18 ޖޫން

June 18, 2020 7
އެންމެ މަގުބޫލު ސޯލޯ ގޯލަކީ ދަގަނޑޭގެ ލަނޑު!

އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) 2013 ވަނަ އަހަރުގެ މުބާރާތުގައި ޖެހި ގޯލެއް ހޮވިއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2018 13
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި

ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް "މިހާރު އެވޯޑްސް" ގައި ދޭ ރަންބޫޓް ޓީީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކަށަވަރުކޮށްފި އެވެ.

23 ޖޫން

June 23, 2018 23
ދަގަނޑޭ ޓީސީ އަށް ސޮއިކޮށްފި

މުސާރަ ނުދޭތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދޫކޮށްލި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވާދަވެރި ޓީސީ ސްޕޯޓްސް ކްލަބަށް މިއަދު ސޮއިކޮށްފި އެވެ.

June 23, 2018 19
އެފްއޭއެމަށް ދިޔައީ އިތުރު ގޮތެއް ނެތިގެން: ދަގަނޑޭ

ނިއު ރޭޑިއަންޓުގެ ކޮންޓްރެކްޓް ބާތިލްކުރަން އެފްއޭއެމް އަށް ހުށަހެޅީ މުސާރަ ނުލިބި އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށާއި ކްލަބާ ވަކިވާން ޖެހުނަސް ސަޕޯޓަރުންނާއި ކްލަބާ މެދު...

21 ޖޫން

June 21, 2018 22
ދަގަނޑޭ އާއި ނިއުގެ ކޮންޓްރެކްޓް އުވާލީ އެފްއޭއެމުން!

ނިއު ރޭޑިއަންޓުން މުސާރަ ދީފައިނުވާ ކަމަށް ބުނެ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހުށަހެޅި މައްސަލަ ބެލުމަށް ފަހު އޭނާގެ ކޮންޓްރެކްޓް އުވާލީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް...

June 21, 2018 19
ދަގަނޑޭގެ ކޮންޓްރެކްޓް ނިއު އިން އުވާލައިފި

ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ކްލަބުން އޭނާ ދޫކޮށްލައިފި އެވެ.

20 ޖޫން

June 20, 2018 3
ދަގަނޑޭ ބޭނުންވާކަމުގެ އިޝާރާތެއް ޓީސީން ދީފި

ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެންނަން ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކަމަށް ބުނެ އޭނާ ހޯދަން މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދީފި އެވެ.

19 ޖޫން

June 19, 2018 34
ނިއުގެ ކޮންޓްރެކްޓް ބާތިލްކުރަން ދަގަނޑޭ އެފްއޭއެމަށް

ނިއު ރޭޑިއަންޓާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރަން އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެފްއޭއެމް އަށް ހުށަހަޅައިފި ކަމަށް "މިހާރަ"ށް އިތުބާރުހުރި ގޮތަކަށް ކަށަވަރުވެއްޖެ އެވެ.

03 މެއި

May 03, 2018 11
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ

އަލީ އަޝްފާގް (ދަގަނޑޭ) އެހުރީ ފޯމުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގައި ކަމަށާއި އޭނާ ދައްކަމުން ކުޅުމާ އެކު، ގައުމީ ޓީމު ވަށައިގެން އެނބުރޭ ވާހަކަތަކަށް މެސެޖެއް ލިބޭނެ ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

25 އެޕްރީލް

April 25, 2018 14
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ

އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވީ މުޅި ޓީމު ދެއްކި ހިތްވަރުން ކަމަށް ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

03 އެޕްރީލް

April 03, 2018 51
ނިއުއާ އެކު ހޯދި މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި

ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީގެން އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 4-1 އިން ނިއު ރޭޑިއަންޓް މޮޅުކޮށްދިނުމަށް ފަހު އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި އެވެ.

02 އެޕްރީލް

April 02, 2018 22
ދަގަނޑޭ ހުރީ ފޯމުގައި: ސަމްޕަތު

އަލީ އަޝްފާގް (ދަގަނޑޭ)ގެ "ވިސްނުމުގެ" މައްސަލައެއް އުޅޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނި ނަމަވެސް އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި އޭނާ ހުރީ ހުރިހާ ގޮތަކުން ވެސް ފޯމުގައި ކަމަށް ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

14 މާޗް

March 14, 2018 3
މިއީ އަދި އެންމެ މޮޅު ކުޅުމެއް ނޫން: ދަގަނޑޭ

އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

29 ޖެނުއަރީ

January 29, 2018 7
ނިއުގެ ކެޕްޓަން ބޭންޑް ދަގަނޑޭ އަށް

ކުރިއަށް އޮތް ސީޒަނުގައި ނިއު ރޭޑިއަންޓުގެ ކެޕްޓަނަކަށް ގައުމީ ޓީމުގެ ވެސް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

25 ޖެނުއަރީ

January 25, 2018 12
ނިއުގައި މަޑުކުރަން ދަގަނޑޭ ނިންމައިފި

ކުރިއަށް އޮތް ސީޒަނުގައި ވެސް ނިއު ރޭޑިއަންޓަށް ކުޅެން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފި އެވެ.

16 އޮކްޓޯބަރ

October 16, 2017 6
އެއްކޮށް ފިޓް ނޫނަސް ދަގަނޑޭ މުހިއްމު: އޮސްކާ

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އިއްޔެ ށ. މިލަންދޫއާ ދެކޮޅަށް އަރައި މޮޅު ކުޅުމެއް ދެއްކި ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެއްކޮށް ފިޓް ނޫން ކަމަށާއި އެކަމަކު އޭނާ ޓީމަށް މުހިއްމު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

09 ސެޕްޓެމްބަރ

September 09, 2017 12
100 ގޯލާ އެކު ދަގަނޑޭ ނިއުގެ ތާރީހުގެ ތެރެއަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ އއ. މާޅޮސް ކޮޅަށް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ވަނަ ލަނޑު ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ. އެއީ އޭނާ ނިއު އަށް ޖަހައިދިން 100 ވަނަ ގޯލެވެ.

06 އޯގަސްޓް

August 06, 2017 6
ދަގަނޑޭގެ މޮޅު ކުޅުން އޮތީ ކުރިއަށް: އޮސްކާ

ޓީސީ ސްޕޯޓްސް ކްލަބް އަތުން ރޭ 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފަރާތުން ފެނުނު މޮޅު ކުޅުމަކީ ފެށުމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭނާގެ ކުޅުން އަންނާނީ އިތުރަށް ރަނގަޅުވަމުން ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

16 ޖުލައި

July 16, 2017 5
ދަގަނޑޭ ޕްރެކްޓިހަށް ނުކުމެއްޖެ

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކުރި ކަކުލުގެ އޮޕަރޭޝަނަށް ފަހު ފިޓްވެ، އިއްޔެ ނިއުގެ ޕްރެކްޓިހާ ނުކުމެއްޖެ އެވެ. އެކަމަކު އޭނާ އަށް ކުޅެވޭނެ ދުވަހެއް ސީދާ ނޭގެ އެވެ.

28 މެއި

May 28, 2017 3
އޮޕަރޭޝަނަށް ފަހު ދަގަނޑޭ ހަތަރު ހަފުތާ ތެރޭ ފިޓްވާނެ

ކަކުލަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް އިއްޔެ ސްރީ ލަންކާގައި އޮޕަރޭޝަންކުރި ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހަތަރު ހަފުތާ ތެރޭ ފިޓްވާނެ އެވެ.

16 ޖެނުއަރީ

January 16, 2017 9
އަނިޔާގެ ސަބަބުން ދަގަނޑޭ ނިއުއާ ނުގުޅޭނެ

މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ސޮއިކުރަން ނިންމާފައިވާ އަލީ އަޝްފާގު (ދަގަނޑޭ)، އަނިޔާގެ ސަބަބުން މި ވަގުތު އެ ޓީމާ ނުގުޅޭނެ ކަމަށް އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.

03 ޖެނުއަރީ

January 03, 2017 9
ނިއު އާއި މާޒިޔާ އިން ދަގަނޑޭއާ ވާހަކަދައްކަނީ

މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ލައްވާ އަންނަ ސީޒަނުގައި ކުޅުވަން އެ ކްލަބުންނާއި އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުން މަޝްވަރާކުރަމުން އެބަދެ އެވެ.