެ ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.

March 07, 2018 4
ހާލަތުގެ ފައިދާ ނަގަން ނިއުގެ ކޯޗު ކެތްމަދުވެފައި

ނިއު ރޭޑިއަންޓް އަންނަނީ ބޭނުންވާ ތަތްގަނޑަށް ފެތެމުން ކަމަށާއި ޓީމު އޮތީ އިތުބާރާ ވެސް އެކު ކަމަށާއި އެހެންވެ މި ހާލަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނަގަން ޖެހޭ ކަމަށް ކޯޗު...

06 ޑިސެމްބަރ

December 06, 2017 5
ނިއު، އައިޒޯލް އަދި ބަންގްލަދޭޝް ޓީމު އެއް ގްރޫޕަކަށް

އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އާއި ބަންގްލަދޭޝް ލީގު ޗެމްޕިއަން އަދި ސައުތު އޭޝިއާ ޕްލޭއޮފުން އަންނަ ޓީމަކާ އެއް ގްރޫޕެއްގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ވާދަކުރަން ޖެހިއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2016 3
ނިއު ރޭޑިއަންޓް އަތުގައި އޮތް ރެކޯޑް ބެންގަލޫރަށް

އޭއެފްސީ ކަޕުގެ ފައިނަލުން އިންޑިއާގެ ބެންގަލޫރު އެފްސީ ޖާގަ ހޯދުމާ އެކު މުބާރާތުގައި އެންމެ ބޮޑު ކާމިޔާބެެއް ހޯދި ދެކުނު އޭޝިއާގެ ޓީމުގެ ޝަރަފް ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ގެއްލިއްޖެ އެވެ.

24 މެއި

May 24, 2016
އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅު ކުރަން އެފްއޭއެމްގެ ކަލަންޑަރަށް ބަދަލު ގެންނަން ޖެހޭ!

އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބްތައް 2004 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނީ އެންމެ ދެ އަހަރު އެވެ. ނިއު ރޭޑިއަންޓުން 2005 ވަނަ އަހަރު މުބާރާތުގެ ތިން ވަނަ ހޯދައި އަދި 2013 ވަނަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި...