25 މެއި

May 25, 2019 2
ސެންޓޭ ދެ ކްލަބަކާ މަޝްވަރާކުރަނީ

އަންނަ ސީޒަނުގައި ވެސް ފެންނާނެ ކަމަށާއި ދެ ކްލަބަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2018 2
ސެންޓޭ ނިއު އަށް 100 ލަނޑު ކާމިޔާބުކޮށްދީފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ހެދި ހެޓްރިކާ އެކު ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެ ޓީމަށް 100 ލަނޑު ހަމަކޮށްފި އެވެ.

14 ޖުލައި

July 14, 2018 4
ނިއު ލީޑުކުރުމުގެ ޒިންމާ ސެންޓޭ އަށް

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުގެ ވިދުންގަދަވީ ސީޒަނުގެ ފަހު ތިން މުބާރާތުގަ އެވެ. އޭރު އެ ޓީމުން ތިން މުބާރާތް ކާމިޔާބުކުރިއިރު، ފޯވާޑް ލައިނުގައި ތިބީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. މި ފަހަރު ސީޒަނުގެ ފަހު ތިން މުބާރާތަށް ނުކުންނައިރު، ދަގަނޑޭ އާއި ގަލާޑޯ ނެތެވެ. އެއާ އެކު ފޯވާޑް ލައިނުގެ...

28 މެއި

May 28, 2018 27
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް

އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ތިން ޕޮއިންޓް ގާތަށް ނިއު ރޭޑިއަންޓް މިރޭ ޖެހިލައިފި އެވެ.

07 މެއި

May 07, 2018 2
އެވޯޑް ލިބުމުން ސެންޓޭ އަށް ލިބުނީ ބޮޑު ހިތްވަރެއް

މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަންބޫޓުގެ މަގާމް ލިބުމުން އިތުރަށް ކުރިއަށްދާން ހިތްވަރެއް ލިބިއްޖެ ކަަމަށް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

14 މާޗް

March 14, 2018 5
ކޯޗުގެ ރޭވުމުގެ ތަފާތު ކުޅުންތެރިން ދައްކާނެ: ސެންޓޭ

ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމުގެ ތަފާތު އެ ޓީމުގެ ކުޅުންތެރިން ދައްކާނެ ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

01 ޑިސެމްބަރ

December 01, 2017 8
އޮސްކާގެ ގޭމްޕްލޭނުގެ ތެރެއިން ސެންޓޭ އަލުން ފޯމަށް

މޮޅު ކުޅުންތެރިއާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހޯދުމަށް ފަހު އަލީ ފާސިރު (ސެންޓޭ) މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވުމުން ގިނަ ބަޔަކު ތިބީ ސެންޓޭގެ އެ ކުޅުން ތަކުރާރުވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެހެން ނަމަވެސް ސީޒަންގެ ފުރަތަމަ ފަސް ވަރަކަށް މަހު ސެންޓޭގެ...

12 އެޕްރީލް

April 12, 2017 5
އިތުރު ތިން އަހަރު ނިއު އަށް ކުޅެން ސެންޓޭ ސޮއިކޮށްފި

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެ ކްލަބުގައި ކުރިއަށް އޮތް ތިން އަހަރު މަޑުކުރަން ނިންމައިފި އެވެ.

03 މާޗް

March 03, 2017 4
ނިއުއާ އެކު ކާމިޔާބީ ތަކުރާރު ކުރަން ބޭނުން: ސެންޓޭ

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ ހޯދި ކާމިޔާބީތައް މި އަހަރު ނިއު ރޭޑިއަންޓާ އެކު ތަކުރާރުކުރަން ބޭނުންވާ ކަމަށް އަލީ ފާސިރު (ސެންޓޭ) ބުނެފި އެެވެ.

25 ޑިސެމްބަރ

December 25, 2016 4
ނިއު އަކީ އަބަދުވެސް ހާއްސަ ކްލަބެއް: ސެންޓޭ

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު، މިއީ އޭނާ އެ ޓީމަށް ކުޅެން ސޮއިކުރި ތިން ވަނަ ފަހަރެވެ. ކުރިއަށް އޮތީ ސެންޓޭ ނިއު އަށް ކުޅޭނެ ފަސް ވަނަ ސީޒަނެވެ.

21 ޑިސެމްބަރ

December 21, 2016 9
އިމްރާނާއި ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް

ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.